އިންޑިޔާގެ ދިފާއީ ވަޒީރު އެމްއެންޑީއެފް ހެޑްކުއަރޓާސް އަށް ޒިޔާރަތް ކުރައްވަނީ/ ފޮޓޯ: އެމްއެންޑީއެފް
ހަބަރު
01 May 2023 | 18:27
އިންޑިޔާގެ ދިފާއީ ވަޒީރު އެމްއެންޑީއެފްގެ ހެޑްކުއަރޓާސް އަށް ޒިޔާރަތް ކުރައްވައިފި


އިންޑިޔާގެ ދިފާއީ ވަޒީރު ރަޖްނިތް ސިންހް ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެމްއެންޑީއެފްގެ ހެޑްކުއަރޓާސް އަށް ކުރައްވައިފިއެވެ.

އިންޑިޔާގެ ދިފާއީ ވަޒީރު ރަޖްނިތް ސިންހް ރާއްޖެ ވަޑައިގަތީ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. ރަޖްނިތް ސިންހް އަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ  ރާއްޖޭގެ ދިފާއީ ވަޒީރު އަލްއުސްތާޒާ މާރިޔާ ދީދީއެވެ. އިންޑިޔާގެ ދިފާއީ ވަޒީރުގެ މިދަތުރު ފުޅަކީ ރާއްޖޭގެ ދިފާއީ ވަޒީރުގެ ދައުވަތަކަށް ކުރައްވާ ދަތުރު ފުޅެކެވެ.

އިންޑިޔާގެ ދިފާއީ ވަޒީރު މިއަދުވަނީ އެމްއެންޑީއެފްގެ އިންޓަރގްރޭޓެޓް ހެޑްކުއަރޓާސް އަށް ޒިޔާރަތް ކުރައްވާފައެވެ. އިންޑިޔާގެ ދިފާއީ ވަޒީރު އެމްއެންޑީއެފްގެ ހެޑްކުއަރޓާސް އަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް  އަހްމަދް ޝަމާލާއި އެމްއެންޑީއެފްގެ އިސް ބޭފުޅުންނެވެ.


ނޮވެމްމަރު 3 ގެ ހަނދާނި ބިނާ އަށް ރަޖްނިތް ސިންހް ކުރެއްވެވި ޒިޔާރަތް

މީގެ އިތުރުން އިންޑިޔާގެ ދިފާއީ ވަޒީރު ވަނީ 3 ނޮވެމްބަރުގައި ޝަހީދުވި ސިފައިންގެ ހަނދާނުގައި ގާއިމް ކޮށްފައިހުރި ހަނދާނީ ބިނާ އަށް ޒިޔާރަތް ކުރައްވާފައި ވެއެވެ. އަދި އެމަނިކުފާނުގެ އަރިހުގައި ދިފާއީ ވަޒީރު މާރިޔާ ދީދިގެ އިތުރުން އެމްއެންޑީއެފްގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.