މުބާރާތުގެ ޗެމްޕިއަން ޓީމު ސްޕާޓަންސް
ކުޅިވަރު
29 Apr 2023 | 04:34
ޕެނަލްޓީގައި ޕެންތާސް ބަލިކޮށް ސްޕާޓަންސް ޗެންޕިއަންކަން ހޯދައިފި!

މަޑުއްވަރީ ކައުންސިލް ފުޓްސަލް ޗެލެންޖު 2023 ގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ޕެނަލްޓީޖަހައިގެން 5-7 ގެ ނަތީޖާއަކުން ޕެންތާސް ސްޕޯޓްސް ކްލަބް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ސްޕާޓަންސް އިން ހޯދައިފި އެވެ.

މިރޭގެ ފައިނަލް މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ސްޕާޓަންސް އިންނެވެ. މި ލަނޑު ފުރަތަަމަ ހާފުގެ 7 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ މިދުހަތު ފަހުމީ އެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ޕެންތާސް އަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ އެޓީމުގެ ކެޕްޓަން މުހައްމަދު ޖުމާން އެވެ. މިއީ ސްޕާޓަންސްގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ކިންގް އޮފް ދަ ޓޯނަމަންޓް މުހައްމަދު ޖުމާން (ޕެންތާސް އެފްސީ)

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ހާފުގައި ދެޓީމަށްވެސް ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ފުރަތަަމަ ހާފު ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

ދެވަަނަ ހާފު ފެށިގެން 8 ވަނަ މިނެޓުގައި ދެވަނަ ފަހަރަށް ސްޕާޓަންސް އިން މެޗުގެ ލީޑު ހޯދިއެވެ. މި ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން މިދުހަތެވެ. މިއީ ޕެންތާސްގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން 

2-1 ގެ ނަތީޖާއަކުން ސްޕާޓަންސް މޮޅުވާން ދަނިކޮށް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޕެންތާސްއަށް ދެވަަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޖުމާން އެވެ. މިއާއެކު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެ، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ސްޕާޓަންސްގެ ފަސް ޕެނަލްޓީ އެޓީމުން ކާމިޔާބުކުރިއިރު، ޕެންތާސްގެ އިބްރާހީމް ޒިހުނީ ފޮނުވާލި ޕެނަލްޓީ ސްޕާޓަންސްގެ ގޯލްކީޕަރު އިބްރާހިމް ސުވާދު ވަނީ ދިފާއުކޮށްފަ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕެންތާސް އެފްސީ މުހައްމަދު ޖުމާން އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ލިބުނީ ސްޕާޓަންސްގެ އަބްދުﷲ މިދުހަތު ފަހުމީ އަށެވެ. އަދި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ވާލު އެފްސީގެ އަހުމަދު މަހާސިން އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އަހުމަދު ރީޝާން (ޕެންތާސް އެފްސީ), މުހައްމަދު ޖުމާން (ޕެންތާސް އެފްސީ), މުހައްމަދު އައްޒާމް (ޕެންތާސް އެފްސީ)، އިބްރާހީމް އަސްވާދު (ސްޕާޓަންސް), އަބްދުﷲ މިދުހަތު ފަހުމީ (ސްޕާޓަންސް) އެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ބީބީ ނިއު ޖެނެރޭޝަން އެވެ. އަދި މުބާރާތުގެ އެންމެ ޝަރަފްވެރި މަޤާމް، ކިންގް އޮފް ދަ ޓޯނަމަންޓަށް ހޮވުނީ ޕެންތާސް އެފްސީ ގެ މުހައްމަދު ޖުމާން އެވެ. 

މި މުބާރާތުގެ ރަނަރަޕް ޓީމަށް 10,000 ރުފިޔާ އަދި ޗެމްޕިއަން ޓީމަށް 20,000 ރުފިޔާގެ ފައިސާގެ އިނާމެއް މަޑުއްވަރީ ކައުންސިލްގެ ފަރާތުން ހުށަހަޅާފައިވެއެވެ.

1444 ވަނަ އަހަރުގެ ފިތުރު އީދު ބަންދުގައި މަޑުއްވަރީ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި ފުޓްސަލް ޗެލެންޖުގެ ޑިޖިޓަލް ޕާޓްނަރަކީ އުރުދޫ މޯލްޑިވްސް އެވެ. އަދި މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވޮއިސް އެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.