އޭޕްރީލް 5 ވަނަ ދުވަހު އިޒްރާއިލުން ސީރިޔަ އަށް ދިން ވައިގެ ހަމަލާ
ދުނިޔެ
30 Apr 2023 | 05:45
އިޒްރާއިލުން ސީރިޔާ އަށް ރޮކެޓް ހަމަލާ އެެއް ދީފި

އިޒްރާއިލުން ސީރިޔާ އަށް ރޮކެޓް ހަމަލާއެއް ދީފިއެވެ.

އިޒްރާއިލުން ސީރިޔާ އަށް ދިން މި ހަމަލާ އެރީ ސީރިޔާގެ ހޮމްސް ސިޓީގެ ތެޔޮ ވިއްކާ ސްޓޭޝަނަކަށެވެ.

އެސްޓޭޝަންގައި ތެޔޮ ރައްކާކުރާ ޓޭންކަރަކާއި ފިޔުލް ޓްރަކެއް ވަނީ މި ހަމަލާގެ ސަބަބުން ހަލާކުވެފައެވެ. ރޮކެޓް ހަމަލާ އާއި ގުޅިގެން އެތަނުގައި ވަނީ އަލިފާން ރޯވެފައެވެ. ހަމަލާގެ ސަބަބުބް 3 މީހަކު މަރުވެފައިވާ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ސިރިޔާގެ ރަސްމީ ނިއުސް އެޖެންސީ ސަންނާ އިން ބުނެފައިވަނީ މި ހަމަލާގެ ސަބަބުން މަރުވެފައިވަނީ ޢާންމުންގެ ތެރެއިން 3 މީހެއް ކަމަށެވެ. އަދި ތެޔޮ ސްޓޭޝަންގައި ބޭނުން ކުރާ ގިނަ ޢަދަދެއްގެ ޓޭންކާއި ފިޔުލް ޓްރަކް ބޭނުން ނުކުރެެވޭ ވަރަށް އަނދައި ހުލިވެފައި ވާކަމަށެވެ.

"00:50 އެހާއިރު ލުބްނާން އާއި ދިމާއިން ވާގޮތަށް އިޒްރާއިލުން ވަނީ އެތައް ބައިވަރު ރޮކެޓެއް ސީރިޔާގެ އެކި ހިސާބުތަކަށް އަމާޒުކޮށް ފޮނުވައައިލައިފަ" ސަންނާ ގައި ބުނެފައިވެއެވެ.

މީގެ އިތުރުން ސަންނާ ގައި ބުނެފައިވަނީ އިޒްރާއިލުން ފޮނުވާލި ގިނަ ރޮކެޓްތައް އަމާޒުކުރި ހިސާބަށް ވާސިލް ވުމުގެ ކުރިން ސީރިޔާގެ ސިފައިން އެއެއްޗެހި ވައްޓައިލައި ފައި ވާކަމަށެވެ.

އެމެރިކާގައި ހުންނަ ސީރިޔާގެ ހަނގުރާމައިގެ ހާލަތު މޮނިޓަރ ކުރާ ހިޔުމަން ރައިޓްސް އެޖެންސީ އިން ބުނީ އިޒްރާއިލުން މި ހަމަލާ އަމާޒުކޮށްފައިވަނީ ސީރިޔާގެ އައްސޭރި ފަށާއި ކައިރީގައި ހިންގާ މިލިޓަރީ އެއަރޕޯޓަކަށް އަމާޒުކޮށް ކަމަށެވެ. އަދި އެތަނަކީ ލުބްނާންގެ ހިޒްބުއްﷲ ޖަމާޢަތުގެ މަރުކަޒެއް ކަމަށެވެ.

އަދި މިއީ މިމަހު އެ ތަނަށް އަމާޒުކޮށް އިޒްރާއިލުން ދިން ދެވަނަ ހަމަލާކަމަށެވެ.

މި ހަމަލާއާއި ގުޅިގެން އަދި އެއް އިޒްރާއިލް ސިފައިން އެއްޗެއް ބުނެފައެއް ނުވެއެވެ. 10 އަހަރުވަންދެން ސީރިޔާގައި ހިންގި ދާޚިލީ ހަނގުރާމަ ހިނގަމުން ދިޔައިރު 100 އަށް ވުރެ ގިނަ ރޮކެޓް އިޒްރާއިލުން ސީރިޔާ އަށް އަމާޒުކޮށް ފޮނުވާލައިފައިވެއެވެ.

އޭޕްރީލް 2 ވަނަ ދުވަހު އިޒްރާއިލުން ފޮނުވާލި ރޮކެޓް ހަމަލާ އެއްގެ ސަބަބުބް ސިރިޔާގެ 5 ސިފައިން ވަނީ ޒަހަމްވެފައެވެ. އަދި ހަމަ އޭޕްރީލް 9 ގައި ވެސް އިޒްރާއިލުން ވަނީ ސީރިޔަ އަށް ރޮކެޓް ހަމަލާ އެެއް އަމާޒުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ