ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު/ ފޮޓޯ: ޚަބަރު އޮންލައިން
ހަބަރު
04 May 2023 | 22:32
ޖިންސީ ފުރައްސާރައިގެ މައްސަލައަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުގައި ވެމްކޯގެ އެމްޑީ ސަސްޕެންޑުކޮށްފި

ވޭސްޓު މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯ) އިން ތަހުގީގުކުރަމުންދާ ޖިންސީ ފުރައްސާރައިގެ މައްސަލައަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު 14 ދުވަހަށް ސަސްޕެންޑު ކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އަންގައިފި އެވެ. 

ވެމްކޯގެ ކުރީގެ ޖެނެރަލް މެނޭޖަރަކަށް ތުހުމަތުވާ ޖިންސީ ފުރައްސާރައިގެ މައްސަލައެއް އެ ކުންފުނީގެ އެތެރޭގައި އޮންނަ އެފަދަ މައްސަލަތައް ބަލާ ކޮމިޓީން ތަހުގީގުކުރަނިކޮށް އެ މައްސަލަ މިނިވަންކަމާ އެކު ބެލުމުގެ ފުރުސަތު ހަނި ކުރުމުގެ ގޮތުން މައްސަލަ ބަލާ ކޮމިޓީގެ މުގައްރިރު ޔޫސުފް ރިޒާ ބަދަލު ކޮށްފައިވާކަމަށް ސިރާޖުގެ މައްޗަށް ވަނީ ތުހުމަތުކޮށްފަ އެވެ. 

އެ މައްސަލާގައި ޕީސީބީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖިންސީ ފުރައްސާރައިގެ މައްސަލާގައި ސިރާޖުގެ މަސްލަހަތެއް އޮތުމާއެކު އެ މައްސަލައިގެ ތެރެއަށް ނުވަނުމަށް ކުންފުނީގެ ބޯޑުން ނިންމި ނަމަވެސް އެ ނިންމުމާ ސިރާޖު ޚިލާފުވެފައިވާ ކަމަށެވެ.

ސިރާޖުގެ މިއަމަލުތަކަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނާއި ކޯޕަރޭޓު ގަނަވަނެންސްގެ ކޯޑާ ޚިލާފު ކަންކަން ކަމަށް ފާހަގަކޮށް ޕީސީބީން ބުނެފައިވަނީ އޭނާ ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

ޕީސީބީން ސިރާޖު ސަސްޕެންޑުކުރަން ނިންމީ މުސާރައާއި އިނާޔަތްތައް ލިބޭ ގޮތުގައި ދެ ހަފުތާއަށް އޮފީހަށް ހާޒިރުނުވެވޭ ގޮތަށެވެ.

އޭނާ ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސާފައިވަނީ، ރައީސް ސާލިހު ވެރިކަމަށް ވަޑައިގަތުމަށްފަހު، ނޮވެމްބަރު 2019 ގައި އެވެ. އޭނާވަނީ އޭގެ ކުރިން، 2011-2014އަށް ހއ. އަތޮޅުގެ އަތޮޅު ކައުންސިލަރު ކަމާއި ރައީސް ކަންވެސް ކުރައްވާފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.