ޖޯލިބީއިން ޗެރިޓީ ޝީލްޑާއި އެކު
ކުޅިވަރު
08 May 2023 | 02:13
ރާބަދި ޗެލެންޖް 2023: ޗެރިޓީ ޝީލްޑް މެޗު އެންމެ ފަހުގެ ޗެމްޕިއަން ޖޯލިބީއިން ކާމިޔާބުކޮށްފި!

މީދޫ ޖަމްޢިއްޔަތުއް ޞަލާޙް ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު " އާރުޑީސީ ރާބަދި ޗެލެންޖް 2023" ފެށުމުގެ ގޮތުން މިރޭ ކުޅެވުނު ޗެރިޓީ ޝީލްޑް މެޗު އެންމެ ފަހުގެ ޗެމްޕިއަން ޖޯލިބީއިން ކާމިޔާބުކޮށްފިއެވެ.

ރ.މީދޫ ފުޓްސަލް ދަނޑުގައި މިރޭ ކުޅެވުނު ޗެރިޓީ ޝީލްޑް މެޗު ޝަރަފްވެރި ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ. މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޖޯލިބީއިން އާއި ރަނަރަޕް ޔޫ އެންޑް މީ ވާދަކުރި މިރޭގެ މެޗު ވާދަވެރި ކުޅުމަކަށްފަހު ޖޯލިބީއިން އިން މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުން ނެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ޖޯލިބީއިންގެ އަބްދުﷲ ހަނީފް އެވެ. އަދި މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖޯލިބީއިންގެ ގޯލްކީޕަރު މަހުމޫދު ޝިފާއު އެވެ.

2022 ވަނަ އަހަރުގެ ރާބަދި ޗެލެންޖް ފައިނަލްގައި މިދެޓީމު ވާދަކުރި މެޗު ފަސޭހަކަމާއި އެކު 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ޖޯލިބީއިން ކާމިޔާބުކުރި ނަމަވެސް މިރޭގެ މެޗުގައި ޔޫ އެންޑް މީ އިން ވަނީ ވާދަވެރި މޮޅު ކުޅުމެއް ދައްކައިދީފައެވެ.

މިއަހަރުގެ ރާބަދި ޗެލެންޖުގައި 14 ޓީމެއް ބައިވެރިވެފައި ވާއިރު މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 14 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ގުރޫޕް އެކެއް އަދި ދޭއްގައި ހަތަރު ޓީމު ހިމެނޭ އިރު އަނެއް ދެ ގުރޫޕުގައި ހިމެނެނީ ތިން ޓީމެވެ.

ގުރޫޕް އެކެއް އަދި ދޭއްގެ އެއްވަނަ އަދި ދެވަނަ ޓީމު މުބާރާތުގެ ކުއާޓާ ފައިނަލަށް ހޮވޭއިރު ގްރޫޕް ތިނެއް އަދި ހަތަރަކުން ކުއާޓާގެ ފުރުސަތު ލިބޭނީ ގްރޫޕްގެ އެއްވަނަ ޓީމަށެވެ. އަދި ކުއާޓާ ފައިނަލުގެ ފަހު ދެޖާގަ ލިބޭނީ ގްރޫޕް ތިނެއް އަދި ހަތަރެއްގެ ތިންވަނަ ޓީމާއި ހަތަރުވަނަ ޓީމުގެ މެދުގައި ޕްލޭއޮފް ދެމެޗު ކުޅުމަށްފަހު އެ ދެމެޗުން މޮޅުވާ ދެޓީމަށެވެ.

މާދަމާ ރެއިން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް މުބާރާތުގެ ގުރޫޕް ސްޓޭޖް މެޗުތައް ކުރިއަށްދާއިރު، ކޮންމެ ރެއަކުވެސް ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މެއި 17 ވަނަ ދުވަހު ގްރޫޕް ތިނެއް އަދި ހަތަރެއްގެ ޕްލޭއޮފް ދެމެޗު ކުޅޭއިރު، މެއި 18 އަދި 19 ވަނަ ދުވަހު މުބާރާތުގެ ކުއާޓާ ފައިނަލުގެ ހަތަރު މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ސެމީ ފައިނަލްގެ ދެމެޗް މެއި 20 ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ އިރު ފައިނަލް މެޗު އޮންނާނީ މެއި 22 ވަނަ ދުވަހުގެރޭ އެވެ.  

މާދަމާ ރޭ 21:00 ގައި ކުޅޭ މުބާރާތުގެ ގްރޫޕު ސްޓޭޖުގެ ފުރަތަަމަ މެޗުގައި ބައްދަލުކުރާނީ ދިގަލި މޯލްޑިވްސް އާއި ކޯރާ ކޯރާ އެވެ. އަދި 22:00 ގައި ކުޅެވޭ ދެވަަނަ މެޗުގައި ބައްދަލުކުރާނީ ކުޑަފުށި އާއި ރީތިފަރު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.