ކެޕްޓަން އަލީ އިހްސާން/ ފޮޓޯ:އެމްއެންޕޯ
ހަބަރު
01 May 2023 | 05:54
މުއައްސަސާގެ ކަރާމަތަށް ބައެއް ކަންކަމަށް ނޫނެކޭ ބުނުމަކީ ސިފައިންގެ "އެތިކަލް އޮބްލިގޭޝަން" އެއް: އިހްސާން


ސިފައިންގެ ޔުނިފޯމް އަދި އެ މުއައްސަސާގެ ކަރާމަތް އިސްކޮށް ބައެއް ކަންކަމަށް ނޫނެކޭ ބުނުމަކީ ސިފައިންގެ "އެތިކަލް އޮބްލިގޭޝަން" އެއް ކަމަށް އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އިހްސާން މިފަދައިން ވިދާޅުވެފައި މިވަނީ ފޯޅަވަހި މައްސަލައިގައި އިޓްލޮސް އިން ނިންމާފައިވާ ގޮތާއި މެދު ގިނަ ދިވެހިން ނުރުހުން ފާޅު ކުރަމުން ދަނިކޮށް ރާއްޖޭގެ ސިފައިންގެ ތެރެއިން އިސް ބޭފުޅުން ކޮޅެއް ރާއްޖެ ޓީވީ އަށް އަރައި ދެއްކެވި ވާހަކަ ތަކަކާއި ގުޅިގެނެވެ.

ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުالله ޝަމާލް ވިދާޅުވީ، މީގެ ކުރިން ރާއްޖޭގެ ޓެރިޓަރީއަކީ ކޮބައިކަން ދިވެހި ސިފައިންނަށް ސާފުވެފައި ނުވާ ކަމަށެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު ރާއްޖެ-މޮރިޝަސް އިމުގެ މައްސަލަ އިޓްލަސްގެ އިން ނިންމުމާއި ގުޅިގެން އެކަން ދިވެހި ސިފައިންނަށް ސާފުވެގެން ހިނގައްޖެ ކަމަށް ވިދާޅުވި އެވެ.

މިފަދައިން ދެކެވުނު ވާހަކަ ތަކާއި ގުޅިގެން ކެޕްޓަން އިހްސާން ވިދާޅުވީ ދިވެހި ރާއްޖޭގެ ދެކުނުން އީއީޒެޑް ނިމެނީ ސ ގަމުން ފެށިގެން 200 މޭލައްކަން ޤާނޫނަކުން ކަނޑައެޅިފައިވާ ކަން ދިވެހި ކިޔަން އިނގޭ ކޮންމެ މީހަކަށް އެނގެން އޮތް އިރު އަސްކަރިއްޔާގެ އެންމެ ސީނިޔަރ އޮފިސަރުންގެ ތެރެއިން 4 އޮފިސަރުން ލައްވައި މިކަން ތިމަންމެންނަށް ނޭނގޭ ކަމަށް ބުނުވުމަކީ ކުރީގެ ސިފައިންގެ އޮފިސަރެއްގެ ހައިސިއްޔަތުން އިންތިހާއަށް ލަދުވެތިވެ ހިތާމަ ކުރާ ކަމެއް ކަމަށެވެ.

"އިޓްލޮސްގެ ނިންމުމާއި އެކު މި ސަރަހައްދު ކުޑަވީ، ކުރިންވެސް މިހާރުވެސް ދިފާޢުކުރަންޖެހޭ ސަރަހައްދު ސިފައިންނަށް ސާފު ވާނެ، އަސްކަރިއްޔާ އާއި އަސްކަރީ ޔުނިފޯމްގެ އަގު ވެއްޓޭ މިބާވަތުގެ ކަންކަން އެެއްވެސް ސަރުކާރަކުން ދިވެހި ސިފައިން ލައްވައި މަޖުބޫރުން ކުރުވައިގެން ނުވާނެ" އިހްސާން ވިދާޅުވެފައި ވެއެވެ.

މި ކަމާއި ގުޅިގެން ކުރައްވާފައިވާ އެހެން ޓްވީޓެއްގައި އިހްސާން ވިދާޅުވެފައި ވަނީ 2019 ވަނަ އަހަރުގެ ޖޫން މަހު މޮރިޝަސް އިން ރާއްޖޭގެ އީއީޒެޑް ކުޑަކުރުމަށް އިޓްލޮސް ގައި ދައުވާ ކުރަން ދެން ރާއްޖޭގެ ދެކުނުގެ އީއީޒެޑް ގައި ފުށުއެރުމެެއް ނެތް ކަމަށެވެ.

އަދި އޭގެ ފަހުން ފުށު އެރުން އޮތް ކަމަށް މޮރިޝަސް އިން ބުނިކަމަށް ވިޔަސް 28 އޭޕްރީލް 2023 އާއި ޖެހެންދެން 200 މޭލު ބެލެހެއްޓުމަށް ދިވެހި ސިފައިންނަށް ޝައްކު ވާން ޖެހޭ އެއްވެސް ސަބަބެެއް ނެތް ކަމަށް އިހްސާން ވިދާޅުވެފައި ވެއެވެ.

"ޔުނިފޯމް އަދި މުއައްސަސާގެ ކަރާމާތް އިސްކޮށް ބައެއް ކަންކަމަށް ނޫނެކޭ ބުނުމަކީ ސިފައިންގެ އެތިކަލް އޮބްލިގޭޝަން އެއް" އިހްސާން ގެ ޓްވީޓް ނިންމާލަމުން ވިދާޅުވެފައިވެއެވެ.



ކޮމެންޓް
ޚުރުސީ
ޔުނިފޯމޭކިޔައިގެން ކަލޭ އަނގަ ނައަރުވާހުރޭ. ބޮމްބްބްލާސްޓް ކަލޭ ތިހިރީ ޔުނިފޯމް ބާލުވާފަ
04 May 2023
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.