ވެމްކޯގެ މުވައްޒަފުން މަސައްކަތުގައި/ ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ހަބަރު
02 May 2023 | 08:59
ބޮޑުވި ކަރަންޓު ބިލުގެ ތެރޭ ވެމްކޯ ބިލެއް ނުހިމެނޭ: ވެމްކޯ

މާލެ ސަރަހައްދުގެ ގޭބީސީތަކުގެ އޭޕްރިލް މަހުގެ ކަރަންޓު ބިލުގެ ތެރޭގައި ކުނި އުކާލުމަށް ވޭސްޓް މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯ) އިން ނަގާ ފީ ހިމަނާފައި ނުވާނެކަމަށް އެ ކުންފުނިން ބުނެފި އެވެ. 

އޭޕްރިލްމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވޭސްޓް މެނޭޖުމަންޓު ކޯޕަރޭޝަންގެ ޚިދުމަތުގެ ބިލާއި ސްޓެލްކޯގެ ކަރަންޓު ބިލުތައް އެއްކޮލާ،  އެޕާޓްމަންޓްތަކަށް އަރައި ކުނި ނަގައި އަގެއްގެ ގޮތުގައި ދުވާލަކަށް 4.93 ރުފިޔާގެ ރޭޓުން ނަގާގޮތަށް ވެމްކޯއިން ވަނީ ކަނޑައަޅައިފަ އެވެ. 

އޭޕްރިލް މަހުގެ ކަރަންޓު ބިލުތައް އާދަޔާ ޚިލާފަށް ބޮޑުވެފައިވާއިރު، ކަރަންޓް ބިލާއި ވެމްކޯ ބިލާއި އެއްކޮށްފައި ވާނެތޯ "ވޮއިސް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވެމްކޯއިން ބުނީ މި މަހުގައި އެއްވެސް ގޭބީސީއެއްގެ ބިލެއްގައި ވެމްކޯގެ ބިލު ހިމަނާފައި ނުވާނެ ކަމަށެވެ.

އަދި ކަރަންޓުބިލާއި ކުނި ބިލު އެއް ކުރެވުނަސް، ވެމްކޯގެ ބިލު އެނގޭނެހެން ވަކިން ފާހަގަކުރެވިފައިވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. 

ވެމްކޯއިން ގެތަކުން ކުނި ނަގައިދޭ ބިލް ސްޓެލްކޯގެ ކަރަންޓު ބިލުގައި ހިމަނަން އެކުންފުނިން ނިންމާފައިވީ ނަމަވެސް ދެ ބިލު އެއްކޮލައިގެން ދައްކާގޮތަށް ހަމަޖެހިގެންދާނީ މޭ މަހުގައި ކަމަށެވެ. 

މޭ މަހުގެ ބިލު ކަރުދާސް ތައްޔާރުކުރާނީ ކަރަންޓު ބިލާއި ވެމްކޯގެ ކުނި ބިލު އެއްކަރުދާސް ކުރެވިގެންކަމަށް ވެމްކޯއިން ވަނީ ބުނެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jul 2026
މިފްކޯއިން ފަސްމީރު ބްރޭންޑުގެ 12 ދަޅު ހިމެނޭ ހަދިޔާ ޕެކެއް
މިފްކޯއިން ބުނީ ކޮންމެ ރަހައަކުން ތިން ދަޅު ހިމެނޭ މި ޕެކް 221 ރުފިޔާއަށް ލިބޭ އިރު ވަކިވަކީން ދަޅު ގަތުމަށް ވުރެ ހެޔޮ ވާނޭކަމަށެވެ
29 Jul 2026
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފްފައިދާ އިތުރުވެއްޖެ
އެސްޓީއޯގެ ޓްރޭޑިން އެކައުންޓަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ކުރީ ކުއާޓަރުތަކަށްވުރެ އިދާރީ ހަރަދުތައް ކުޑަކޮށްފައި ވުމެވެ
29 Jul 2026
ލ. ގަމުން ޒުވާނަކު ގެއްލިގެން ހޯދަނީ
ގެއްލިގެން ހޯދަމުންދަނީ ލ.ގަން ތުނޑި، ކުރިބޯށި، އަމްޖާޒް އަލީ (20) އެވެ.
29 Jul 2026
ސައުދީން ދިން ހަމަލާއާ ގުޅިގެން އިރާގުން ކުއްލި ބައްދަލުވުމެއް ބާއްވަނީ
އިރާގުގެ 'ޕޮޕިއުލާ މޮބިލައިޒޭޝަން ޔުނިޓްސް' އިން ހާމަކުރި ގޮތުގައި، ރޭގެ ވަގުތެއްގައި ސައުދީ އާއި އެމެރިކާ ގުޅިގެން އިރާގުގެ އެކި ޕްރޮވިންސްތަކުގައި ހުރި އެ ޖަމާއަތުގެ މަރުކަޒުތަކަށް ދިން ވަރުގަދަ ހަމަލާތަކުގައި އެ ޖަމާއަތުގެ 20 މެންބަރަކު ވަނީ މަރުވެފައެވެ. އަދި އިތުރު 32 މީހަކު ޒަހަމްވެފައިވާ ކަމަށްވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.
29 Jul 2026
ޔެލީ ސުޕަމާޓް" ނަމުގައި އައު ފިހާރައެށް ހުޅުމާލެ ފޭސް 2 ގައި
އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޔެލީގެ ފަސްވަނަ ފިހާރަ ކަމަށްވާ "ޔެލީ ސުޕަމާޓް" ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފިއެވެ. މި އާ ސުޕަމާޓު ރަސްމީކޮށް ހުޅުވައިދެއްވީ ޔެލީގެ އޯނަރުންގެ ބައްޕަ މުހައްމަދު ސަލީމެވެ.
29 Jul 2026
ހުޅުމާލެ ރަށު މާރުކޭޓު ރެއިޑްކޮށް 20 ބިދޭސީއަކު ހައްޔަރުކޮށްފި
ޓާސްކް ފޯސް އިން ހުޅުމާލެ ރަށު މާރުކޭޓުގައި ހިންގި އޮޕަރޭޝަނެއްގައި 55 ބިދޭސީއެއްގެ ލިޔެކިޔުން ބަލައި، ޤަވާއިދާ ޚިލާފުވި 20 މީހަކު ހައްޔަރުކޮށްފިއެވެ.
29 Jul 2026
މުޅިން އަލަށް ވާދަކޮށް، އެއިޓީން ތާޓީ ކްލަސިކްގެ ތަށި އެޗްޑީސީން އުފުލާލައިފި
މިއީ މި މުބާރާތުގައި އެޗްޑީސީން ވާދަކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އެ ޓީމުން ތަށި އުފުލާލީ ފައިނަލްގައި ސްޓެލްކޯގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
29 Jul 2026
އީރާނުން ޗައިނާގެ ވަރުގަދަ މިސައިލް ސިސްޓަމްތަކެއް ހޯދަނީ
މި މުއާމަލާތާ ބެހޭ މައުލޫމާތު ހުރި ތިން މަސްދަރަކުން ރޮއިޓާސްއަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، ގާތްގަނޑަކަށް 60 އާއި 70 މިލިއަން ޑޮލަރާ ދެމެދުގެ އަގުހުރި މި އެއްބަސްވުމުގެ ދަށުން 300 އާއި 400 އާ ދެމެދުގެ އަދަދަކަށް "މޭން-ޕޯޓަބަލް އެއާ ޑިފެންސް ސިސްޓަމްސް" އީރާނަށް ލިބޭނެއެވެ. މީގެ ތެރޭގައި ޗައިނާގެ QW-12 އާއި FN-16 މަރުކާގެ މިސައިލްތައް ހިމެނެއެވެ.