ޖަމިއްޔަތުއް ސަލަފްގެ ރައީސް އައްޝައިހް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް
ހަބަރު
06 May 2023 | 11:42
ރައީސް ޞާލިހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަކީ ޤައުމީ މަސްލަޙަތެއް: ޝެއިޙް ޢަބްދުﷲ

ޗާގޯސް މައްސަލައިގައި ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަކީ ޤައުމީ މަސްލަޙަތެއް ކަމަށް ޖަމިއްޔަތުއް ސަލަފްގެ ރައީސް އައްޝެއިޙް ޢަބްދުالله ބިން މުޙައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޝެއިޙް މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އިތުބާރުނެތް ކަމުގެ މައްސަލަހުށައަޅަން މަޝްވަރާ ކޮށްފި ކަމަށް ބުނާ ޚަބަރެއް ޓްވިޓާގައި ޙިއްސާ ކުރައްވަމުންނެވެ.

"ޗާގޯސް މައްސަލައިގާ  ޤައުމާއި ރައްޔިތުންނަށް ޚިޔާނާތްތެރިވެފައިވާތީ، ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖްލީހަށް ވެއްދުމަކީ  ޤައުމީ މަޞްލަޙަތެއް" ޝެއިޙް ޢަބްދުالله ގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އަދި އެޓްވީޓުަގައި އިތުރަށް ވިދާޅުވެފައި ވަނީ މިމައްސަލައަކީ ރާއްޖޭގެ ޖިއޮގްރަފީ އިމާ ގުޅިފައިވާ ސަރަޙައްދީ، ސިޔާދަތީ، ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި މައްސަލަ ބެލެވެންޖެހޭ ކަމަށާއި،  ޤައުމުގެ އިމަކީ ބޮޑުއަމާނާތެއް ކަަމަށެވެ.

ޗާގޯސް މައްސަލަ ކަމަށް ވާ، މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ފުށުއަރާ ކަމަށްބުނާ ބައި ބެހުމުގެ މައްސަލައިގައި އިޓްލޮސް އިން ވަނީ ގޮތެއް ނިންމައިފައެވެ.

އެގޮތުން އިޓްލޮސް އިން އެ މައްސަލައިގައި ހުކުމް އިއްވީ ފުށުއަރާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއާއި މޮރިޝަސްއާ ދެމެދު އެއްވަރަކަށް ބެހުމަށެވެ.މި މައްސަލާގައި މޮރިޝަސްއިން ވަކާލާތު ކުރަމުން އައީ އިން ކަނޑައެޅުމުގައި ބްލެންހެމް ފަރުން މިން އަޅުމަށެވެ.                                                      ނަމަވެސް ރާއްޖެއިން ވަކާލާތު ކުރަމުން އައީ މޮރިޝަސްއިން ބޭނުންވާ ފަދައިން ބްލެންހެމް ފަރުން މިންއެޅުމުގެ ބަދަލުގައި ޕެރޯސް ބަންހޯސްއާއި ސެލޮމަން އައިލެންޑްސް ދެ އަތޮޅުގައި ފާހަގަކުރާ ނުކުތާތަކަކުން ފެށިގެން ކަނޑުގެ ސަރަހައްދު މިންއެޅުމަށެވެ.ދެ ފަރާތުގެ ދައުވާތަކާއި ދިފާއީ ވާހަކަތައް އަޑު އެހުމަށް ފަހު އިޓްލޮސް އިން ނިންމީ މޮރިޝަސްގެ ހުށަހެޅުން ބަލައިނުގަނެވޭނެ ކަމަށެވެ. އަދި ބްލެންހެމް ފަރަކީ ބޭސްޕޮއިންޓުކަމަށް ކަމަށް ބެލުމަށް ޤަބޫލުކުރެވޭ މިންވަރަށް މޮރިޝަސްއަށް ހެކި ހުށަހެޅިފައިނުވާކަމަށް އިޓްލޮސްގައި މައްސަލަ ބެއްލެވި ޗެމްބަރުން ބުނެފައިވެއެވެ.                                              އެހެންކަމުން، ރާއްޖެއާއި ޗާގޮސްގެ މެދުގައިވާ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ބައިކުރާނީ ރާއްޖެއިން އެދުނު ގޮތަށް ޕެރޯސް ބަންހޯސްއާއި ސޮލަމަން އައިލެންޑްސް ދެ އަތޮޅުގައި ފާހަގަކުރާ ނުކުތާތަކުން ފެށިގެން ޗާގޮސްގެ ކަނޑުގެ ސަރަހައްދު މިންކޮށްގެން ކަމަށް އިޓްލޮސްގައި މައްސަލަ ބެއްލެވި ޗެމްބަރުން ވަނީ ނިންމާފައެވެ.   
ސަރުކާރާއި ސަރުކާރަށް ތާއީދު ކުރައްވާ ފަރާތްތަކުން އިޓްލޮސްގެ މި ނިންމުމާއި މެދު އުފާ ފާޅުކޮށް މަރުހަބާ ކިޔަމުންދާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މިކަމާއި ގުޅިގެން ނުރުހުން ފާޅު ކޮށް ފާޑުކިޔަމުންނެވެ.









       

ކޮމެންޓް
ޒިއު
ވައްދައިގެން ކާކުހޭ ވޯޓު ދެނީ އެ ބަލައިގަންނަނީ؟؟ އަންމައާ އައްޕަހޭ؟؟ މޮޔަ ނުގޮވާ ހިމޭނުން ތިބޭ..
06 May 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.