މެޗުގެ ފަހު މިނެޓްގައި ލަނޑުޖެހުމަށް ފަހު ބްރައިޓަންގެ ކުޅުންތެރިން އުފާފާޅުކުރަނީ
ކުޅިވަރު
05 May 2023 | 03:18
ބްރައިޓަން އަތުން ބަލިވެ، ޔުނައިޓެޑް ހަތަރު ވަނައަށް ވެއްޓިއްޖެ!

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ބްރައިޓަން އިން ލީގު ތާވަލުގެ 6 ވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ، މިހާފުގައި އެންމެ ފުރަތަަމަ ނުރައްކާތެރި ހަމަލާ ފެނިގެންދިޔައީ ބްރައިޓަންގެ ފަރާތުންނެވެ. މިގޮތުން ފުރަތަަމަ ހާފުގެ ހަތަރުވަނަ މިނެޓުގައި އެޓީމުގެ ޖަޕާން މިޑްފީލްޑަރު ކައޯރު މިޓޯމާއަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ މެންޗެސްޓާ ޔުނައިޓެޑް ގޯލްކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

ފުރަތަަމަ ހާފުގައި މެންޗެސްޓާ ޔުނައިޓެޑުން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ފޯވާޑް މާކަސް ރަޝްފޯޑަށެވެ. ނަމަވެސް 28 ވަނަ މިނެޓުގައި ބްރައިޓަންގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު ރަޝްފޯޑް ފޮނުވާލި ހަމަލާ ބްރައިޓަންގެ ގޯލްކީޕަރު ޖޭސަން ސްޓީލް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ. އަދި މިހާފު ނިމުމުގެ ކުރިން ޔުނައިޓެޑުގެ ފްރާންސް ފޯވާޑް އެންތަނީ މާޝިއަލް އަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށް ވީ ވެސް ޖޭސަން ސްޓީލް އެވެ.

ދެވަނަ ހާފުގައި ބްރައިޓަން އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް މިހާފުގައި ވެސް އެންމެ ހުސް ފުރުސަތެއް ލިބުނީ މެންޗެސްޓާ ޔުނައިޓެޑަށެވެ. ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި ބްރައިޓަންގެ ޕެނަލްޓީ އޭރިއާ ތެެރެއިން ޔުނައިޓެޑުގެ ޕޯޗުގަލް މިޑްފިލްޑަރު ބުރޫނޯ ފެނާންޑޭޒް ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށް ވީ މިރޭގެ މެޗުގައި މޮޅުކުޅުމެއް ދެއްކި ޖޭސަން ސްޓީލް އެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ބްރައިޓަން އަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ އެޓީމުގެ އާޖެންޓީނާ މިޑްފީލްޑަރު އެލެކްސިސް މެކް އެލިސްޓާއެވެ. މިއީ ޔުނައިޓެޑުގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު 32 މެޗު ކުޅެގެން ބްރައިޓަންއަށް 55 ޕޮއިންޓް ލިބިފައިވާއިރު މިވަގުތު އެޓީމު އޮތީ ފަސް ވަނައިގައި އޮތް ލިވަޕޫލަށް ވުރެ ދެ މެޗު މަދުން ކުޅެ ތާވަލުގެ ހަ ވަނައިގައެވެ. 34 މެޗު ކުޅެގެން ލިވަޕޫލަށް 59 ޕޮއިންޓް ލިބިފައިވާއިރު މިވަގުތު އެޓީމު އޮތީ ތާވަލުގެ ފަސްވަނައިގައެވެ.

މިރޭގެ މެޗުން ބަލިވި މެންޗެސްޓާ ޔުނައިޓެޑަށް 33 މެޗު ކުޅެގެން 63 ޕޮއިންޓް ލިބިފައިވާއިރު މިވަގުތު އެޓީމު އޮތީ ލީގު ތާވަލުގެ ހަތަރުވަނައިގައެވެ. އަދި ތިންވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑާއި އެޓީމާއި ދެމެދު ދެ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.