އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
29 Apr 2023 | 14:50
ކުއްލިއަކަށް ޗާގޯސް ރާއްޖޭގެ ބައެއްކަން ބުނަންފެށީމަ ހިތަށް އެރި އެތަނުގައި ފެނާއި ނަރުދަމާ އަޅަން ނާންގާނެ ބާއޭ: ފައްޔާޒު

ފޯޅަވައްސަކީ ރާއްޖޭގެ ބައެއްކަމަށް ދުވަހަކު ވެސް ރާއްޖޭގެ ތާރީޚުގައި ދައުވާކޮށްފައި ނުވާއިރު، އަދި ފޯޅަވަހީގެ ސިޔާދަތު ހޯދުމަށް އެއްވެސް ސަރުކާރަކުން އެދިފައިވެސް ނުވާއިރު، ކުއްލިއަކަށް ފޯޅަވައްސަކީ ރާއްޖޭގެ ބައެއްކަމަށް ބުނަން ފެށުމުން ފޯޅަވަހީގައި ފެނާއި ނަރުދަމާއަޅަން ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ނާންގާނެ ބާ އޭ ހިތްޕުޅަށް އަރާވަޑައިގެން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ. 

ފޯޅަވަހި މައްސަލައާއި ގުޅިގެން ކެބިނެޓް މިނިސްޓަރުންނާއި އެއްކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ރޭ ރައީސް އޮފީހުގައި ބޭއްވި ޕްރެސްކޮންފަރެންސް ގައި މިނިސްޓަރު ފައްޔާޒު ވަނީ ފޯޅަވައްސަކީ ރާއްޖޭގެ ސަރަހައްދެއްކަމަށް ބުނެ ވަކާލާތު ކުރާ ފަރާތްތަކަށް ރައްދު ދެއްވާފަ އެވެ. 

ފައްޔާޒު ވިދާޅުވީ ޗާގޯސް އަކީ ނުވަތަ ފޯޅަވައްސަކީ ރާއްޖޭގެ ބައެއްކަމަށް ބުނެ ދައުވާކުރަން ފެށީ ހަމަ ކުއްލިއަކަށް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ބަޖެޓު މަރުހަލާ ކުރިއަށް ދިޔައިރު، ފޯޅަވައްސާއި ބެހޭގޮތުން މެމްބަރުން ވަރަށް ގިނަ ދައުވާތައް ކުރަމުން ދިޔަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ދައްކަވަމުން ދިޔަ ވާހަކަތަކައް އަޑު އައްސަވަމުން ދިޔައިރު، ކުއްލިއަކަށް ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްކަމަށް ބުނެ މެމްބަރުން ވަކާލާތު ކުރައްވަމުން ގެންދަވާތީ ފޯޅަވަހީގައި ފެނާ ނަރުދަމާ އަޅަން ބަޖެޓުގައި ހިމަނާ އެ ސަރަހައްދުގައު އުޅޭ މީހުން އިސްލާމްކުރުމަށް މަޖިލީހުން ސަރުކާރަށް ނާންގާނެ ބާ އޭ ހިތްޕުޅަށް އަރާވަޑައިގެން ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ. 

"މި އަހަރުގެ ބަޖެޓު މަރުހަލާގެ ތެރޭގައި ޗާގޯސް އަކީ ކުއްލިއަކަށް ރާއްޖޭގެ ތަނެއްގެ ގޮތަށް (ހަދައިފި). އަޅުގަނޑު އޭރު ހިތަށް އެރި ބަޖެޓު ހަދަމުން ދިޔައިރު ފެނާއި ނަރުދަމާ ޗާގޯސްގައި އެޅުމުގެ ބައެއް މަޖިލީސް ތެރެއިން ނާންނާނެ ބާއޭ.. އެކަން ކުރަން ޖެހޭނެ ތާ އަޅުގަނޑުމެންގެ ތަނެއްކަމުގައި ވެއްޖެއްޔާ ހުރިހާ ރައްޔިތުން އުޅޭ ތަނެއްގައި. ދެން އަނެއްކާ ރައްޔިތުން މުސްލިމް ކުރަންވެސް ޖެހޭނެކަމަށް އަޅުގަނޑު ހިތަށް އެރި. އެކަމަކު އެކަން ކުރައްވާ ވާހަކައެއް ނުދައްކަވާ"

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް 

ފައްޔާޒު ވިދާޅުވީ ދިވެހިރާއްޖޭގެ ދެކުނުގެ އިން މިހާތަނަށް އޮތީ ކަނޑަނޭޅި ކަމަށެވެ. އެހެންކަމުން ދިވެހިންގެ އަތުން އެއްޗެއް ގެއްލިގެން އުޅެން ނުޖެހޭ ކަމަށާއި، އިޓްލޮސްގައި އޮތް މައްސަލަ ނިމުމުން އެ އިން މިހާރު މި އޮތީ ކަނޑައެޅިފައި ކަމަށް އޭނާ ވިދާޅުވި އެވެ. 

ދެކުނުގެ އިން ކަނޑައެޅިފައިވާކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އޮޅުވާލަން ދައްކާ ވާހަކަތަކެއް ކަމަށާއި، އިޓްލޮސްގައި އޮތް މައްސަލަ ނިމިގެން ދިޔައީ ރާއްޖެއަށް ފައިދާވާ ގޮތަށްކަމަށް ފައްޔާޒު ވިދާޅުވި އެވެ. 

އަދި އިން ކަނޑައެޅިގެން ދިއުމާއި ގުޅިގެން އެ ސަރަހައްދުން ދިވެހިންނަށް ލިބެން އޮތް މަންފާތައް ހޯދުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ކުރައްވަމުން ގެންދަވާނެކަމަށް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.