މުހައްމަދު ސަލާހް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
01 May 2023 | 03:55
ޓޮޓެންހަމް ފަހަތަށް ޖައްސާލުމަށްފަހު ލިވަޕޫލުން ފަސްވަނައަށް!

އިގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ފަހުވަގުތު ޑިއޭގޯ ޖޯޓާ ކާމިޔާބުކޮށްދިން ލަނޑުން 4-3 ގެ ނަތީޖާއަކުން ޓޮޓެންހަމް ބަލިކޮށް ލިވަޕޫލް އިން ލީގު ތާވަލުގެ ފަސްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ލިވަޕޫލުން ތިން ލަނޑުގެ ލީޑެއް ނެގިއިރު، އެޓީމުގެ ފުރަތަަމަ ލަނޑު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިގިރޭސި މިޑްފީލްޑަރު ކާޓިސް ޖޯންސް އެވެ. މިއީ އެޓީމުގެ އެލެގްޒެންޑަރ އާނޯލްޑް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އޭގެ ދެމިނެޓު ފަހުން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކޮލަންބިއާ ފޯވާޑް ލުއިސް ޑިއާޒް އެވެ. މިއީ އެޓީމުގެ ނެދަލޭންޑްސްގެ ފޯވާޑް ކޯޑީ ގައްޕޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ލިވިޕޫލުގެ ތިން ވަނަ ލަނޑު ފުރަތަަމަ ހާފުގެ 15 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ މުހައްމަދު ސަލާހް އެވެ. މިއީ ލިވިޕޫލުގެ ޖާޒީގައި ސަލާހް ކުޅުނު 300 ވަނަ މެޗުގައި އެޓީމަށް އޭނާ ކާމިޔާބުކޮށްދިން 184 ވަނަ ލަނޑެވެ. މިއާއެކު ސަލާހް ވަނީި ލިވިޕޫލުގެ ލެޖެންޑް ރޮބީ ފައުލާ ފަހަތަށް ޖައްސާލުމަށްފަހު އެޓީމުގެ ތާރީޚްގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ 6 ވަނައަށް ކުރިއަށް ޖެހިލައިފައެވެ.

ފުރަތަަމަ ހާފު ނިމުމުގެ ކުރިން ޓޮޓެންހަމްގެ ކެޕްޓަން ހެރީ ކޭން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. މިއީ ފުރަތަަމަ ހާފުގެ 39 ވަނަ މިނެޓުގައި އެޓީމުގެ ކްރޮއޭޝިޔާ ފޯވާޑް އިވާން ޕެރިސިކް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-1 ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ޓޮޓެންހަމް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މިގޮތުން ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި އެޓީމުގެ ސައުތު ކޮރެއާ ފޯވާޑް ހިއުންގް-މިން ސޮންއަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މި މެޗުގައި ޓޮޓެންހަމް އިން ކާމިޔާބުކުރި ދެވަނަ ލަނޑު ދެވަނަ ހާފުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހިއުންގް-މިން ސޮން އެވެ. މިއީ އެޓީމުގެ އާޖެންޓީނާ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޓޮޓެންހަމް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ރިޗަލްސަން އެވެ. މިއީ އެޓީމުގެ ހިއުންގް-މިން ސޮން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޓޮޓެންހަމް އިން މެޗުގެ ނަތީޖާ އެއްވަރުކުރިތާ މިނެޓެއް ނުވަނީސް، މި މެޗުން ލިވަޕޫލް މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ ފޯވާޑް ޑިއެގޯ ޖޯޓާ އެވެ. އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓުގައި ޖޯޓާ ކާމިޔާބުކޮށްދިން ލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-3 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެގެންނެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު 33 މެޗުން ލިވަޕޫލަށް 56 ޕޮއިންޓް ލިބިފައިވާއިރު، މި މެޗުން ބަލިވި ޓޮޓެންހަމް 34 މެޗު ކުޅެފައިވާއިރު އެޓީމަށް ލިބިފައިވަނީ 54 ޕޮއިންޓާއެކު ތާވަލްގެ ހަ ވަނަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.