އައިޖީއެމް އެޗްގެ ނަރުހުން. ފޮޓޯ: ޕީއެސްއެމް
ހަބަރު
01 May 2023 | 18:34
ސިނިއާރ ރެޖިސްޓާރޑް ނަރުހުންގެ މުސާރައަށް 8,800 ރުފިޔާގެ ކުރއެރުމެއް


ސިއްޙީ ދާއިރާގެ މަސައްކަތް ތެރިންގެ މުސާރަ ބޮޑު ކުރެވި، އެކަން އިއްލާނު ވެގެން ދިޔައިރު ސިއްޙީ ދާއިރާގެ އެންމެ ބުރަ މަސައްކަތެއް ކުރާ ގިނަ ނަރުހުންގެ މުސާރައިގެ ތެރެއިން ސީނިއަރ ރެޖިސްޓާރޑް ނަރުހުންގެ މުސާރައިން 8،800 ރުފިޔާގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ހެލްތް މިނިސްޓަރީ އިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކައިފިއެވެ.

ސީނިއަރ ރެޖިސްޓާޑް ނަރުހުންގެ ތެރެއިން ރޭންކު 8 ގެ ނަރުހުންގެ ގޮތުގައި ދިވެހި 187 ނަރުހެއް މަަސައްކަތް ކުރެއެވެ. ސަރުކާރުން ސިއްޙީ މަސައްކަތް ތެރިންގެ މުސާރައަށް މިގެނައި ބަދަލުގެ ކުރިން އެ ރޭންކުގެ ސީނިއަރ ރެޖިސްޓާޑް ނަރުހަކަށް އިތުރު ގަޑީގެ އެލަވަންސް އާއި އެކު މުސާރައިގެ ގޮތުގައި ލިބެނީ 20،459ރ އެވެ. ބަދަލުވި މުސާރައާއި އެކު އެނަރުހުންނަށް އިތުރު ގަޑީގެ ފައިސާ ނުލައި 29،271ރ މަހު މުސާރައެއްގެ ގޮތުގައި ލިބޭނެއެވެ. މިއީ، 8,812 ރުފިޔާގެ ކުރިއެރުމެކެވެ.

މީގެ އިތުރުން، ރެޖިސްޓަރޑް ނަރުސް ރޭންކް 7 ގައި 503 ނަރުހުން މަސައްކަތް ކުރާއިރު އެނަރުހުންގެ މުސާރައިން 2،494ރ ވަނީ ބޮޑުވެފައެވެ.

ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ދިވެހި، 40 ކްލިނިކަލް ނަރުހުން ތިބި އިރު އެނަރުހުންގެ މުސާރައަށް 13،000ރ ގެ ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ބަދަލު ކުރެވުނު މުސާރަޔާއި އެކު ނަރުހުންގެ ތެރެއިން އެންމެ ކުޑަ ކޮށް މުސާރައިން ބޮޑު ވެފައިވަނީ ރެޖިސްޓާޑް ނަރުސް ރޭންކް 5ގެ ނަރުހުންނަށެވެ. އެނަރުހުންގެ މުސާރައިން ބޮޑުވެފައިވަނީ 983ރ އެވެ. އެ ކެޓަގަރީގައި 874 ނަރުހުން މަސައްކަތް ކުރެއެވެ.

އެންރޯލްޑް ނަރުހުންގެ ގޮތުގައި މަސައްކަތް ކުރާ 300 ނަރުހުން ތިބި އިރު އެނަރުހުންގެ މުސާރައިން 1،200 ރުފިޔާ ވަނީ ބޮޑުވެފައެވެ.

ސިއްޙީ ދާއިރާގެ މަސައްކަތް ތެރިންގެ މުސާރައަށް ގެނެވުނު ބަދަލު ތަކާއި އެކު އެއްބަޔަކު ދަނީ މިބަދަލު ތަކަކީ ކަމުނުދާ ގޮތަކަށް ގެނެވިފައިވަ ބަދަލު ތަކެއް ކަމަށް ބުނެ ފާޑު ކިޔަމުންނެވެ. އަނެއް ބަޔަކު ދަނީ މިބަދަލުތަކަށް މަރުހަބާ ކިޔައި ސަރުކާރަށް މަރުހަބާ ކިޔަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.