ކިންގްސްލީ ކޯމަން ބަޔާންގެ ދެވަަނަ ލަނޑު ކާމިޔާބުކޮށްދެނީ
ކުޅިވަރު
01 May 2023 | 04:08
ޓުޗެލް ހަވާލުވި ފަހުން ބަޔާން ފުރަތަަމަ ފަހަރަށް މޮޅުވެއްޖެ!

ޖަރުމަނު ބުންޑަސްލީގާގައި މިރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ހަތާބާލިން ބަލިކޮށް، ޓުޗެލްގެ ކޯޗުކަމުގައި ބަޔާން މިއުނިކް އިން ފުރަތަަމަ މޮޅު ހޯދައި، އަލުން ލީގު ތާވަލުގެ އެއްވަނަ މަގާމަށް ކުރިއަށް ޖެހިލައިފިއެވެ.

ބަޔާންގެ ކޯޗުކަމާ ޓުޗެލް ހަވާލުވި ފަހުން އެޓީމު ކުޅުނު ފުރަތަަމަ ހަތަރު މެޗުން މޮޅެއް ހޯދިފައިނުވާ އިރު، ދެ މެޗުން އެއްވަރުވެ، އަނެއް ދެ މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ބަޔާން މިއުނިކް އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނު އިރު، އެޓީމުން ވަނީ މިހާފުގައި 13 ހަމަލާއެއް ހަތާބާލިންގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް މިހާފުގައި އެޓީމުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ހަތާބާލިންގެ ޑެންމާކް ގޯލްކީޕަރު އޮލިވަރ ކްރިސްޓިއަންސަން ވަނީ މޮޅު ކުޅުމެއް ދައްކައިދީފައެވެ.

މެޗުގެ ދެވަނަ ހާފުގައި ބަޔާން މިއުނިކުން ކުރިއަށްޖެހި ލަނޑެއްޖުމަށް ކުރަމުންއައި މަސައްކަތް އެޓީމަށް ކާމިޔާބުވީ ދެވަަނަ ހާފުގެ 69 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖަރުމަނުގެ ފޯވާޑް  ސާޖް ގްނަބްރީ އެވެ. މިއީ އެޓީމުގެ މިޑްފިލްޑަރު ޖޯޝުއާ ކިމިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުން ބަޔާން މިއުނިކަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު ދެވަނަ ހާފުގެ 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފްރާންސްގެ ފޯވާޑް ކިންގްސްލީ ކޯމަން އެވެ. މިއީ ވެސް އެޓީމުގެ ޖަރުމަނު މިޑްފީލްޑަރު ޖޯޝުއާ ކިމިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކޯމަން ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ ޓުޗެލް ބަޔާން މިއުނިކާއި ހަވާލުވި ފަހުން އެޓީމު މޮޅުވި ފުރަތަމަ މެޗެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު 30 މެޗު ކުޅެގެން ބަޔާން މިއުނިކަށް 62 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް 30 މެޗު ކުޅެގެން ލިބިފައިވަނީ 61 ޕޮއިންޓެވެ. އަދި މިރޭގެ މެޗުން ބަލިވި ހަތާބާލިން 30 މެޗު ކުޅެގެން ލިބުނު 22 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ 18 ޓީމު ހިމެނޭ ލީގު ތާވަލުގެ ފުލުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.