ގައުމީ މުބާރާތުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް
ކުޅިވަރު
03 May 2023 | 01:38
ގައުމީ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާއަށް!

ގައުމީ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި 2-0 ގެ ނަތީޖާއަކުން ކުލަބު އީގަލްސް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ހޯދައިފިއެވެ.

ވަރަގަދަ ސްކޮޑަކާއި އެކު މިއަހަރުގެ ސީޒަނަށް ދުރާލާ ތައްޔާރުވި މާޒިޔާ އިން، މި ސީޒަނުގެ ދެވަަނަ ތަށި ކާމިޔާބުކުރި އިރު، ސީޒަނުގެ ފުރަތަމަ ތަށި ޗެރިޓީ ޝީލްޑް އެޓީމުން ކާމިޔާބުކުރީ ވެސް ކުލަބް އީގަލްސް ބަލިކުރުމަށް ފަހުގައެވެ.

ގަލޮޅު ދަނޑުގައި މިރޭކުޅެވުނު ފައިނަލް މެޗުގެ ފުރަތަަމަ ހާފުގެ 45 ވަނަ މިނެޓުގައި މާޒިޔާއަށް ލީޑު ނަގައިދިނީ އެޓީމުގެ އިބްރާހިމް އައިސަމް އެވެ. އަދި މި މެޗުގައި އެޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު ދެވަނަ ހާފުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް އައިސަމްއެވެ.

މިރޭގެ މެޗުން މޮޅުވެ ގައުމީ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ ހޯދިއިރު، މިއީ މި މުބާރާތުގެ ޗެމްޕިއަންކަން އެޓީމު ހޯދި ދެވަނަ ފަހަރެވެ. 2015 ވަނަ އަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ފުރަތަމަ ފަހަރަށް ހޯދިއިރު، މިއަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ފުރަތަަމަ ޑިވިޝަނުގެ އަލަށް ވާދަކުރަމުން އަންނަ ބުރު އަތުން އެޓީމު ވަނީ ބަލިވެފައެވެ.

1997 ވަނަ އަހަރާއި 2013 ވަނަ އަހަރު ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގައި ކުޅެވުނު ހުރިހާ މުބާރާތެއް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށްފައިވާއިރު، މިއަހަރުގެ ދިވެހި ލީގު މާޒިޔާ އިން ކާމިޔާބުކޮށްފި ނަމަ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ރެކޯޑާއި އަރާ ހަމަކުރުމުގެ ފުރުސަތު އެޓީމަށް ލިބިގެންދާނެއެވެ.

ނަމަވެސް 2013 ވަނަ އަހަރު ސީޒަނުގައި ކުޅުނު ލޯކަލް ހުރިހާ މެޗެއް ކާމިޔާބުކޮށްގެ ނިއުރޭޑިއަންޓް އިން ގާއިމުކޮށްފައިވާ 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑާއި އަރާ ހަމަކުރުމުގެ ފުރުސަތު މާޒިޔާއަށް މިހާރު ވަނީ ގެއްލިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.