އިރާންގެ ރައީސް އިބްރާހިމް ރައީސީ
ދުނިޔެ
30 Apr 2023 | 22:42
އިރާންގެ ރައީސް ރައީސީ ސީރިޔާ އަށް ވަޑައިގަންނަވަނީ

އިރާންގެ ރައީސް އިބްރާހިމް ރައީސީ މިހަފްތާގެ ބުދަ ދުވަހު ސީރިޔާ އަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ. 

އިރާންގެ ރަސްމީ މީޑިއާ އިން ބުނެފައިވަނީ މިހަފްތާގެ ބުދަ ދުވަހު ރައީސީ ސީރިޔާ އަށް ވަޑައިގަންނަވަނީ ރަސްމީ ކޮށް ލިބިވަޑައިގެންނެވި ދައުވަތަކަށް ދެދުވަހުގެ ރަސްމީ ދަތުރުފުޅެއް ގައި ކަމަށެވެ. އަދި މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި މުުހިންމު މަޝްވަރާ ތަކެއް ކުރެވިގެން ދާނެ ކަމަށް ވެސް އިރާންގެ ރަސްމީ މީޑިޔާ އިން ރިޕޯޓު ކޮށްފައިވެއެވެ.

"ޑރ ރައީސީ ބުދަ ދުވަހު ދިމިޝްޤަށް ކުރައްވާ މި ދަތުރުފުޅަކީ މިހާރު މި ސަރަހައްދަށް މިއަންނަ ބަދަލުތަކާއި އަދި ކުރިއެރުންތަކާއި މެދު މުހިންމު މަޝްވަރާ ތަކެއް ކުރެވޭނެ ދަތުރުފުޅެއް" އިރާން އިން ސީރިޔާ އަށް ކަނޑައަޅުއްވާފައިވާ ސަފީރް ހޮސެއިން އަކްބަރީ ބުނި ކަމަށް އިރާންގެ ރަސްމީ މީޑިޔާއިން ހާމަކޮށްފައި ވެއެވެ.

އިރާންގެ ރައީސްގެ މިދަތުރުފުޅު އިންތިޒާމް ވެގެން މިދަނީ ސީރިޔާ އާއި ސަޢުދީޢަރަބިއްޔާ އާއި ދެމެދު ގުޅުން ބަދަހި ކުރެވެމުންދާ ދަނޑިވަޅެއްގައެވެ. އަދި ދިމިޝްްޤާއި ޢަރަބި ގައިމުތަކާއި އޮތް ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރެވެމުންދާ ދުވަސްވަރެއްގައެވެ.

އިރާން އަކީ ސީރިޔާގެ އެތެރޭގައި ހިނގަމުން ދިޔަ ހަމަނުޖެހުން ތަކާއި ހަނގުރާމައިގެ ތެރޭގައި ސީރިޔާގެ ރައީސް ބައްޝާރުލް އަސަދަށް އެންމެ ގާތުން ވާގިވެރިވި އެއް ގައުމެވެ. މާލީ ގޮތުންނާއި މިލިޓަރީ ގޮތުން އިރާން އިން ބައްޝާރުލް އަސަދަށް ވާގިވެރި ވެފައިވެއެވެ.

"މި ދަތުރުގެ ސަބަބުން ފައިދާ ވެގެން ދާނީ ހަމައެކަނި އިރާން އާއި ސިރިޔާ އަކަށް ނޫން، ސަރަހައްދުގެ އެހެން ގައުމު ތަކަށްވެސް މި ދަތުރުގެ ސަބަބުން ރަނގަޅު ފައިދާތަކެއް ލިބިގެންދާނެ" އަކްބަރީ އިތުރަށް ބުނެފައިވެއެވެ.

އިރާން ގެ ރައީސް ރައީސީގެ މިދަތުރުފުޅަކީ ސީރިޔާގައި މީގެ 10 އަހަރުކުރިން ފެށިގެން ދިޔަ ދާޚިލީ ހަނގުރާމައިގެ ފަހުން ސީރިޔާ އަށް އިރާންގެ ރައީސަކު ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެންމެ ފަހުން ސީރިޔާ އަށް އިރާންގެ ރައީސަކު ވަޑައިގަތީ 2010 ވަނަ އަހަރުއެވެ. އޭރު އިރާންގެ ރައީސަކަށް ހުންނެވީ މަހްމޫދު އަހްމަދިންޖާދެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ