އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
29 Apr 2023 | 23:39
އޯގަސްޓުމަހު ސަރުކާރު ފްލެޓުތަކުގެ 8 ޓަވަރަށް މީހުންނަށް ވަދެވޭނެ: ފައްޔާޒު

މި އަހަރުގެ އޯގަސްޓު މަސް ނިމުމުގެ ކުރިން މި ސަރުކާރުން ބޯހިޔާވަހިކަމަށް އަޅާ ފްލެޓުތަކުގެ 8 ޓަވަރުގައި މީހުންނަށް ދިރިއުޅެން ފެށޭނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ. 

ފައްޔާޒު މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު މިހާރު އޮތް ހިސާބާއި، ސަރުކާރުން އިއުލާނުކޮށްފައިވާ ސްކީމްގެ ދަށުން، ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު އާންމުކޮށް، މީހުންނަށް ފުލެޓުތަކުގައި ދިރިއުޅެން ފެށޭނީ ކިހާ ހިސާބަކުތޯ އަހާ "ވޮއިސް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ. 

ފައްޔާޒު ވިދާޅުވީ އޮގަސްޓުމަހާއި ހިސާބަށް ޓަވަރުތަކުގެ ސްޓްރަކްޗާތައް ނިމޭނެ ކަމަށެވެ. އަދި އެ ޓަވަރުތަކުގެ ތެރެއިން 8 ޓަވަރަށް މީހުން ވެއްދޭނެކަމަށް ބެލެވޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"އޯގަސްޓު ހިސާބަށް ޓަވަރުތަކުގެ ސްޓްރަކްޗާތައް ނިމޭނެ، އަދި އޭގެން 8 ޓަވަރަށް މީހުންނަށް ވަދެވޭވަރު ކުރުން."

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު

މި ސަރުކާރުގެ ބީހިޔާވަހިކަމުގެ ސްކީމުގެ ތެރެއިން ފްލެޓުތައް ލިބޭ ފަރާތްތަކުގެ ލިސްޓު މި ޖޫން މަހު އިއުލާނު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ވިދާޅުވެފަ އެވެ. 

އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މާލެ ސަރަހައްދުން ދޫކުރާ ގޯތި ދޫކުރާ ސްކީމަށް ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ހައްގުވެރިން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. މިހާރު ފޯމުތައް ބަލައިގެންފައިވާއިރު، އެ ސްކީމުގެ ތެރެއިން ގޯތި ހައްގުވާ ފަރާތްތަކަށް ދިނުމަށް ބަލަންޖެހޭ ކަންކަން ކަށަވަރުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ މި ދައުރު ނިމުމުގެ ކުރިން ސަރުކާރުން ބޯހިޔާވަހިކަމަށް އަޅާ ފްލެޓުތަކަށް މީހުންނަށް ވަދެވޭނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.