ދީން
07 May 2023 | 15:45
އިންސާނެއްގެ ސޫރައިގައި ޖިބްރީލް عليه السلام

އެއްދުވަހެއްގައި ޢުމަރު رَضِيَ اللّهُ عَنْهُ އާއި އެހެން ބައެއް ޞަޙާބީބޭކަލުން ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ގެ އަރިހުގައި ތިއްބެވިއެވެ. މިގޮތުގައި އެބޭކަލުން ތިއްބަވަނިކޮށް ދުރުން ބޭކަލަކު ވަޑައިގަންނަވާތަން ފެނިވަޑައިގަތެވެ. އެ ބޭކަލެއްގެ ކިބައިން ސާފުތާހިރުކަމާއި ރީތިކަން ފާޅުވެ ފާޅުވެ ހުއްޓެވެ. ހެދުމުގެ ހުދުކަން ގަދައެވެ. އަދި އިސްތަށީގެ ކަޅުކަންވެސް އެހާ ގަދައެވެ. ދަތުރެއް ކުރިކަމުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ދަތުރެއްކޮށްފިކަމުގައިވާނަމަ ސަހަރާގެ ހިރަފުސްބުރައި ހެދުމާއި އިސްތަށިގަނޑު ހަޑިވެފައި ހުންނާނެއެވެ. މިފަދަ އެއްވެސް ޢަލާމާތެއް ފެންނާކަށް ނެތެވެ. އަދި ޞަޙާބީންކުރެ އެއްވެސް ބޭކަލަކަށް އެބޭކަލެއް އެނގިވަޑައެއް ނުގަތެވެ. މިއީ ކޮން ބޭކަލެއްތޯއާމެދު ޞަޙާބީބޭކަލުން ޢަޖައިބުވެ ލެއްވިއެވެ.

އެ ބޭކަލަކު ވަޑައިގެން ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم ގެ އަރިހުގައި އަދަބުވެރިކަމާއެކު އިށީނދެވަޑައިގެންފިއެވެ. އަދި އެކަލޭގެފާނުގެ ކަކޫކޮޅުގައި އެބޭކަލެއްގެ ކަކޫޖައްސަވައި، އަތްތިލަ އެ ބޭކަލެއްގެ ފަލަމަސްގަނޑު މަތީ ބާއްވަވައި ދަންނަވައިފިއެވެ. "އޭ މުޙައްމަދުގެފާނެވެ! އިސްލާމްކަމާބެހޭގޮތުން ޚަބަރު ދެއްވާށެވެ!" ޖަވާބުގައި ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم އިސްލާމްކަމުގެ ރުކުންތައް ބަޔާންކޮށް ދެއްވިއެވެ. "އިސްލާމްކަމަކީ؛ ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ކުރެވޭ އެއްވެސް އިލާހެއް ނުވާކަމަށާއި މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމުކުރުމާއި، ޒަކާތްދިނުމާއި، ރަމަޟާންމަހު ރޯދަހިފުމާއި، ކުޅަދާނަވެ އެކަމަށް މަގުފަހިވެއްޖެމީހާ ގެފުޅަށްގޮސް ޙައްޖުވުމެވެ." އެކަލޭގެފާނު ޖަވާބުދެއްވުމާއެކު އެ ބޭކަލަކު ދަންނަވައިފިއެވެ. "ތިޔައީ ތެދުފުޅެކެވެ." ޞަޙާބީބޭކަލުން އިތުރަށް ޢަޖައިބުފުޅު ވިއެވެ. ސުވާލުކުރައްވާފައި ޖަވާބުދެއްވުމުން އެ ޖަވާބު ރަނގަޅުކަމުގައި އެ ބޭކަލަކު ވިދާޅުވީމައެވެ. މިގޮތަށް ކަންތައް ކުރާނީ ޖަވާބު ކުރިންވެސް އެނގިލައްވާތީތާއެވެ.

އަނެއްކާވެސް ސުވާލުކުރެއްވިއެވެ. "އީމާންކަމާބެހޭގޮތުން ޚަބަރު ދެއްވާށެވެ!" ޖަވާބުގައި އެކަލޭގެފާނު އީމާންކަމުގެ ރުކުންތައް ބަޔާންކޮށްދެއްވިއެވެ. "އެއީ ﷲއަށާއި، އެއިލާހުގެ މަލާއިކަތުންނަށާއި، އެއިލާހު ބާވައިލެއްވި ފޮތްތަކަށާއި، އެއިލާހުގެ ރަސޫލުބޭކަލުންނަށާއި، އާޚިރަތްދުވަހަށާއި، ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ." ދެން އެބޭކަލަކު ދަންނަވައިފިއެވެ. "ތިޔައީ ތެދުފުޅެކެވެ. އިޙްސާންތެރިކަމާބެހޭގޮތުން ޚަބަރުދެއްވާށެވެ!" ޖަވާބުގައި އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. "އެއީ ތިބާއަށް ﷲ ފެންނަ ފަދައިން އެއިލާހަށް އަޅުކަންކުރުމެވެ. ފަހެ ތިބާއަށް އެއިލާހު ނުފެނުނަސް އެއިލާހު ތިބާ ދެކެވޮޑިގެންވާކަން ދެނެގެން އަޅުކަން ކުރުމެވެ."

އަނެއްކާވެސް އެބޭކަލަކު ދަންނަވައިފިއެވެ. "ޤިޔާމަތްވާނެ ވަގުތުގެ ޚަބަރު ދެއްވާށެވެ!" އެކަމުގެ ޚަބަރެއް އެނގިވަޑައިނުގަންނަވާކަން ބަޔާންކުރައްވަމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ސުވާލު ކުރި ފަރާތަށް ވުރެ ބޮޑަށް ސުވާލު ކުރެވުނު ފަރާތަށް އެނގިގެން ނުވެއެވެ." އެބޭކަލަކު ދެންނެވިއެވެ. "ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ޚަބަރު ދެއްވާށެވެ!" އެކަލޭގެފާނު ޖަވާބުދެއްވިއެވެ. "އެއީ، އަޅު އަންހެނާ އޭނާގެ ސާހިބުމީހާ ވިހެއުމެވެ. އަދި ހުސްފަޔާ، ފޭރާމެއް ނެތި، ބަކަރި ހުއިހައްޕާ އުޅޭ ފަޤީރު މީހުން ޢިމާރާތްތައް އުސްކުރުމުގައި އެކަކު އަނެކަކާ ވާދަކުރާތަން ފެނުމެވެ." ދެން، އެބޭކަލަކު ތެދުވެވަޑައިގެން ވަޑައިގެންފިއެވެ. މި ބޭކަލަކީ ކޮން ބޭކަލެއްތޯއާމެދު ޞަޙާބީބޭކަލުންގެ ހިތްޕުޅުގައި ސުވާލުތައް އުފެދުނެވެ. އެހެންނަމަވެސް، އެއްވެސް ބޭކަލަކަށް ސުވާލުކުރައްވާކަށް ކެރިވަޑައެއް ނުގެންނެވިއެވެ.

މި ޙާދިސާއަށްފަހު ދުވަސްކޮޅެއްފަހެވެ. ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ޢުމަރުގެފާނާ ބައްދަލުވެވަޑައިގެން ޙަދީޘްކުރެއްވިއެވެ. "އޭ ޢުމަރެވެ! އެދުވަހުގައި ސުވާލުކުރެއްވީ ކޮން ބޭކަލަކުކަން އެނގިލައްވާތޯއެވެ؟" ޢުމަރުގެފާނު ދެންނެވިއެވެ. "އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އަދި އެއިލާހުގެ ރަސޫލާއެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ފަހެ، ހަމަކަށަވަރުން އެއީ ޖިބްރީލުގެފާނެވެ. އެކަލޭގެފާނު އެވަޑައިގަތީ، ތިޔަބޭކަލުންނަށް ތިޔަބޭކަލުންގެ ދީން އުނގަންނަވައިދެއްވުމަށްޓަކައެވެ."

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.