މުބާރާތުގެ ޗެމްޕިއަން ޓީމު ސެވަން އެޓޭކާސް
ކުޅިވަރު
29 Apr 2023 | 05:35
ފައިނަލް މެޗުގައި ޓީމު ރާޅު ކޮޅަށް ސެވަން އެޓޭކާސް އިން 9 ލަނޑުޖަހައިފި!

މަޑުއްވަރީ ކައުންސިލް ފުޓްސަލް ޗެލެންޖު 2023 ގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ފަހަތުން އަރައި 9-1 ގެ ނަތީޖާއަކުން ޓީމު ރާޅު ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ސެވަން އެޓޭކާސް އިން ހޯދައިފި އެވެ.

މިރޭގެ ފައިނަލް މެޗުގެ ފުރަތަަމަ މިނެޓުގައި ޓީމު ރާޅުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުޒުނާ އެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން އެޓޭކާސް އިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކުރި އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފާތުމަތު މިއުސާއެވެ. މިއީ ޓީމު ރާޅުގެ ހާފުގެ މެދެއްހާ ހިސާބު އަރިމަތިން އެޓީމަށް ލިބުނު ޖެހުމެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ކްއީން އޮފް ދަ ޓޯނަމަންޓް ފިރުޝާނާ ނަސީރު ( ސެވަން އެޓޭކާސް)

މި މެޗުގައި ސެވަން އެޓޭކާސްއަށް ފުރަތަަމަ ފަހަރަށް ލީޑު ހޯދައިދިނީ މަރިޔަމް އަރުޝީއެވެ. ގާތްގާތުގައި އަރުޝީ ކާމިޔާބު ކުރި ދެލަނޑާއެކު ސެވަން އެޓޭކާސް އިން މެޗުގެ ހަވަނަ މިނެޓުގައި ދެ ލަނޑުގެ ލީޑެއް ނެގި އެވެ. އަދި އެޓީމުގެ ހަތަރުވަނަ ލަނޑު ފުރަތަަމަ ހާފުގެ 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފާތުމަތު މިއުސާއެވެ. އަދި ޖެހިގެން އައި މިނެޓުގައި އަރިމަތިން އެޓީމަށް ލިބުނު ޖެހުމެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން މިއުސާ ވަނީ މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 5-1 ގެ ނަތީޖާއަކުން ސެވަން އެޓޭކާސް ކުރީގައި އޮވެގެންނެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން 

ދެވަަނަ ހާފު ފެށިގެން 2 ވަނަ މިނެޓުގައި ސެވަން އެޓޭކާސްގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވެސް މިއުސާ އެވެ. މިލަނޑު އޭނާ ކާމިޔާބުކުރީ ޓީމު ރާޅުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ޕެނަލްޓީ އޭރިއާ ތެެރެއަށް ވަދެ ކީޕަރު ކައިރިން ވެސް ވަރަށް ފަސޭހަކަމާ އެކު ނައްޓާލުމަށް ފަހު މުޅިން ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ޖައްސާލައިގެން ނެވެ. 

މި މެޗުގައި ސެވަން އެޓޭކާސްގެ 7 ވަނަ ލަނޑު ދެވަނަ ހާފުގެ 8 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފިރުޝާނާ ނަސީރު އެވެ. އަދި އެޓީމުގެ 8 ވަނަ ލަނޑު ދެވަނަ ހާފުގެ 15 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ފިރުޝާނާ އެވެ. އަދި ޖެހިގެން އައި މިނެޓުގައި އެޓީމުގެ 9 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މިއުސާ އެވެ. މިއީ މި މެޗުގައި އޭނާ ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ.

މިރޭގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ސެވަން އެޓޭކާސްގެ ފިރުޝާނާ ނަސީރު އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ލިބުނީ ސެވަން އެޓޭކާސްގެ ފާތިމަތު މިއުސާ އަށެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ސެވަން އެޓޭކާސްގެ އައިޝަތު ނައުމާއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ފާތުމަތު އަންޖުމަން (ސެވަން އެޓޭކާސް), ފާތިމަތު މިއުސާ (ސެވަން އެޓޭކާސް), ފާތިމަތު ސާައިލާ (ޓީމު ރާޅު), މަރިޔަމް ހުޒްނާ (ޓީމު ރާޅު), އަދި ފިރުޝާނާ ނަސީރު (ސެވަން އެޓޭކާސް) އެވެ.

މުބާރާތުގެ އެންމެ ޝަރަފްވެރި މަޤާމް، ކްއީން އޮފް ދަ ޓޯނަމަންޓަށް ހޮވުނީ ސެވަން އެޓޭކާސްގެ ޖޯޒީ ނަންބަރު 11 ފިރުޝާނާ ނަސީރު އެވެ. މި މުބާރާތުގެ ރަނަރަޕް ޓީމަށް 10,000 ރުފިޔާ އަދި ޗެމްޕިއަން ޓީމަށް 15,000 ރުފިޔާގެ ފައިސާގެ އިނާމެއް މަޑުއްވަރީ ކައުންސިލްގެ ފަރާތުން ހުށަހަޅާފައިވެއެވެ.

1444 ވަނަ އަހަރުގެ ފިތުރު އީދު ބަންދުގައި މަޑުއްވަރީ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި ފުޓްސަލް ޗެލެންޖުގެ ޑިޖިޓަލް ޕާޓްނަރަކީ އުރުދޫ މޯލްޑިވްސް އެވެ. އަދި މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވޮއިސް އެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.