ރައްޔިތުންގެ ނިންމުން ދެމެހެއްޓުމަށްޓަކައި ސާބިތުކަމާއެކީ މިވަގުތު ތިއްބަވަންވީ - އިބޫ

02 Oct 2018 | 17:05

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައްޔިތުންގެ ނިންމުން ދެމެހެއްޓުމަށްޓަކައި މިވަގުތު ސާބިތުވެތިބުމަށް ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.

މިއަދު ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާ ބައްދަލުކުއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން އިބޫ ވިދާޅުވީ ރައްޔިތުންގެ ނިންމުން ދެމެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަންޖެހޭ ބަޔަކީ ސަލާމަތީ ބާރުތައް ކަމަށާއި ގާނޫނު އަސާސީގައި އެބޭފުޅުންގެ ދައުރު ވަރަށް ސާފުކޮށް އެބައޮތް ކަމަށެވެ.

"ހަމައެއާއެކީ ރައްޔިތުން ރައްޔިތުންގެ ނިންމުން ދެމެހެއްޓުމަށްޓަކައި ސާބިތުކަމާއެކީ މިވަގުތު ތިއްބަވަންވީ. އިރާދަކުރެއްވިއްޔާ މިއަކަށް ބަދަލެއް ނާންނާނެ. އަދި ކޯޓުތަތަކުން ވެސް މިވަރުގެ ކަމެއް ކުރައްވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ރައްޔިތުންގެ ނިންމުން އެއޮތީ ފެންނަން،" އިބޫ ވިދާޅުވިއެވެ.

އިބޫ މިހެންވިދާޅުވެފައި ވަނީ ރޭ ޕީޕީއެމް ގެ އެއްވުމުގައި ރައީސް ޔާމީން ރާއްޖޭގެ ރަށްރަށުން ވޯޓު މައްސަލާގައި އަޑުއުފުލުމަށް ގޮވާލާފައިވާ ދަނޑިވަޅެއްގައިކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

Advertisement

ކޮމެންޓް

Advertisement