ގެބްރިއަލް ޖީސަސް އާސެނަލްގެ ތިންވަނަ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
03 May 2023 | 05:06
ލަމްޕާޑްގެ އިރުޝާދުގެ ދަށުން ޗެލްސީ ކުޅުނު 6 ވަނަ މެޗުން ވެސް ބަލިވެއްޖެ!

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށް އާސެނަލް އިން ދެ މެޗު އިތުރަށް ކުޅެ ވަގުތީގޮތުން ތާވަލުގެ އެއްވަނަ މަގާމަށް ކުރިއަށް ޖެހިލައިފިއެވެ.

ޗެލްސީގެ ކޯޗުކަމާ ފްރޭންކް ލަމްޕާޑް ހަވާލުވި ފަހުން އެޓީމު ކުޅުނު ހަވަނަ މެޗުން ވެސް ބަލިވިއިރު، މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި އާސެނަލް އިން ތިން ލަނޑުގެ ލީޑެއް ނެގި އެވެ.

އާސެނަލްގެ ފުރަތަަމަ ދެ ލަނޑު އެޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކޮށްދިން މި ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ އެޓީމުގެ ސްވިޒަލޭންޑް މިޑްފީލްޑަރު ގްރެނިޓް ޒަކާ އެވެ. ފުރަތަަމަ ލަނޑު 18 ވަނަ މިނެޓުގައި އަދި ދެވަނަ ލަނޑު 31 ވަނަ މިނެޓުގައި އޮޑެގާޑް ކާމިޔާބުކޮށްދިން އިރު، އާސެނަލްގެ ތިންވަނަ ފުރަތަަމަ ހާފުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ގެބްރިއަލް ޖީސަސް އެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޗެލްސީން ބަދަލުތަކެއް ގެނެސް އެޓީމުގެ ކުޅުން ރަގަޅުކުރިއެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި އެޓީމުން ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކުރި އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ނޯނީ މަޑޫކް އެވެ. މިއީ އެޓީމުގެ ކްރޮއޭޝިޔާ މިޑްފީލްޑަރު މެޓްރޯ ކޮވަސިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު 34 މެޗު ކުޅެގެން އާސެނަލް އަަށް 78 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 32 މެޗު ކުޅެގެން ލިބިފައިވަނީ 76 ޕޮއިންޓެވެ. އަދި މިރޭގެ މެޗުން ބަލިވި ޗެލްސީ 33 މެޗު ކުޅެފައިވާއިރު އެޓީމަށް ލިބިފައިވަނީ 39 ޕޮއިންޓާއެކު ލީގު ތާވަލުގެ 12 ވަނައެވެ.

2021 ވަނަ އަހަރުގެ ޔޫރަޕުގެ ޗެމްޕިއަން ޗެލްސީއަށް ލީގުގައި ބާކީ ފަސް މެޗު އޮތްއިރު، ލީގު ތާވަލުގެ 19 ވަނައިގައި އޮތް އެވަޓަން އާއި އެޓީމާއި ދެމެދުގައި އޮތީ 10 ޕޮއިންޓްގެ ފަރަގެކެވެ. ވުމާއެކު ބާކީ އޮތް ފަސް މެޗުގައި ގަދަ ދިހައެއްގައި ހިމެނުމަށް ވުރެ ރެލިގޭޝަނުން ސަލާމަތްވުމަށް އެޓީމު ކުރަންޖެހޭ މަސައްކަތްތައް މިހާރު ވަނީ އިތުރުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.