Advertisement

ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ: ސްޓެލްކޯ

ސްޓެލްކޯ މައި އޮފީސް/ ފޮޓޯ: ދި އެޑިޝަން

ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލޭގެ މައްޗަންގޯޅީގެ ބައެއް ސަރަހައްުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެކުންފުނިން ބުނެފިއެވެ.

އެގޮތުން ސްޓެލްކޯއިން ބުނެފައިވަނީ މިއަދު މެންދުރު 14:00 އިން 16:00 އަށް މައްޗަންގޮޅީގެ، ނިކަގަސް މަގާއި، ގުމްރީ ގޯޅިން ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ.

މިއާއިއެކު އެކުންފުނިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މާފަށް އެދިފައެވެ.

Advertisement

ކޮމެންޓް