ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު--
ހަބަރު
02 May 2023 | 11:47
ޗާގޯސް ހޯދަން ދައުވާކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ރައީސް ޞާލިހުގެ ސިޓީފުޅު: ދިޔާނާ

ސިޔާދަތުގެ ދައުވާކުރުމަށް ވަކާލާތުކުރައްވާ ބޭފުޅުންނަށް މިހާރު އެކަމުގައި އޮތް އެންމެ ބޮޑު ހުރަހެެއްކަމަށް ފެންނަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނާނެކަން ޤަބޫލުކުރެއްވައި ފޮނުއްވި ސިޓީ ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ޗާގޮސްއާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)ގައި ނިންމި ނިންމުމަށްފަހު ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޚާރިޖީވަޒީރު ޢަބްދުالله ޝާހިދު ވަނީ ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނާނެކަމާމެދު އިންޓަނޭޝަން ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕީނިއަނަކަށް މޮރިޝަސްއިން އެދުމުން، އޭގެ މުޤާބިލުގައި ރާއްޖެއިން އެއްވެސް ކަމެއް ނުކުރުމާއެކު 2016 ވަނަ އަހަރުގައި، ޗާގޮސްގެ މައްޗަށް ރާއްޖޭގެ ސިޔާދަތު އޮންނާނެކަމަށް ދައުވާކުރުމުގެ ފަހު ފުރުސަތު ގެއްލިފައިވާ ކަމަށް ވިދާޅުވެފައެވެ. 

އެކަމާއި ގުޅިގެން ދިޔާނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޝާހިދު އެފަދައި ވިދާޅުވި ނަމަވެސް އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. އަދި އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖީ)ގެ ނެރުއްވި އިޝްތިޝާރީ ލަފަޔަކީ ޚުޞޫމަތެެއް ފައިސަލާކޮށް ބަނދެވޭގޮތަށް އޮތް އާޚިރު ނިންމުމެއް ނޫން ކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ. 

ދިޔާނާ ވިދާޅުވީ ސިޔާދަތުގެ ދައުވާކުރުމަށް ވަކާލާތުކުރައްވާ ބޭފުޅުންނަށް މިހާރު އެކަމުގައި އޮތް އެންމެ ބޮޑު ހުރަހެެއްކަމަށް ފެންނަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ފޮނުއްވި ސިޓީފުޅު ކަމަށެވެ. 

"ބުނެވުނު ކްލެއިމް ކުރަން ވަކާލާތުކުރާ ބޭފުޅުންނަށް އޮތް އެންމެ ބޮޑު ހުރަހެއް ކަމަށް ފެންނަނީ ޗާގޯސްގެ ސިޔާދަތު ގަބޫލުފުޅު ކުރައްވައި ރައީސް ފޮނުއްވި ސިޓީ ފުޅު. ސަބަބަކީ ބައުންޑަރީ (އިމުގެ) ޑިސްޕިއުޓް (ފުށުއެރުންތައްް) ތައް ފައިސަލާ ކުރެއްވުމުގައި އައިސީޖީ އިން ގައުމުތަކުގެ އިރާދަ (ވިލް) އަށް ރިޢާޔަތްކޮށް ބުރަދަން ދޭތީ." ދިޔާނާ ވިދާޅުވިއެވެ. 

މިއާއެކު ދިޔާނާ ވިދާޅުވީ ރައީސްގެ ސިޓީފުޅަކީ އިމުގެ މައްސަލާގައި ދިވެހި ދައުލަތުގެ އިރާދާކަމަށް ނިމިއްޖެނަމަ، ޗާގޯސްގެ ސިޔާދަތަށް ދައުވާ ކުރުމަށް ހުރަހަކަށްވާނެ ކަމަށެވެ.

އެހެންކަމުން، އެ ސިޓީއަކީ ވަގުތު ނުޖެހެނީސް ފޮނުއްވަން ޖެހޭ ހާލަތެއް ނެތި ފޮނުއްވި ސިޓީއެއް ނުވަތަ ޕްރިމެޗުއާ ސިޓީއެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ދިޔާނާ ވިދާޅުވިއެވެ.

އަދި އަމުދުން ރައްޔިތުންގެ މަޖިލީހާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާނުކުރައްވައި އެ ސިޓީ ފޮނުއްވުމަކީ ވަރަށް ދެރަކަމެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ދިވެހި މުސްކުޅިން
ކަމަނާގެ ނާއިބު ކަމުގާ ޗާގޯސް ކިޔާ ތަނެއް ނޯވޭ ދޯ. އޭގެ ފަހުންތަ ޗާގޯސް އުފެދުނީ
02 May 2023
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް