ކުޑަފުށި އަދި ރީތިފަރު ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
09 May 2023 | 01:04
އާރުޑީސީ އެމްޖޭއެސް ރާބަދި ޗެލެންޖް 2023: ފުރަތަމަ މެޗު އެއްވަރުވިއިރު، ދެވަަނަ މެޗުގައި ކުޑަފުށީ ޓީމަށް ފަސޭހަމޮޅެއް!

މީދޫ ޖަމްޢިއްޔަތުއް ޞަލާޙް ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު " އާރުޑީސީ ރާބަދި ޗެލެންޖް 2023" ގައި މިރޭ ކުޅެވުނު ދިގަލި މޯލްޑިވްސް އާއި ކޯރާ ކޯރާ ވާދަކުރި މެޗު އެއްވަރުވިއިރު، ރީތިފަރު އަތުން ކުޑަފުށި ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެއްޖެ އެވެ.

މިރޭގެ ފުރަތަަމަ މެޗުގައި ދިގަލި މޯލްޑިވްސް އާއި ކޯރާ ކޯރާ ވާދަކުރި މެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ކޯރާ ކޯރާ އިންނެވެ. މިލަނޑު މެޗުގެ ފުރަތަަމަ ހާފުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އާދަމް ތައުފީގެވެ. ދެވަނަ ހާފުގައި ދިގަލި ޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ އެޓީމުގެ އަހުމަދު ފިރުޝާން އެވެ. އަދި މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ކޯރާކޯރާގެ އާދަމް ތައުފީގެވެ.

ދިގަލި މޯލްޑިވްސް އާއި ކޯރާކޯރާ ވާދަކުރި މެޗު ފެށުމުގެ ކުރިން ދެޓީމުގެ ކެޕްޓަނުން ފޮޓޯއަކަށް ހުއްޓިގެން 

މިރޭގެ ދެވަަނަ މެޗުގައި ރީތިފަރު އަތުން ކުޑަފުށި މޮޅުވީ 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަަމަ ހާފުގައި ކުޑަފުށީ ޓީމަށް ލީޑު ހޯދައިދިނީ އެޓީމުގެ މުހައްމަދު އާސިފްއެވެ. މިހާފުގައި ކުޑަފުށީ ޓީމަށް އެންމެ ލަނޑެއް ކާމިޔާބުކުރެވުނު ނަމަވެސް ދެވަނަ ހާފުގައި އެޓީމުން އިތުރު ފަސް ލަނޑު ކާމިޔާބުކުރުއެވެ. 

ދިގަލި މޯލްޑިވްސް އާއި ކޯރާކޯރާ ވާދަކުރި މެޗު ތެރެއިިން 

މި މެޗުގެ ދެވަަނަ ހާފުގައި ކުޑަފުށީ ޓީމުގެ އިބްރާހިމް އަޒުމޫން ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ޒިހާން އާއި އަހުމަދު އަޔާޒެވެ. އަދި މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ކުޑަފުށީ ޓީމުގެ ފުރަތަަމަ ލަނޑު ކާމިޔާބުކޮށްދިން މުހައްމަދު އާސިފްއެވެ.

ކުޑަފުށި އަދި ރީތިފަރު ވާދަކުރި މެޗު ތެރެއިިން 

މި މުބާރާތުގައި މާދަމާރޭ ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، 21:00 ގައި ފަށާ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ޖޯލިބީއިން އާއި ފުރަވެރި މޯލްޑިވްސް އެވެ. އަދި 22:00 ގައި ފަށާ ދެވަނަ މެޗުގައި ބައްދަލުކުރާނީ ހެރިޓެންސް އާރަށާއި އޫ އެންޑް މީ މޯލްޑިވްސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.