ޢަދާލަތު ޕާޓީގެ ބައްދަލުވުމެއް ކުރިއަށްދަނީ/ ފޮޓޯ: ޢަދާލަތު
ހަބަރު
03 May 2023 | 22:08
ފޯޅަވަހި މައްސަލައިގައި އިދިކޮޅުން ދައްކާ ވާހަކަތަކުގައި ޤާނޫނީ ބުރަދަނެއް ނެތް: ޢަދާލަތު

ފޯޅަވަހި މައްސަލައިގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ޤާނޫނީ އެެއްވެދް ބުރަދަނެެއް ހުރި ވާހަކަތަކެއް ނޫން ކަމަށް ޢަދާލަތު ޕާޓީ އިން ބުނެފިއެވެ.

އެޕާޓީ އިން މިހެން ބުނީ ދިވެހި ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙައްދުގެ އިންވަކިކުރުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. އެބަޔާނުގައި އެ ޕާޓީ އިން ބުނެފައިވަނީ މި ނިންމުމަކީ، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަށަވަރު ކުރެވި، ދިވެހި މަސް ކަނޑުތަކާއި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ޙިމާޔަތްކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމުގައި އެ ޕާޓީއިން ދެކޭކަމަށެވެ.

އަދި ދިވެހި ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙައްދުގެ އިންވަކިކުރުމާ ބޭހޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހެޅުނު މައްސަލައިގައި، ދިވެހިރާއްޖޭގެ ސަރުކާރުން ވަކާލާތު ކުރި ގޮތަށް އެ ޓްރައިބިއުނަލް އިން ނިންމުމާ ވިދިގެން ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަށާއި ދިވެހި ރައްޔިތުންނަށް އެ ބަޔާނުގައި މަރުހަބާ ކިޔައިފައިވެއެވެ.

"މި ނިންމުމާ ވިދިގެން އިދިކޮޅު ސިޔާސީ ފަރާތްތަކުން ދައްކަމުން ދާ ވާހަކަތަކީ ޤާނޫނީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ކަމުގައި މި ޕާޓީއިން ނުދެކެން" ޢަދާލަތު ޕާޓީގެ ބަޔާނުގައި ވެއެވެ.

ފޯޅަވަހީގެ މައްޗަށް މޮރިޝަސް ގެ ސިޔާދަތީ ބާރު އޮތްކަމަށް ބުނެ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ނެރުނު އިސްތިޝާރީ ލަފާގެ މައްސަލަ އަލުން އ.ދ އަށް ހުށަހެޅިއްޖެނަމަ، ސަރަޙައްދާބެހޭގޮތުން ރާއްޖެއިން ކުރާ ދަޢުވާ ދޫކޮށްނުލައި, މޮރިޝަސް އަށް ތާއީދު ކުރައްވާނެކަމަށް, ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވުމަކީ، ދިވެހިރާއްޖޭގެ ސަރަޙައްދުން ބައެއް ދޫކޮށްލަން އެއްބަސްވެލެއްވުން ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ބުނުމެއް ކަމަށް ޢަދާލަތު ޕާޓީގެ ބަޔާނުގައި ވެއެވެ.

އެ ޕާޓީގެ ބަޔާނުގައި ވަނީ  އިޓްލޮސް އިން ބަލަމުން އައި އައި މައްސަލައިގައި، މޮރިޝަސްގެ ސިޔާދަތީ ބާރު ފޯޅަވަހީގެ މައްޗަށް ހިނގުމާމެދު ދިވެހިރާއްޖެއިން އުފެއްދި ސުވާލަށް، އޭގެކުރިން ޓްރައިބިއުނަލްއިން ގޮތެއް ކަނޑައަޅުއްވާފައި ވާކަމަށެވެ.

"އަދިހަމަ އެހެންމެ، ޤާނޫނު އަސާސީގެ 3 ވަނަ މާއްދާއާ ޙަވާލާދެއްވާ, ދިވެހިރާއްޖޭގެ ސަރަޙައްދަށް ބަދަލު ގެނައުމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމެވިކަމަށް ވިދާޅުވެ ދައްކަވާ ވާހަކައަކީވެސް ރަނގަޅު ވާހަކައެއް ކަމުގައި މި ޕާޓީއިން ނުދެކެން" ޢަދާލަތު ޕާޓީގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރަށް އެބަޔަާނުގައި ވަނީ ޤާނޫނު އަސާސީގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ދިވެހިރާއްޖޭގެ ސަރަޙައްދު ކަމުގައި ބެލެވޭނީ ދިވެހިރާއްޖޭގެ ބޭސްލައިން އިން ފެށިގެން 12 ނޯޓިކަލް މައިލް ހިމެނޭ ސަރަޙައްދަށް ކަމަށެވެ. އަދި ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ރާއްޖެއިން ޤަބޫލުކުރަން ނިންމުމަކީ ޤާނޫނު އަސާސީގައި ބަޔާންކުރާ ދިވެހިރާއްޖޭގެ ސަރަޙައްދުން ބައެއް ދޫކޮށްލަން ރާއްޖެއިން ނިންމެވި ނިންމުމެއް ނޫން ކަމަށެވެ.

ޢަދާލަތުން ބުނީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަކީ އާންމު އުޞޫލުން ބަލާނަމަ، ދެންނެވުނު ބޭސްލައިން އިން ފެށިގެން 200 ނޯޓިކަލް މޭލަށް ދަމައިލެވޭ ސަރަޙައްދެއް ކަމަށް ވިއަސް، އުތުރާއި ދެކުނުގައި ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާ ފުށުއަރާ އެހެނިހެން ސިޔާދަތީ ބާރުތަށް އޮތުމުން މި ސަރަޙައްދުތަކުގައި ވަނީ އިތުރަށް އިން ކުރެވިފައި ކަމަށެވެ.

އެގޮތުން އިންޑިޔާ އާއި ސްރީލަންކާ އާއި ދިވެހިރާއްޖެއާ ދެމެދު 1976 ވަނަ އަހަރު އުތުރުގެ އިޤްތިޞާދީ ސަރަޙައްދާ މެދު އެއްބަސްވުމަކަށް އާދެވިފައި ވާކަމަށެވެ.  ނަމަވެސް 1968 ވަނަ އަހަރުން ފެށިގެން އިނގިރޭސިންގެ އަތްދަށުގައި އޮތް ފޯޅަވައްސާ ރާއްޖެއާ ދެމެދު އޮތް ސަރަޙައްދުގައި ދެޤައުމުގެ އިން ރަސްމީކޮށް ކަނޑައެޅިފައެއް ނެތް ކަމަށާއި، ރަސްމީކޮށް އިން ކަނޑައެޅިގެން ދިއުމަކީ ރާއްޖޭގެ ދެކުނުގެ ސަރަޙައްދުން ދިވެހިރާއްޖޭގެ ޙައްޤު އިތުރަށް ކަށަވަރު ކުރެވި ޤުދުރަތީ ވަސީލަތްތަށް ޙިމާޔަތްކޮށް ދިވެހިންނަށް ޚާއްޞަކޮށް އޭގެ މަންފާ ހޯދުމަށް ލިބިގެންދިޔަ އިތުރު ބާރެއް ކަމަށް ޢަދާލަތުން ބުނެފައިވެއެވެ.

އަދި ކުރިން ބަޔާންކުރެވުނުް ކަންކަމަށް ރިޢާޔަތްކުރާއިރު، ދިވެހިރާއްޖެ އާއި މޮރިޝަސް އާ ދެމެދު އުފެދިފައިވާ ޚިލާފުގައި ދިވެހި ސަރުކާރުން ގެންގުޅުއްވި ހަމަތަކަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ފުށުއަރާ ހަމަތަކެއް ނޫން ކަމާއި، މި ކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދަށް ބައިނަލްއަޤްވާމީ ޤާނޫނުން ކަށަވަރުކަމާއި ރައްކާތެރިކަން ލިބިގެން ދިޔަ ދިޔުމަކީ ދިވެހިރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމުގައި ދެކޭ ކަމަށް ޢަދާލަތު ޕާޓީއިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ