03 Feb 2019 | 14:36
ރަޝިއަން ޑޯލް: ހެއްވާ މަޖާ، އަދި ހަމަ އެހާމެ އަނދިރި!

ފެބްރުއަރީ 1 ވަނަ ދުވަހު ނެޓްފްލިކްސް އިން ވަނީ އެކުންފުނީގެ ޙިދުމަތް ބޭނުންކުރާާ ފަރާތްތަކާ އަނެއްކާވެސް ތަފާތު، މޮޅު އުފެއްދުމެއް ޙިއްސާކޮށްފައެވެ.

"ރަޝިއަން ޑޯލް" ނަމަކަށް ކިޔާ މި ސީރީޒް ގެ ފުރަތަމަ ސީޒަން ގެ 8 އެޕިސޯޑް ނެޓްފްލިކްސްގެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް ބަލާލުމުގެ ފުރުސަތު ލިބިފައިވާއިރު، ގިނަ ބަޔަކަށް "ރަޝިއަން ޑޯލް" މިހާރުވެސް ވަނީ ކަމުގޮސްފައެވެ. އަދި މީސް މީޑިއާގައި މިފަދަ އުފެއްދުންތަކަށް ފާޑުކިޔާ ފަރާތްތަކުން ދަނީ "ރަޝިއަން ޑޯލް" ގެ އުފެއްދުންތެރިންގެ މަސައްކަތަށް ތަޢުރީފުގެ ބަސްތަށް ރައްދުކުރަމުންނެވެ.

ނެޓްފްލިކްސް އިން މޮޅެތި އެތައް އަމިއްލަ އުފެއްދުންތަކެއް ބެލުންތެރިންނާ ޙިއްސާކުރަމުންދާ މި ދަނޑިވަޅުގައި، އެހެން ނެޓްފްލިކްސް އޮރިޖިނަލްސް އާއި "ރަޝިއަން ޑޯލް" ތަފާތު ވާ ގޮތްވެސް ބަލާލަން މުހިންމެވެ. އެގޮތުން "ރަޝިއަން ޑޯލް" އަކީ، އެމެރިކާގެ ނިޔު ޔޯކް ސިޓީގައި ދިރިއުޅެމުން އަންނަ ތަނަވަސް ގޭމް ޑިވެލޮޕާރ އެއް ކަމަށްވާ ނާދިޔާ ވުލްވޯކޮވް ނަމަކަށް ކިޔޭ އަންހެނަަކަށް ދިމާވާ އާދަޔާ ޚިލާފް ކަންތައްތަކަކަށް ބިނާވެފައިވާ ސީރީޒްއެކެވެ.

ކާމިޔާބީ އާއި ނާކާމިޔާބީ، ދިރިހުރުމާއި މަރުވުން ފަދަ ބޮޑެތޮ ޚިޔާލުތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ މި އުފެއްފުމަކީ ތަންކޮޅެއް އުމުރުން ދުވަސްވީ ބެލުންތެރިންނަށް ޙާއްސަ މަޖާ ވާހަކަތަކެއްވެސް އެކުލެވޭ ސީރީޒެއްކަން ފާހަގަ ކޮށްލެވެއެވެ.

"ރަޝިއަން ޑޯލް" ގެ ވާހަކައަކީ ކިޔަިދިނުމަށްވުރެ ބޮޑަށް، ބަލާލުމަށްފަހު އަމިއްލައަށް ދެނެގަންނަން ރަނގަޅު، މޮޅު ވާހަކައެކެވެ. އަދި މި ސީރީޒް ގެ އުފެއްދުންތެރިންގެ މެދުގައި މަޝްހޫރު އަންހެން ކޮމީޑިއަން އޭމީ ޕޯހްލާރ ގެ ނަން ފާހަގަކޮށްލެވޭއިރު، ފިލްމް ޑައިރެކްޓް ކުރުމުގައި ހަރަކާތްތެރިވެފައިވަނީ ނަތާޝާ ލިޔޯން ("އޮރެންޖް އިސް ދަ ނިއު ބްލެކް") އަދި ލެސްލީ ހެޑްލަންޑެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.