ދިވެހި ރާއްޖެގެ ސްޕްރީމް ކޯޓު/ ފޮޓޯ: ސްޕްރީމް ކޯޓު
ހަބަރު
08 May 2023 | 20:27
ފޯޅަވަހި މައްސަލައާއި ގުޅޭ ރައީސްގެ ސިޓީ ފުޅު ބާޠިލް ކުރަން ހުށައެޅި މައްސަލަ ކޯޓުން ބޭރުކޮށްފި

ފޯޅަވަހި މައްސަލައާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މޮރިޝަސް ގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީފުޅު ބާޠިލް ކުރުމަށް ސްޕްރީމް ކޯޓަށް ހުށަޖެޅުމުން މައްސަލަ ބަލައި ނުގަނެ، ކޯޓުން މައްސަލަ ބޭރު ކޮށްފިއެވެ. 

މޮރިޝަސްގެ ބޮޑު ވަޒީރަށް ރައީސް ޞާލިހް މިދިޔަ އަހަރު ފޮނުއްވެވި ސިޓީ ފުޅަކީ އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތް ފޯޅަވަހީހެ ސިޔާދަތީ ބާރާގުޅިގެން މޮރިޝަސްއާއި އެއްކޮޅަށް ވޯޓު ދެއްވާނެ ކަމަށް ވިދާޅުވެ ފޮނުއްވެވި ސިޓީފުޅެކެވެ. 

މި ސިޓީ ފުޅާއި އަދި އެއާއި ގުޅިގެން ކޮށްފައިވާ މުޢާމަލާތްތައް ބާޠިލް ކޮށްދިނުމަށް އެދި ސްޕްރީމް ކޯޓަށް ހުށައަޅައިފައިވަނީ ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރާއި އިތުރު ބަޔަކު ގުޅިގެނެވެ. 

ނަމަވެސް ސްޕްރީމް ކޯޓުގެ ރަޖިސްޓްރާ މިއަދު ވަނީ އެމައްސަލަ ބަލައި ނުގަތުމަށް ނިންމަވާފައެވެ. 

 ފޯޅަވަހި މައްސަލައިގައި ސަރުކާރުން ކުއްލި ގޮތަކަށް ސްޓޭންޑް ބަދަލު ކުރުމާއި ގުޅޭގޮތުން ގިނަ ސުވާލުތަކެއް އުފެދިގެންވަނީ ގޮސްފައެވެ. 
އެގޮތުން ކުރީގެ ބަންޑާރަ ނައިބު ޑރ މުހައްމަދު މުނައްވަރު ދެއްވި ޕްރެސް ކޮންފަރެންސްއެއްގައި ވަނީ ސަރުކާރުން ސްޓޭންޑް ބަދަލުކުރީ މޮރިޝަސް ސަރުކާރާއެކު ޑީލު ހަދައިގެންކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި އެ ޑީލުގެ ފަހަތުގައި އިންޑިއާ އޮތްކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ. 

އޭގެ އިތުރުން ރައީސް ޞާލިހު މޮރިޝަސްގެ ވެރިންނަށް ފޮނުވި ސިޓީ ހާމަކުރަން ޖެހޭކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުވެސް ވަނީ ގޮވާލައްވާފަ އެވެ. އަދި އެސިޓީ ހޯދުމަށް މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގުވެސް ހުށައެޅުއްވި އެވެ. 

އެހެން ނަމަވެސް މިހާތަނަށް އެ ސިޓީފުޅު އޮތީ ސިއްރު ސިޓީފުޅެއްގެ ގޮތުގައެވެ. އަދި އޭގައި ލިޔެފައި އޮތް އެއްޗެއްވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ސައުދީ ނިއުކްލިއާ އެއްބަސްވުން ކުރިއަށް ގެންދެވޭނީ އިސްރާއީލް ބަލައިގަތީމާ
ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، ސައުދީއަށް ޔުރޭނިއަމް މުއްސަނދިކުރުމާއި ނިއުކްލިއާ ރިއެކްޓަރުތައް ބިނާކުރުމަށް އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހުއްދަ ދޭ އެއްބަސްވުން ތަންފީޒުވާނެ ހަމައެކަނި ގޮތަކީ އިސްރާއީލާއެކު ގުޅުން ގާއިމުކުރުމުން ކަމަށެވެ.
24 Jul 2026
ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި
އިންޑިއާގެ ތަޢުލީމީ ވަޒީރު ދަރްމެންދްރަ ޕްރަދާން ވަކިކުރުމަށް ގޮވައިލައި 26 ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ސޯނަމް ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ޤައުމުގައި ހަމަނުޖެހުން ހިނގައިފާނެ ކަމުގެ ބިރާ ގުޅިގެން ނިންމައިލައިފިއެވެ.
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ