ގުންޑޮގާން ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
06 May 2023 | 22:26
ގުންޑޮގާންގެ ދެލަނޑާއެކު ލީޑްސް ބަލިކޮށް މެންޗެސްޓާ ސިޓީން ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި!

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ލީޑްސް ޔުނައިޓެޑް ބަލިކޮށް މެންޗެސްޓާ ސިޓީން ލީގު ތާވަލުގެ ކުރީގައި 4 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި މެންޗެސްޓާ ސިޓީން ދެ ލަނޑުގެ ލީޑެއް ނެގިއިރު، އެޓީމުގެ ދެލަނޑުވެސް ކާމިޔާބުކޮށްދިނީ ޖަރުމަނުގެ މިޑްފީލްޑަރު ގުންޑޮގާން އެވެ. އަދި މި ދެލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ އެޓީމުގެ އަލްޖީރިއާ ފޯވާޑް ރިޔާދް މަހުރޭޒް އެވެ.

ސިޓީގެ ފުރަތަަމަ ލަނޑު 19 ވަނަ މިނެޓުގައި އަދި ދެވަނަ ލަނޑު 27 ވަނަ މިނެޓުގައި ގުންޑޮގާން ކާމިޔާބުކޮށްދިންއިރު، ފުރަތަމަ ހާފުގައި އެޓީމުގެ ލީޑު ފުޅާކުރުމަށް ހާލަންޑަށް ލިބުނު ހުސް ފުރުސަތުތަކުގައި އޭނާއަށް ބޭނުން ހިފޭ ގޮތެއްނުވި އެވެ.

މިގޮތުން ފުރަތަަމަ ހާފުގެ 15 ވަނަ މިނެޓުގައި ހާލަންޑް ފޮނުވާލި ހަމަލާ ލީޑްސްގެ ކީއްޕަރު ދިފާއުކުރިއިރު، 25 ވަނަ މިނެޓުގައި މުޅިން ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ ދަނޑިކައިރިން ބޭރަށެވެ.

ދެވަނަ ހާފުގައި ލީޑްސް އިން އެޓީމުގެ ކުޅުން ރަގަޅުކުރި ނަމަވެސް މިހާފުގައި ވެސް ލަނޑު ޖަހާނެ އެންމެ ހުސް ފުރުސަތެއް ލިބުނީ މެންޗެސްޓާ ސިޓީއަށެވެ. މިގޮތުން ދެވަަނަ ހާފުގެ 62 ވަނަ މިނެޓުގައި ލީޑްސް ޕެނަލްޓީ އޭރިއާ ތެެރެއިން މުޅިން ހުސްކޮށް ހުރެ ހާލަންޑް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ދެވަަނަ ހާފުގެ 84 ވަނަ މިނެޓުގައި ލީޑްސްގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ މެންޗެސްޓާ ސިޓީއަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ގުންޑޮގާން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި އޭގެ މިނެޓެއް ފަހުން ލީޑްސް އިން ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކުރި އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ތަޖުރިބާކާރު ފޯވާޑް ރޮޑްރިގޯ އެވެ. 

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު 34 މެޗުން މެންޗެސްޓާ ސިޓީއަށް 82 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އާސެނަލްއަށް 34 މެޗު ކުޅެގެން ލިބިފައިވަނީ 78 ޕޮއިންޓެވެ. އަދި މިރޭގެ މެޗުން ބަލިވި ލީޑްސް ޔުނައިޓެޑް 35 މެޗު ކުޅެފައިވާއިރު އެޓީމަށް ލިބިފައިވަނީ 30 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.