ރެއާލްގެ ކެޕްޓަން ކަރީމް ބެންޒީމާ ކޮޕާ ޑެލްރޭ ޓްރޮފީ އާއިއެކު
ކުޅިވަރު
07 May 2023 | 03:48
20 ވަނަ ފަހަރަށް ރެއާލް މެޑްރިޑުން ކޮޕާ ޑެލްރޭ ޗެންޕިއަންކަން ހޯދައިފި!

ކޮޕާ ޑެލްރޭ ފައިނަލުގައި މިރޭ އޮސަސޫނާ ބަލިކޮށް ރެއާލް މެޑްރިޑުން މުބާރާތުގެ ޗެމްޕިއަންކަން 20 ވަނަ ފަހަރަށް ހޯދައިފި އެވެ.

މިރޭގެ ފައިނަލް މެޗުގެ ފުރަތަަމަ ހާފުގެ ދެވަަނަ މިނެޓުގައި ރެއާލް މެޑްރިޑުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ރޮޑްރިގޯ އެވެ. މިއީ އެޓީމުގެ ވިނީޝިއަސް ޖޫނިއަރ އޮސަސޫނާގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ބޯޅައާއެކު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ މުޅިން ހުސްކޮށްލާފައި ޖައްސާލި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފުރަތަަމަ ހާފުގެ 25 ވަނަ މިނެޓުގައި ރެއާލްގެ ކެޕްޓަން ކަރީމް ބެންޒީމާ އޮސަސޫނާގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ އެޓީމުގެ ގޯލްކީޕަރު ސާޖިއޯ ހެރޭއިރާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި 32 ވަނަ މިނެޓުގައި އޮސަސޫނާގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން ރެއާލްގެ ޑިފެންޑަރު ޑޭވިޑް އަލަބާ ފޮނުވާ ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. މީގެ އިތުރުން ވެސް ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއަރ އަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ގޯލާއި އަމާޒުނުވެ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ދެވަަނަ ހާފުގައި އޮސަސޫނާ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ރެއާލް މެޑްރިޑްގެ ފަހަތަށް ބާރުބޮޑު ކުރަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި އެޓީމުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސް ޓޯރޯ އެވެ. މިއީ ރެއާލްގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ފުރުސަތުގައި ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިރޭގެ ފައިނަލް މެޗުގައި ރެއާލް މެޑްރިޑަށް ދެވަަނަ ފަހަރަށް ލީޑު ހޯދައިދިނީ ވެސް ފުރަތަަމަ ލަނޑު ކާމިޔާބުކޮށްދިން ބްރެޒިލްގެ ފޯވާޑް ރޮޑްރިގޯ އެވެ. މިއީވެސް ވިނީޝިއަސްގެ މަސައްކަތުން ތަނަވަސްކޮށްދިން ފުރުސަތެއްގައި ވަލްވެޑޭ ފޮނުވާލި ބޯޅަ އޮސަސޫނާގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން އެޓީމުގެ ޕެނަލްޓީ އޭރިއާ ތެެރެއިން މުޅިން ހުސް ލިބުނު ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިރޭގެ މެޗުން މޮޅުވެ ރެއާލް މެޑްރިޑުން ކޮޕާ ޑެލްރޭގެ ޗެންޕިއަންކަން ހޯދިއިރު މި މުބާރާތް އެންމެ ފަހުން އެޓީމަށް ކާމިޔާބު ކުރެވިފައި ވަނީ 2014 ވަނަ އަހަރު އެވެ. އަދި މި މުބާރާތުގެ ފައިނަލްގައި ރެއާލް މެޑްރިޑުން 40 ފަހަރު ވާދަކޮށްފައިވާއިރު އޭގެތެރެއިން 20 މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.