މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު--
ހަބަރު
08 May 2023 | 09:44
ހީވަނީ އަމީނީ މަގު ނިމުމުގެ ކުރިން މި ސަރުކާރު ނިމޭނެހެން: ޑރ މުއިއްޒު

މާލެ ސިޓީ ކައުންސިލްގެ އަތުން އަތުލުމަށްފަހު ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މާލޭގެ އަމީނީ މަގު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަޝްރޫއު ނިމުމުގެ ކުރިން މި ސަރުކާރު ނިމިދާނެކަމަށް ހީފުޅުވާކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. 

ޑރ މުޢިއްޒު މިފަދައިން ވިދާޅުވެފައި ވަނީ އަމީނީ މަގުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމާއި ގުޅިގެން ރައްޔިތުންނަށް ކުރިމަތިވަމުންދާ އުނދަގޫތަކުގެ ވާހަކަތައް ހިއްސާކުރައްވާ ސަންގުގެ ޚަބަރަށް ފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނެވެ. 

ޑރ މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން 39 މިލިއަން ރުފިޔާއަށް ތަރައްގީކުރަން އޮތް މަގެއް ޕްލޭނިން މިނިސްޓްރީ މެދުވެރިކޮށް އާރުޑީސީއާއި ހަވާލުކުރީ އެ އަގަށްވުރެ ތިން ގުނަ އަގުބޮޑުކޮށް ކަމަށެވެ. 

އެގޮތުން މިހާރު އެ މަސައްކަތް ކުރަމުންދަނީ 84 މިލިއަން ރުފިޔާއަށް ކަމަށާއި، އެ އަގުގައި އެ މަސައްކަތް އާރުޑީސީއާއި ހަވާލުކުރީ ކުރު މުއްދަތެއްގެ ތެރޭގައި ނިންމާނެކަމަށް ބުނަމުން ކަމަށެވެ. 

"84 މިލިއަން ރުފިޔާ ޚަރަދުކުރޭ ނޫން ތޯ މި މަޝްރޫއަށް (އަމީނީ މަގަށް). 39 މިލިއަނަށް ވާން އޮތް ކަމެއް. ސްކޯޕަކަށް، މި ދެންނެވީ މަޝްރޫއުގައި ކުރަން ހުރި ކަމަކަށް އިތުރެއް ނުވެއޭ. ހަމަ އަޅަންހުރި ހޮޅައަކަށް ހޮޅިއެއް އަދިވެސް އެ އަޅަނީ. އަޅުގަނޑުމެންނާއި އާރުޑީސީއާއި އެއްބަސްވި ސްކޯޕް އެ އޮތީ. އެންމެ ހޮޅިއެއް އިތުރެއްވެސް ނުވޭ، ތާރުގެ ބޯމިން އިތުރެއް ނުވޭ، ނޫނިއްޔާ އޭގެ ދަށަށްދާ ފަށަލަތައް އިތުރެއް ނުވޭ، އެއްވެސް ކަމެއް އިތުރެއް ނުވޭ، ހަމަ އޮތް ގޮތަށް 39 މިލިއަނުން 84 އަކަށް ބޮޑުވީ"

މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު 

ޑރ މުއިއްޒު ވިދާޅުވީ އަވަސް މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމަން އަގުބޮޑުކޮށް ކޮންޓްރެކްޓު ކުރި ނަމަވެސް އެ މަސައްކަތް ދިގުލައިގެންދާތީ ރައްޔިތުންގެ ގިނަ ޝަކުވާތަކެއް މާލެ ސިޓީ ކައުންސިލާއި ހިއްސާ ކުރަމުންދާ ކަމަށެވެ. 

އެގޮތުން މަގު ބަންދުކޮށްފައި ހުރުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކާއި ވިޔަފާރިތަކަށް އެކިވަރުގެ ދަތިތަކާއި ކުރިމަތިވާތީ ރަސްމީ ސިފައިގައިވެސް އަދި ފޯނުން ގުޅައިގެންވެސް ޝަކުވާތައް ހުށައަޅަމުންދާކަން މޭޔަރު ފާހަގަކުރެއްވި އެވެ. 

އޭގެ އިތުރުން އަމީނީ މަގުގައި މަސައްކަތް ކުރަމުންދާ ގޮތުން ނަފްސާނީ ގޮތުންވެސް މީހުންނަށް އަސަރުކުރަމުންދާތީ އެކަމުގެ ކަންބޮޑުވުންތައްވެސް ހިއްސާކުރަމުންދާކަމަށް މޭޔަރު ވިދާޅުވި އެވެ. 

މޭޔަރު މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ފަރާތުން ހުށައަޅާ ޝަކުވާތަކަށް ޙައްލު ހޯއްދަވާދެއްވުމަށް އެކަން ޕްލޭނިން މިނިސްޓްރީއާއި އާރުޑީސީގެ ސަމާލުކަމަށް ވެސް ގެނެސްފައިވާނެ ކަމަށެވެ. 

އެހެން ނަމަވެސް، މިހާރަށް ކަނޑައަޅާފައިވާ މުއްދަތަކަށްވެސް އެ މަސައްކަތް ނިންމާލެވޭނެކަމަށް ޤަބޫލު ނުކުރައްވާކަމަށާއި، މިހާރު މަންޒަރު ފެންނަގޮތަށް ބަލާއިރު އަމީނީ މަގުގެ މަސައްކަތް ނިމުމުގެ ކުރިން މި ސަރުކާރު ނިމޭނެކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް މޭޔަރު މުއިއްޒު ވިދާޅުވި އެވެ. 

"އާރުޑީސީއަށްވެސް ޕްލޭނިން މިނިސްޓްރީއަށް ވެސް އަޅުގަނޑުމެންގެ ފަރާތުން އެބަ އަންގަން ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް. އެކަމަކު އެއްވެސް ކުރިއެރުމެއް ނާދޭ. ދެން މަޖިލީހުގައި މިނިސްޓަރު މި ވިދާޅުވަނީ ސެޕްޓެމްބަރަށް ނިމޭނެއޭ. ދެން މިހާރު އެ ވިދާޅުވަނީ ނޮވެމްބަރަށް ނިމޭނެއޭ. އަޅުގަނޑަށް ހީވަނީ އެއަށްވުރެ ކުރިން ސަރުކާރު ކަންނޭގެ ނިމޭނީ"

މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު 

އަމީނީ މަގުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީ މެދުވެރިކޮށް އާރުޑީސީ އާއި ހަވާލުކޮށްފައި ވަނީ 7 މަސް ދުވަހުން މަސައްކަތް ނިންމުމަށެވެ. އެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒަށް 7 އަހަރު ދުވަސްތެރޭ ނުނިންމުނު އަމީނީ މަގު 7 މަސްތެރޭ ނިންމާނެކަމަށެވެ. 

އެހެން ނަމަވެސް އެ ވިދާޅުވި މުއްދަތުގައި އެ މަސައްކަތް ނުނިމޭނެތީ ޕްލޭނިން މިނިސްޓްރީން ވަނީ މިހާރު އެ މަސައްކަތް ނިންމަންޖެހޭ މުއްދަތު އިތުރުކޮށްދީފަ އެވެ. 

ކޮމެންޓް
ފަލަގު
އެކަމަކު ޔާމީނަށް ކިތަންމެ ވަފާތެރިކަމަށް ހެދިގެން އުޅުނަސް އޭނަ ކަލެއަކަށް އެފުރުސަތެއް ނުދޭނެ. ހޭކުޑަނުވަހުރޭ.
09 May 2023
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.