މަންކީ ޕޮކްސް ޖެހިފައިވާ މީހެއްގެ އަތް
ހަބަރު
30 Apr 2023 | 06:07
ޕާކިސްތާނުން އަލަށް މަކުނު ވިދުރި ފެނިއްޖެ


އަވަށްޓެރި ޕާކިސްތާނުން އިންސާނެއްގެ ގައިން އަލަށް މަކުނު ވިދުރި (މަންކީޕޮކްސް) ފެނިއްޖެ ކަމަށް އެޤައުމުގެ ކަމާއި ބެހޭ އިދާރާ އިން ހާމަކޮށްފިއެވެ.

ދާދި ފަހުން ސަޢުދީޢަރަބިއްޔާ އަށް ދަތުރުކޮށްފައި އައި 25 އަހަރުގެ ޕާކިސްތާނުގެ ފިރިހެނެއްގެ ގައިން މި ވައިރަސް ފެނިފައި ވާކަން ޕާކިސްތާނުގެ ކަމާއި ބެހޭ އިދާރާއިން ވަނީ ޔަޤީން ކޮށްދީފައެވެ.

ހެލްތް މިނިސްޓްރީގެ އޮފިޝަލް ސާޖިދް ޝާހް ބުނެފައިވަނީ ވައިރަހަށް ޕޮޒިޓިވް ވި މީހާ މިހާރު އިސްލާމް އާބާދުގެ ހޮސްޕިޓަލެއްގައި އެކަހެރި ކުރެވިފައި ވާކަމަށެވެ. އަދި އޭނާ އާއި އެއްތަންވެ ބައްދަލުވި މީހުން ދެނެގަނެ ޓެސްޓް ކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާ ކަމަށް ސާޖިދް ވަނީ ބުނެފައެވެ.

"ޕާކިސްތާނުގެ އެތެރޭގައި މި ބަލި ފެތުރެމުންދާ ކަމުގެ ހެއްކެއް އަދި ފެނިފައެއް ނުވޭ، ޤައުމުން ބޭރުން އައި އެއްޗެެއް ކަމުން މިހާރު ދައްކާ ގޮތުން މި ކަމުގެ ރިސްކު އެހާ ބޮޑެއް ނޫން" ސާޖިދު ޝާހް ބުނެފައިވެއެވެ.

އަދި މިގެ އިތުރުން އޭނާ ބުނެފައިވަނީ މަންކީޕޮކްސްގެ މި ވޭދަނަ ފެނުމާއި އެކު އެއަރޕޯޓް ތަކާއި ޕްރޮވިންޝަލް ހެލްތް ޑިޕާޓްމެންޓް ތައްވެސް އެލާޓަށް ގެނެސްފައި ވާކަމަށެވެ. އަދި ޝައްކު ކުރެވޭ ފަދަ ވޭދަނައެއް ނަމަ ކޮންޓެކްޓް ޓްރޭސިން ހެދުމަށާއި ބަލި ދެމެގަތުމަށް ބޭނުންވާ މައުލޫމަލޫމާތު އެފަރާތް ތަކަށް ފޯރުކޮށްދީފައި ވާކަމަށެވެ.

ޕާކިސްތާން ހެލްތް މިނިސްޓްރިގެ އިސް އޮފިޝަލެއް ކަމަށްވާ މުޞްޠަފާ ޖަމާލް ކާޒީ ބުނެފައިވަނީ މަންކީޕޮކްސް އަށް ފައްސި ވި މީހާ އެކަހެރި ކޮށްފައިވަނީ މިމަހު 12 ވަނަ ދުވަހު ކަމަށެވެ.

"އޭނާ ފަރުވާ ހޯދުމަށް އައިރު ވަރަށް ބަލި، ވަރަށް ހާލު ދެރަ، އެހެންވެ ވަގުތުން އޭނާ އެކަހެރި ކުރުމަށް ހޮސްޕިޓަލަކަށް ގެންދެވުނީ، އެއަށް ފަހު ޓެސްޓް ތައް ހަދައި އޭނާގެ ބަލީގެ އަސްލު ސަބަބު ދެނެގަތީ" މުޞްޠަފާ ބުނެފައިވެއެވެ.

މުޞްޠަފާ ބުނެފައިވަނީ އެހެން ޤައުމު ތަކުގައި މަންކީޕޮކްސް ފެތުރެން ފެށުމާއި އެކު ޕާކިސްޠާނުގެ ހެލްތް ވޯކަރުންނަށް އެކަމާއި ގުޅުން ހުރި ތަމްރީނު ތައް ދެވިފައި ވާކަމަށެވެ. އަދި ބައިނަލް އަޤްވާމީ މިންގަނޑު ތަކާއި އެއް ގޮތް ވާގޮތުގެ މަތިން ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވެސް އަޅަން ފަށައިފައި ވާކަމަށެވެ.

މަންކީޕޮކްސް އަކީ މަންކޯޕޮކްސަ ވައިރަސް ގެ ސަބަބުން ފެތުރޭ ބައްޔެކެވެ. މި ބަލި ފެތުރެނީ ބަލި ޖެހިފައިވާ އިންސާނުން ނުވަތަ ޖަނަވާރުގެ ޒަރީއައިންނެވެ. ގަައިގޯޅިވުމާއި  ވައިރަސް ޖެހިފައިވާ މިހާގެ ބޮޑީ ފްލަޑްގެ ސަބަބުންނެވެ. އަދި މިބަލީގެ ސަބަބުން ގައިގައި ރަތް ބިހިތަކެއް ނަގައެވެ. އަދި ގަދަޔަށް ހުން އައުމާއި ކަރުތެރެ ދުޅަވުމާއި ލިމްޕް ނޮޑްސް ދުޅަވުން ހިމެނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.