ފުވައްމުލަކުގެ 23 އަހަރުން ދަށުގެ ކްރިކެޓް ޓީމު
ކުޅިވަރު
04 May 2023 | 09:45
މާލޭ ބީ ޓީމު އަތުން ފުވައްމުލަކަށް ފަސޭހަ މޮޅެއް!

23 އަހަރުން ދަށުގެ ޓީ20 ކްރިކެޓް މުބާރާތުގެ ދެވަަނަ މެޗުގައި 23 އަހަރުން ދަށުގެ މާލޭ ބީ ޓީމާއި ވާދަކުރި މެޗު ފުވައްމުލަކުގެ 23 އަހަރުން ދަށުގެ ޓީމުން ކާމިޔާބުކޮށްފިއެވެ.

ފުވައްމުލަކު 23 އަހަރުން ދަށުގެ ޓީމާ މާލޭ ބީ ޓީމު ކުޅުނު މި މެޗުގެ ގުރު ދިމާވުމުން ފުވައްމުލައް ޓީމުން ގަސްދު ކުރީ ފުރަތަމަ ކުޅޭށެވެ. ފުވައްމުލަކު ޓީމުން ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ވަނީ 203 ލަނޑު ހަދާފައެވެ. އެންމެ ރަނގަޅަށް ކުޅުނީ 43 ބޯޅައިން 54 ލަނޑު ހެދި އިބްރާހީމް މަބްސަރެވެ.

ޖަވާބުގައި މާލޭ ބީ ޓީމު ކުޅެން އަރައި 17 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 51 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 17 ބޯޅައިން 11 ލަނޑު އެއްކުރި އިސްމާޢީލް ނަޒުވާނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަބްސަރުއެވެ.

23 އަހަރުން ދަށުގެ ޓީ20 ކްރިކެޓް މުބާރާތުގައި ކުޅޭ ފުވައްމުލަކު ޓީމުގައި ހިމެނޭ ކުޅުންތެރިން ވަނީ މި އަހަރުގެ ކުރީކޮޅު ކުރިއަށްދިޔަ ފުވައްމުލަކު ކްރިކެޓް ޕްރިމިއާ ލީގާއި، ޓީ20 ކްރިކެޓް ކަޕާއި، ފުވައްމުލަކު 50 އޯވަރު ކްރިކެޓު ލީގާއި، މިދިޔަ ރޯދަ މަހު ކުރިއަށްދިޔަ ކްރިކެޓް ކާނިވަލްގެ ފުވައްމުލަކު އޯޕަން މުބާރާތުގައި ކުޅެފަ އެވެ.

މި އަހަރުގެ 23 އަހަރުން ދަށުގެ ކްރިކެޓް މުބާރާތުގައި ވާދަކުރަނީ ޖުމްލަ ތިން ޓީމެވެ. އެއީ މާލޭން ދެ ޓީމު އަދި ފުވައްމުލަކުން އެއް ޓީމެވެ. މުބާރާތް ކުޅޭނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ މެޗު ކުޅޭ ގޮތަށެވެ. އަދި ލީގު ބުރުން ކުރި ލިބޭ ދެ ޓީމުގެ މެދުގައި ފައިނަލް ކުޅޭގޮތަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.