ޗެލްސީ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ކުޅިވަރު
06 May 2023 | 22:18
ޖެހިޖެހިގެން ހަ މެޗުން ބަލިވުމަށް ފަހު، ބޯންމައުތު އަތުން ޗެލްސީއަށް މުހިންމު މޮޅެއް!

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ބޯންމައުތު 3-1 ގެ ނަތީޖާއަކުން ބަލިކޮށް، ޗެލްސީ އިން އެޓީމުގެ ބަލިވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފި އެވެ.

ފްރޭންކް ލަމްޕާޑް ޗެލްސީގެ ކޯޗުކަމާއި ހަވާލުވި ފަހުން އެޓީމު އެންމެ ފަހުން ކުޅުނު ހަ މެޗުން ބަލިވެފައިވާއިރު، މިރޭގެ މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. މިލަނޑު ފުރަތަަމަ ހާފުގެ 9 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ކޮނޯރ ގަލަގާރ އެވެ. މިއީ އެޓީމުގެ ފްރާންސް މިޑްފީލްޑަރު އެންގޯލާ ކަންޓޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފުރަތަަމަ ހާފު ނިމުމުގެ ކުރިން ބޯންމައުތުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އުރުގުއާއީ ޑިފެންޑަރު މަޓިއަސް ވިނާ އެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ، މި ހާފުގައި ބޯންމައުތަށްވަނީ މެޗުގެ ލީޑު ނެގުމަށް ރަގަޅު ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ފަހު ހާފުގެ 71 ވަނަ މިނެޓުގައި ޗެލްސީގެ ޕެނަލްޓީ އޭރިއާ ތެެރެއިން ބޯންމައުތުގެ ޑިފެންޑަރު ވިނާ މުޅިން ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ ޗެލްސީގެ ގޯލްކީޕަރު ކެޕާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ޗެލްސީއަށް މި މެޗުގައި ދެވަނަ ފަހަރަށް ލީޑު ހޯދައިދިނީ 82 ވަނަ މިނެޓުގައި އެޓީމުގެ ފުރާންސް ޑިފެންޑަރު ބެނޮއިޓް ބަޑިއާޝިލޭ އެވެ. މިއީ އެޓީމުގެ މޮރޮކޯ މިޑްފީލްޑަރު ހަކީމް ޒިޔެޗް ހިލޭ ޖެހުމަކުން ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުގައި ޗެލްސީގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕޯޗުގަލް ފޯވާޑް ޖައާއު ފެލިކްސް އެވެ. މިއީ އެޓީމުގެ އިގިރޭސި ފޯވާޑް ރަހީމް ސްޓާލިން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވެގެންނެވެ. އަދި މިއީ އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިިން އެޓީމު މޮޅުވި ފުރަތަމަ މެޗެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު 34 މެޗު ކުޅެގެން ޗެލްސީއަށް 42 ޕޮއިންޓް ލިބިފައިވާއިރު، މިވަގުތު އެޓީމު އޮތީ ލީގު ތާވަލުގެ 11 ވަނައިގައެވެ. އަދި މިރޭގެ މެޗުން ބަލިވި ބޯންމައުތު 35 މެޗު ކުޅެފައިވާއިރު އެޓީމަށް ލިބިފައިވަނީ 39 ޕޮއިންޓާއެކު ތާވަލުގެ 14 ވަނައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.