އިރާން އާއި ސަޢުދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓަރުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ހަބަރު
30 Apr 2023 | 06:14
އީރާން އަދި ސަޢުދީ އިން އަލުން އެމްބަސީ ގާއިމް ކުރަނީ

ސަޢުދީޢަރަބިއްޔާ އާއި އީރާންގެ ހީނަރުވެ ކެނޑިފައި އޮތް ގުޅުން އަލުން ގާއިމް ކުރުމަށް ދެކެވުނު ސުލްޙައިގެ ވާހަކަތަކަށް ފަހު ދެ ޤައުމުގައި އެމްބަސީތައް ގާއިމް ކުރުމަށް ނިންމައިފިއެވެ.
މިކަމާއި ގުޅިގެން ވާހަކަ ދައްކަމުން އިރާންގެ ފޮރިން މިނިސްޓަރު ހުސެއިން އާމިރް އަބްދުاللهއިން ލުބްނާންގެ ވެރިރަށް ބެއިރޫތް ގައި ހުރެގެން ވާހަކަ ދައްކަމުން އެމްބަސީތައް ހުޅުވާނެ ވަކި ތާރީޚެއް ބުނެފައެއް ނުވެއެވެ.

ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އޮތް އިރު ގާއިމް ކުރެވުނު އެމްބަސީ ތައް ބަންދު ކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ.
އިރާން އާއި ސަޢުދީ އާއި ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުންތައް ކަނޑައިލައި ފައި އޮންނަތާ 7 އަހަރު ވެއްޖެއެވެ. ދެ ޤައުމުގެ ހީނަރުވެފައި އޮތް ގުޅުން ތައް އަލުން ބަލުން ގުޅުވުމަށް މެދުވެރިއެއްގެ ބައި އަދާކޮށްފައި ވަނީ ޗައިނާ އިންނެވެ.

"ފިޠުރު ޢީދު ދުވަހު ދެ ޤައުމުގެ ފޮރިންގ މިނިސްޓަރުން ފޯނުން ގުޅައި ދެކެވުނު ވާހަކަ ތަކުގައި އެެއްބަސް ވެވުނީ ތެހެރާން ގައި ސަޢުދީގެ އެމްބަސީ އަލުން ހުޅުވުމަށާއި ރިޔާދްގައި އިރާންގެ އެމްބަސީ އަލުން ހުޅުވުމަށް"  އިރާންގެ ފޮރިންގ މިނިސްޓަރު އާމިރް ބުނެފައިވެއެވެ.

އިރާން އާއި ސަޢުދީ އާއި ދެމެދު އޮތް ގުޅުމަށް ބުރޫ އަރަން ފެށީ 2015 ގައެވެ. ޔަމަން ހަނގުރަމައިގައި އިރާން އިން ހުތީންނަށް ވާގިވެރިވި ކަމަށް ދެކެވުނު ވާހަކައިގެ ތެރެއިން، ސަޢުދީ އަރަބިއްޔާ އާއި އިއްތިހާދުން އިރާންގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވާ ކަމަށް ބުނެއެވެ.

އިރާން އާއި ސަޢުދީ އާއި ދެމެދު އުފެދުނު ހަމަނުޖެހުން ތަކުގެ ސަބަބުން ގެއްލުންވެ ނުތަނަވަސް ކަން އުފެދުނީ އެ ދެޤައުމުގެ ދެމެދުގައި އެކަންޏެއް ނޫނެވެ. އެ ހަމަނުޖެހުން ތަކުގެ ސަބަބުން އެ ސަރަހައްދުގައި ވެސް ނުތަނަވަސް ކަން  އޮތީ އުފެދިފައެވެ. އަދި ސިރިޔާގެ ދަޚިލީ ހަނގުރާމަ އަށް ވެސް މިކަމުގެ އަސަރުތައް ވަނީ ކޮށްފައެވެ.





ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.