ފަރަށް އެރި ކަމަށް ބުނާ ބާޖު--
ހަބަރު
02 May 2023 | 13:20
ބްރިޖު ހަދާ ބާޖުގެ ނަގިލި ކަހާލީ؛ ފަރަކަށް ނާރާ: އެފްކޮންސް

ބްރިޖު ހަދާ ބާޖެއް ފަރަށް އެރި ކަމަށް ބުނެ މީސް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް، އެ މަޝްރޫއުގެ މަސައްކަތް ކުރަމުންދާ އެފްކޮންސް އިން ދޮގު ކޮށްފި އެވެ. 

ރޭ 23:00 ކަންހާއިރު  ބުރިޖުގެ މަސައްކަތުގައި ބޭނުން ކުރާ ބާޖެއް ވިލިމާލޭ ފަރަށް އަރާފައިވާ ކަމަށާ، އެ އުޅަނދު ފަރަށް އަރައިގެން ގޮސް ވިލިމާލެ އާއި ދާދި ގާތައް ދިޔައިރު ވެސް އުޅަނދު ފަރު މަތިން ނަގަން ނުވަތަ އިތުރަށް ފަރަށް އެރިޔަ ނުދޭން އެއްވެސް ބަޔަކު މަސައްކަތް ކުރި މަންޒަރު ނުފެންނަ ކަމަށް މީސް މީޑިއާގައި ވާހަކަތައް ވަނީ ފެތުރިފައެވެ. 

އެކަމާ ގުޅިގެން "ވޮއިސް" އިން ސުވާލު ކުރުމުން ތިލަމާލެ ބްރިޖް ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ، އެ ބާޖު ވިލިމާލެ ފަރަށް ނާރާކަމަށާ، ބާޖުގެ ނަގިލި ކަހާލީ ކަމަށެވެ. 

އަދި ނަގިލި ކަހާލިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ކޮންޓްރޯލް ކޮށްފައިވާ ކަމަށާ އޭގެ ސަބަބުން ބާޖަށްވެސް އެއްވެސް ގެއްލުމެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ބާޖު ފަރަކަށް ނާރާ. ނަގިލި ކަހާލީ. އެފަދަ މަސައްކަތްތައް ކުރާ އިރު ނަގިލި ކަހާލުމަކީ އާއްމު ކަމެއް. އީޕީއޭ އަދި ޕްލޭނިންގ މިނިސްޓްރީގެ ޑައިވަރުންވެސް އެ ސަރަހައްދުގައި ޑައިވް ކޮށް، އެ ސަރަހައްދު ބަލާފައި ވަނީ. އެ ފަރާތުންވެސް ވިދާޅުވީ ފަރަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށް." ޖިނާން ވިދާޅުވިއެވެ. 

މިދިޔަ އަހަރުގެ އޮގަސްޓް މަހު ބުރިޖުގެ މަސައްކަތުގައި ބޭނުން ކުރާ ޕްލެޓްފޯމް އެއް ވިލިމާލޭ ފަރަށް އެރުމުން ބޮޑެތި ގެއްލުންތަކެއް ވަނީ ފަރަށް ލިބިފައެވެ. އެފްކޮންސް އަށް އެއުޅަނދު ފަރު މަތިން ނެގުނީ ދެހަފްތާ ދުވަހުގެ މަސައްކަތުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ