ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
29 Apr 2023 | 10:30
ރާއްޖެއަށް ބޮޑުބައި ލިބޭގޮތަށް ދެކުނުގެ އިން ކަނޑައެޅިގެން ދިއުމަކީ ބޮޑު ކާމިޔާބީއެއް: ރައީސް ޞާލިހް

ދިވެހިރާއްޖެއިން ވަކާލާތުކުރި ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) ގައި އޮތް މައްސަލަ ނިމި ދިވެހިރާއްޖޭގެ ދެކެނުގެ އިން ކަނޑައެޅިގެން ދިއުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ. 

ރައީސް ޞާލިހު މިފަދައިން ވިދާޅުވެފައިވަނީ ކެބިނެޓް މިނިސްޓަރުންނާއެކު ރޭ ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ވާހަކަދައްކަވަމުން ނެވެ. 

ރާއްޖޭގެ ސަރަހައްދާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގެ ސަރަހައްދު ވަރަށް ސާފުކޮށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައި ވާ ކަމަށެވެ. 

އެގޮތުން ރާއްޖޭގެ ކޯސްޓަލް އެޖުން ފެށިގެން 12 ނޯޓިކަލް މައިލް ރާއްޖޭގެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާއިރު، ރާއްޖޭގެ އުތުރާއި އިރު އުތުރާއި ހުޅަނގުގެ ހާއްސަ އިގްތިޞާދީ ސަރަހައްދު ވެސް އޮތީ ކަނޑައަޅާފައިކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

އެހެން ނަަމަވެސް މިހާތަނަށް ދެކުނުގައި ރާއްޖެއަށް ޚާއްސަ އިޤްތިޞާދީ ސަރަހައްދު އޮތީ ކަނޑަނޭޅި ކަމަށާއި، ދެކުނުގައި 200 ނޯޓިކަލް މޭލް ރާއްޖެއިން މިން އަޅާއިރުގާ މޮރިޝަސްގެ ސަރަހައްދާ ފުށުއަރާ ބައެއް އޮތް ކަމަށާއި އިޓްލޮސްގައި އޮތް މައްސަލަ ނިންމުމާއި ގުޅިގެން އެ ސަރަހައްދާ ބެހޭގޮތުން ބައިނަލްއަގްވާމީ މުއާހަދާތަކާއި ގާނޫނުތަކާ އެގޮތަށް ކަނޑައަޅަން ޖެހޭ ކަނޑައެޅުންތައް އެވަނީ ކަނޑައެޅިފައި ކަމަށާއި، އެއާއެކު ރާއްޖެއަކީ ފުރިހަމައަށް އިން ކަނޑައެޅިފައިވާ ޤައުމަކަށް ވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވި އެވެ. 

"މިއަދު (ހުކުރު ދުވަހު) އެ ނިިމިގެން ދިޔަ ދިއުމަކީ އަޅުގަނޑު ދަންނަވާނީ ޤާނޫނީ ހަމަތަކާއި މިންތަކުގެ ތެރެއިން ރާއްޖޭގެ އިން ވަކިކުރެވި ފުރިހަމަވެގެން ދިޔަ ދިއުމެއްކަމަށް. ރާއްޖެއަކީ މި ދެންނެވި ގޮތަށް ބައިނަލްއަގްވާމީ ހަމަތަކާއި މިންތަކާއި އެއްގޮތަށް އިން ވަކިކުރެވިފައި އޮތް ފުރިހަމަ ބައުންޑަރީއޮތް ގައުމަކަށް ބަދަލުވެގެން އެ ދިޔައީ"

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު 

އެކަން ފާހަގަކުރައްވާ ރައީސް ޞާލިހު ވަނީ އެ މައްސަލައިގައި ދިވެހި ސަރުކާރު ތަމްސީލު ކުރެއްވި ޤާނޫނީ ޓީމަށާއި، އިސްކޮށް ހުންނެވި އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ. އަދި އެބޭފުޅުންގެ މަސައްކަތުން އިޓްލޮސްގައި އޮތް މައްސަލަ ރާއްޖެއިން ވަކާލާތު ކުރި ގޮތަށް ނިމިގެން ދިއުމަކީ ދިވެހިރާއްޖެއާއި ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

"އަޅުގަނޑު ދަންނަވާނީ މީ ދިވެހިރާއްޖެއަށާއި، ދިވެހިރާއްޖޭގެ ރައްޔިތުންނަށާ މި ސަރުކާރަށާއި، އަޅުގަނޑުމެން އެންމެނަށް ލިބުނު ރަނގަޅު ކާމިޔާބީއެއް"

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު 

ރައީސް ޞާލިހު ވިދާޅުވީ ދެކުނުގެ އިން ކަނޑައެޅުމާއި ގުޅިގެން އެ ސަރަހައްދު ބެލެހެއްޓުމުގެ އެންމެހާ ކަންކަން ކުރަންވީ ގޮތާއި ގުޅިގެން މަޝްވަރާ ފައްޓަވާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދު ބެލެހެއްޓުމުގެ އެންމެހާ ކަންކަން ރާއްޖެއިން ކުރަމުންދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.