ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު/ ފޮޓޯ: ވޮއިސް
ހަބަރު
04 May 2023 | 10:34
ފޯޅަވަހި މައްސަލައިގައި ޤައުމީ މަސްހަލަތު ދޫކޮށް ސަރުކާރުން އިސްކުރީ އެހެން ބައެއްގެ މަސްލަހަތު: ދުންޔާ

ދިވެހިރާއްޖެއާއި ޗާގޯސްއާއި ދެމެދު އޮތް ކަނޑުގެ ސަރަހައްދުގައި ފުށޫއަރާ ސަރަހައްދެއް އޮތްކަމަށް ބުނެ މޮރިޝަސްއިން އިޓްލޮސްއަށް ހުށައެޅި މައްސަލައިގައި ދިވެހި ސަރުކާރުން ވަކާލާތު ކުރީ ދިވެހި ގައުމުގެ މަސްލަހަތަށްވުރެ އެހެން ބައެއްގެ މަސްލަހަތު އިސްކޮށްގެން ކަމަށް ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ. 

ދުންޔާ މިފަދައިން ވިދާޅުވެފައިވަނީ ގާޗޯސް ކަންބޮޑުވާ ފަރާތްތައް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރެސް ކޮންފަރެންސްއެއްގައި ވާހަކަދައްކަވަމުން ނެވެ. 

ދުންޔާގެ ވާހަކަ ފައްޓަވަމުން ވިދާޅުވީ ޑިޕްލޮމަސީ އަކީ ނުވަތަ ޚާރިޖީ ސިޔާސަތަކީ އަބަދުވެސް އެ ޤައުމަށް އެންމެ ފައިދާ ބޮޑުގޮތަށް ނުވަތަ އެ ޤައުމުގެ މަސްލަހަތު އިސްކޮށްގެން ސިޔާސަތު އެކުލަވާލުން ކަމަށެވެ. 

އެހެން ނަމަވެސް ފޯޅަވަހި މައްސަލައަށް ބަލާއިރު، ފެންނަނީ ޑިޕްލޮމަސީއާއި ޚިލާފަށް ދިވެހި ސަރުކާރުން އަމަލުކޮށްފައިވާ ކަމަށާއި، މި މައްސަލައިގައި ޤައުމީ މަސްލަހަތު އިސްކުރުމަށް ވުރެ ބޮޑަށް ދިވެހި ސަރުކާރުން ހިމާޔަތްކޮށްފައިވަނީ މޮރިޝަސްގެ މަސްލަހަތުކަން ފެންނަން އޮތްކަމަށް ދުންޔާ ވިދާޅުވި އެވެ. 

"އަޅުގަނޑު ދެކޭގޮތުގައި އީއީޒެޑް މައްސަލައިގައި މިފަހަރު ސަރުކާރުން މިވަނީ މޮރިޝަސްގެ މަސްލަހަތު އިސްކޮށްފަ. ނުވަތަ ޔޫކޭގެ މަސްލަހަތުކަމަށް ވެސް ބުނެވިދާނެ، ނުވަތަ މި ސަރަހައްދުގައި އޮތް އެހެން ބައެއްކަމަށް ވެސް ދެންނެވިދާނެ. ހަމަގައިމުވެސް ދިވެހިރާއްޖޭގެ ނުވަތަ ދިވެހިންގެ މަސްލަހަތެއް ނޫން"

ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫނު

ދުންޔާ ވިދާޅުވީ އިޓްލޮސްގައި އޮތް މައްސަލަ ނިމިގެން ދިޔައީ މޮރިޝަސްއަށް ލިބުނު ކާމިޔާބީއެއް ގޮތުގައި ކަމަށެވެ. ސަރުކާރުން ކާމިޔާބީއެއްކަމަށް ބުނި ނަމަވެސް އެއީ އެއްވެސް ހާލެއްގައި ދިވެހިންނަށް ލިބުނު ކާމިޔާބީއެއް ނޫން ކަމަށް ދުންޔާ ވިދާޅުވި އެވެ. 

އެކަންކަން ފާހަގަކުރައްވާ ދުންޔާ ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔަ ދިއުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި، ފޮރިން މިނިސްޓަރު އަބްދުالله ޝާހިދާއި، އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ޒިންމާ ނަންގަވަން ޖެހޭނެ ކަމަށެވެ. 

މި މައްސަލަ އިތުރަށް ބަލާ، ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭކަމަށް ޤަބޫލުކުރައްވާކަމަށް ދުންޔާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Aug 2026
ނާފިއުގެ އާއިލާއާ ބައްދަލުކޮށް ހިތްވަރު ދީފި, ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ
މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދޯނި އަޑިއަށް ގޮސްފައިވާ ސަރަހައްދަކީ 1650 މީޓަރަށް ވުރެ ފުން ސަރަހައްދަކަށް ވާތީ، ރާއްޖޭގައި ހުރި ވަސީލަތްތަކުން އެ ހިސާބަށް ނުދެވޭތީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބޭރުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
14 Aug 2026
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރަމުން، މާދަމާގެ ނިޔަލަށް ހުވަދޫ ކަނޑު އެއްކޮށް ބަލާ ނިމޭނެ
މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭގެ ދަންވަރު، ގއ. ކުޑަލަފަރީގެ އިރުއުތުރުން އަށް ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާއާ ގުޅިގެން، ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ސިފައިން ހުއްޓުމެއްނެތި ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
14 Aug 2026
އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވައި ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު އިއުލާނުކުރައްވައިފި
އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވައި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އަބްދުﷲ ޝާހިދު އިއުލާނުކުރައްވައިފި އެވެ.
14 Aug 2026
ތިލަމާލެ ބްރިޖު މަޝްރޫއުއަކީ މި ސަރުކާރުގައި ސުމަކުން ފެށި މަޝްރޫއުއެކޭ ބުނެވިދާނެ: ރައީސް
ރައީސް ވިދާޅުވީ މަޝްރޫއު ފެށުމަށް ފަހު ކުރީ ސަރުކާރަށް ދެ އަހަރުގެ މުއްދަތެއް ލިބުނު ނަމަވެސް މަސައްކަތް ދިޔައީ ވަރަށް ލަސް ދުވެއްޔެއްގައި ކަމަށެވެ.
14 Aug 2026
ރާޔާ އެއާވޭސް އިން ވީއައިއޭއަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހާމަކޮށްފައިވާ ގޮތުގައި، މިއީ މެލޭޝިއާގެ ޕެނޭންގް އާއި މާލެއާ ދެމެދު ސީދާ ގުޅުމެއް ގާއިމުކުރުމަށް ފެށި ދަތުރުތަކެކެވެ.
14 Aug 2026
ތިނަދޫ އެއާޕޯޓް މަޝްރޫއުއަކީ އެންމެ މުހިންމު ވައުދު، ވަރަށް އަވަހަށް ފެށޭނެ: ރައީސް
"ތިނަދޫގައި އެއާޕޯޓުގެ މަޝްރޫއަކީ އަޅުގަނޑުގެ އެންމެ މުހިއްމު ވައުދު އިރާދަކުރެއްވިއްޔާ އެ މަޝްރޫއުވެސް ވަރަށް އަވަހަށް ފެށިގެންދާނެ," ރައީސް ވިދާޅުވި އެވެ.
14 Aug 2026
ބޮޑުތަކުރުފާނު މަގުގައި ހަރުކުރި ޕަމްޕް ސްޓޭޝަންތައް ބޭނުންކުރަންފަށައިފި
މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، އެ ސަރަޙައްދުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގާއިމުކުރި ޕަމްޕް ސްޓޭޝަންތައް ބޭނުންކުރަން ފަށައިފިއެވެ.
14 Aug 2026
އަންނަ އަހަރަކީ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ އަހަރަށް ވާނެ
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް"ގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މި އެޕިސޯޑް ޚާއްޞަކުރެވިފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށެވެ.