ރެއާލްގެ ކަވަހާލް އަށް ރެފްރީ ރަތްކާޑު ދައްކަނީ
ކުޅިވަރު
03 May 2023 | 05:22
ޗެމްޕިއަން ރެއާލް ރަށުން ބޭރުގައި ސޮސިއެޑާޑް އަތުން ބަލިވެއްޖެ!

ސްޕެނިޝް ލަލީގާގައި މިރޭ ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެ، ލީގު ދިފާއުކުރުމުގެ ފުރުސަތު ޗެމްޕިއަން ރެއާލް މެޑްރިޑަށް ގެއްލިއްޖެއެވެ.

ލީގުގައި ކޮންމެ ޓީމެއް 33 މެޗު ކުޅެފައިވާއިރު އެއްވަނައިގައި އޮތް ބާސެލޯނާ އާއި ދެވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެމެދު 14 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އަދި ލީގުގައި ބާކީ ކޮންމެ ޓީމަކަށް ފަސް މެޗު އޮތްއިރު، ލީގު ޗެމްޕިއަންކަން ކަށަވަރުކުރުމަށް ބާސެލޯނާއަށް މިހާރު ބޭނުންވަނީ ބާކީ އޮތް ފަސް މެޗުން 2 ޕޮއިންޓެވެ.

މިރޭގެ މެޗަށް ނުކުތްއިރު ވެސް ލީގު ހޯދުމުގެ އަމިއްލަ ބާރު ގެއްލިފައިވާ ރެއާލް މެޑްރިޑުން، އަނިޔާ އާއި ސަސްޕެންޝަންގެ ސަބަބުން މި މެޗަށް ނުކުތީ މުހިންމު ގިނަ ކުޅުންތެރިންނާއި ނުލައެވެ. ވިނީޝިއަސް ޖޫނިއަރ އާއި އެޑުގާޑޯ ކަމަވިންގާ ކާޑު ހަމަވެގެން މި މެޗަށް ސަސްޕެންޑް ވެފައިވާއިރު ލޫކަ މޮޑްރިޗް ހުރީ އަނިޔާގަ އެވެ.

މީގެއިތުރުން ވެސް އަންނަ ހަފުތާގެ ހޮނިހިރު ދުވަހު ކޮޕާ ޑެލްރޭ ފައިނަލުގައި އޮސަސޫނާ އާއި ދެކޮޅަށް ކުޅޭ މެޗާއި އަންގާރަ ދުވަހުގެ ރޭ ޗެންޕިއަންސް ލީގުގެ ސެމީފައިނަލްގެ ފުރަތަަމަ ލެގުގައި މެންޗެސްޓާ ސިޓީއާއި ދެކޮޅަށް ނުކުންނަންޖެހޭތީ ކޯޗު އަންޗެލޮޓީ ވަނީ މިރޭގެ މެޗަށް، ރެއާލްގެ ކެޕްޓަން ކަރީމް ބެންޒީމާއަށް ރެސްޓް ދީފައެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މިހާފުގައި އެންމެ ހުސް ފުރުސަތެއް ލިބުނީ ސޮސިއެޑާޑްގެ މާޓިން ޒުބީމެންޑީ އަށެވެ. ފުރަތަަމަ ހާފުގައި 16 ވަނަ މިނެޓުގައި ސޮސިއެޑާޑްއަށް ލިބުނު ކޯނަރަކުން ރެއާލްގެ ގޯލް ކުރިމައްޗަށް ހުރަސްކުރި ބޯޅަ ޒުބީމެންޑީ ފޮނުވާލުމުން އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ދެވަަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ރެއާލުގެ ބްރެޒިލް ޑިފެންޑަރު މިލިޓޯއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ސޮސިއެޑާޑަށް މި މެޗުގައި ލީޑު ނަގައިދިނީ އެޓީމުގެ ޖަޕާނު ފޯވާޑް ޓަކޭފުސާ ކުބޯއެވެ.

ސޮސިއެޑާޑުގެ ލަނޑަށްފަހު ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި ރެއާލްގެ ޑިފެންޑަރު ޑެނިއަލް ކަވަހާލް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.

ރެއާލުން އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި ސޮސިއެޑާޑުން އެޓީމުގެ ލީޑު ފުޅާކުރީ 85 ވަނަ މިނެޓުގައި އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ  ޒުވާން ފޯވާޑް އަންޑާ ބަރޭނެޓްކްސިއާ އެވެ. މިއީ އެޓީމުގެ ތަޖުރިބާކާރު މިޑްފިލްޑަރު ޓޭވިޑް ސިލްވާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު ރެއާލް ސޮސިއެޑާޑަށް 33 މެޗުން 61 ޕޮއިންޓް ލިބިފައިވާއިރު މިވަގުތު އެޓީމު އޮތީ ލީގު ތާވަލްގެ ހަތަރު ވަނައިގައެވެ. އަދި މި މެޗުން ބަލިވި ރެއާލް މެޑްރިޑަށް 33 މެޗުން 68 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. ނަމަވެސް މާދަމާރޭ ކާޑިޒް އާއި ދެކޮޅަށް ކުޅޭ މެޗުން އެތްލެޓިކޯ މެޑްރިޑް މޮޅުވެއްޖެ ނަމަ އެޓީމަށް ދެވަަނަ ލިބިގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.