މިރޭގެ މެޗުގައި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ރަޝްފޯޑް
ކުޅިވަރު
08 May 2023 | 01:45
ވެސްޓްހަމް އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެ، ގަދަ ހަތަރެއްގެ ފޯރިގަދަ ވެއްޖެ!

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ވެސްޓްހަމް އަތުން 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެ އެވެ.

މިރޭގެ މެޗުން މޮޅުވެ ތިންވަނައަށް ކުރިއަށް ޖެހިލުމުގެ ފުރުސަތު މެންޗެސްޓާ ޔުނައިޓެޑަށް އޮތުމާއެކު އެޓީމުން މެޗު ފެށީ ވަރުގަދަކޮށެވެ. މިގޮތުން ފުރަތަަމަ ހާފުގެ 8 ވަނަ މިނެޓުގައި އެޓީމުގެ ޕޯޗުގަލް މިޑްފިލްޑަރު ބުރޫނޯ ފެނާންޑޭޒަށް ލިބުނު ހުސް ފުރުސަތެއްގައި އޭނާ ފޮނުވާލި ހަމަލާ ގޯލާއި އަމާޒުނުވެ ބޭރަށް ދިޔައިރު، އޭގެ 10 މިނެޓް ފަހުން ރަޝްފޯޑް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ވެސްޓްހަމް އިން މިމެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ފުރަތަަމަ ހާފުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަލްޖީރިއާގެ މިޑްފީލްޑަރު މުހައްމަދު ސައީދު ބެންރަހްމާ އެވެ.

ވެސްޓްހަމްގެ ލަނޑަށްފަހު މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ފުރަތަަމަ ހާފުގެ 33 ވަނަ މިނެޓުގައި މެންޗެސްޓާ ޔުނައިޓެޑް ބްރެޒިލް ފޯވާޑް އެންތަނީއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި ހާފު ނިމުމުގެ ކުރިން ލީޑު ފުޅާކުރުމަށް ވެސްޓްހަމްއަށް ލިބުނު ފުރުސަތުގައި ބެންރަހްމާ ފޮނުވާލި ހަމަލާ މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފަ އެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ވެސްޓްހަމް ކުރީގައި އޮވެގެންނެވެ.

ދެވަަނަ ހާފުގައި ވެސްޓްހަމް އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ރަގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އިރު، 52 ވަނަ މިނެޓުގައި އެޓީމުގެ ޖެމެއިކާ ފޯވާޑް އެންޓޯނިއޯ ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ ލަނޑު ޖެހުމުގެ ކުރިން ވެސްޓްހަމްގެ ކުޅުންތެރިއަކު ފައުލުކޮށްފައިވާކަމަށެވެ. އަދި ދެވަނަ ހާފުގެ 74 ވަނަ މިނެޓުގައި ވެސްޓްހަމްގެ މިޑްފީލްޑަރު ޓޮމަސް ސޫސެކް ކާމިޔާބުކުރި ލަނޑުވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

މިރޭގެ މެޗުން ބަލިވުމުން ތާވަލުގެ ތިންވަނައަށް އެރުމަށް ލިބުނު ފުރުސަތު މެންޗެސްޓާ ޔުނައިޓެޑަށް ގެއްލުނު އިރު ފަސް ވަނައިގައި އޮތް ލިވަޕޫލް އޮތީ ފަހަތުގައި ވިއްދާފައެވެ. 34 މެޗު ކުޅެގެން މެންޗެސްޓާ ޔުނައިޓެޑަށް 63 ޕޮއިންޓް ލިބިފައިވާއިރު، 35 މެޗު ކުޅެގެން ލިވަޕޫލަށް ވަނީ 62 ޕޮއިންޓް ލިބިފައެވެ. އަދި މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު 35 މެޗު ކުޅެގެން ވެސްޓްހަމްއަށް 37 ޕޮއިންޓް ލިބިފައިވާއިރު، ރެލިގޭޝަނުން ސަލާމަތްވުމަށް ބާކީ އޮތް ތިން މެޗުން އެޓީމަށް މިހާރު ބޭނުންވަނީ ތިން ޕޮއިންޓެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.