ސަލްމާން މިސްކިތް---
ހަބަރު
05 May 2023 | 13:25
އިހްތިރާމު ކުރުމަކީ ދީނުގެ މަތިވެރި އަހުލާގެއް: ޚުޠުބާ

އިހްތިރާމު ކުރުމަކީ ދީނުގެ މަތިވެރި އަހުލާގެއްކަން ހަނދާން ކޮށްދެމުމް، މިއަދުގެ ހުކުރު ޚުޠުބާ، އިޙްތިރާމް ކުރުމަށް ހާއްސަ ކޮށްފިއެވެ.

ޚުޠުބާގައި ބުނީ އިހުތިރާމު ނުކުރުމުގެ އިޖުތިމާއީ ބަވާ މި މުޖުތަމައުގައި ފެތުރިފައި ވާކަމަށެވެ. 

"ދަރީން މައިންބަފައިންނަށް، މައިންބަފައިން ދަރިންނަށް، އަވަށްޓެރިން އަވަށްޓެރިންނަށް، ދަރިވަރުން އުސްތާޛުންނަށް، އުސްތާޛުން ދަރިވަރުންނަށް، މުވައްޒަފުން ވެރިންނަށް، ވެރިން މުވައްޒަފުންނަށް އިހުތިރާމު ކުރުން ވަނީ ހިތާމަ ކުރަން ޖެހޭ ފަދަ މިންވަރަކަށް ކުޑަވެފަ،" ޚުޠުބާގައި ބުންޏެވެ.

މުޅި އިސްލާމީ ރިސާލަތު ބިނާވެގެން ވަނީ އިހުތިރާމު ކުރުމުގެ މައްޗަށްކަން ހަނދާންކޮށްދެމުން ޚުޠުބާގައި ބުނީ އިންސާނާ އުފައްދަވާފައި ވަނީ އިހުތިރާމު ލިބިގެންވާ މީހެއްގެ ގޮތުގައި ކަމަށެވެ.

އާއިލާތައް ރޫޅެނީ އެކަކު އަނެކަކަށް އިހުތިރާމު ނުކުރާތިކަން ފާހަގަ ކުރަމުން ޚުޠުބާގައި ބުނީ ޒަވާޖީ ހަޔާތް ކާމިޔާބު ވުމުގެ އަސްލަކީ އިހުތިރާމު ކުރުން ކަމަށެވެ. އޭގެ ތެރޭގައި އެކަކު އަނެކަކުގެ ސިއްރުތައް ހިފެހެއްޓުމާއި އެކަކު އަނެކަކަށްޓަކައި ގުރުބާންވެ ހެޔޮ އެދިގެން ކަމަށް ޚުޠުބާގައި ބުންޏެވެ.

އިހުތިރާމު ކުރުމުގެ ތެރޭގައި އެހެން މީހުންގެ ވަންހަނާ ކުރުންވެސް ހިމެނޭކަމަށް ޚުޠުބާގައި ބުންޏެވެ. އެގޮތުން މީހުންގެ ވާހަކަތައް ވަގަށް އަޑުއަހައި ފާޅުކުރުމާއި މީހުންގެ ފޮޓޯތަކާއި ވީޑިއޯތައް އާއްމުކުރުމަކީ އިހުތިރާމުގެ ދާއިރާއިން ބޭރު ކަންތައްތައް ކަމަށް ޚުޠުބާގައި ބުންޏެވެ.

މީގެ އިތުރުން ޚުޠުބާގައި ބުނީ ޖަލްސާތަކާއި ބައްދަލުވުން ތަކުގައި ހިނގާ ކަންތައްތަކާއި ދެކެވޭ ވާހަކަ ތަކަކީވެސް އެއަށް އިހުތިރާމު ކުރަންޖެހޭ ސިއްރުތަކެއް ކަމަށެވެ. 

އިހުތިރާމު ކުރުމުގެ ތެރޭގައި އިޖުތިމާއީ ގޮތުން އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމު ކުރުންވެސް ހިމެނޭކަމަށް ޚުޠުބާގައި ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.