ރިސޯޓް ލީގު 2023 ގެ ޕަބްލިކް ރިލޭޝަން އިސްމާއިލް މުފީދު އަދި އައިއޭސީގެ މީޑިއާ އެންޑް ޕީއާރު ޑައިރެކްޓަރ އަޒުހަދު އަހުމަދު
ކުޅިވަރު
09 May 2023 | 01:58
ރިސޯޓް ލީގު 2023 ގެ ގްލޯބަލް ޗެރިޓީ ޕާޓްނަރަކަށް އައިއޭސީ!

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް "ރިސޯޓް ލީގު 2023" ގެ ގްލޯބަލް ޗެރިޓީ ޕާޓްނަރަކަށް އައިއޭސީ ހަމަޖައްސައިފިއެވެ.

ގްލޯބަލް ޗެރިޓީ ޕާޓްނަރާއެކު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ބިގް ގޭމް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ރިސޯޓް ލީގު 2023 ގެ ޕަބްލިކް ރިލޭޝަން އިސްމާއިލް މުފީދު (ބިއްލެ) އެވެ.  އައިއޭސީގެ ފަރާތުން ސޮއިކުރެއްވީ މީޑިއާ އެންޑް ޕީއާރު ޑައިރެކްޓަރ އަޒުހަދު އަހުމަދު އެވެ.

ވޮއިސް އަށް މައުލޫމާތު ދެއްވަމުން ރިސޯޓް ލީގު 2023 ގެ ޕަބްލިކް ރިލޭޝަން އިސްމާއިލް މުފީދު ވިދާޅުވީ މި މުބާރާތް ބާއްވަންފެށިތާ 10 އަހަރު ވުމާއި ގުޅިގެން ޚާއްސަ ކަމެއްގެ ގޮތުގައި މިއަހަރުގެ މުބާރާތުގައި ނެޝަނަލް އަދި ގްލޯބަލް ޗެރިޓީ ޕާޓްނަރުން ހަމަޖައްސާފައިވާ ކަމަށެވެ.

މިގޮތުން ނެޝަނަލް ޗެރިޓީ ޕާޓްނަރަކަށް އެހީ ޖަމްޢިއްޔާ ހަމަޖައްސާފައިވާ އިރު ގްލޯބަލް ޗެރިޓީ ޕާޓްނަރަކަށް އައިއޭސީ ހަމަޖެއްސުމުގެ އެންމެ ބޮޑު މަގުސަދަކީ މިފަދަ އެންޖީއޯ ތަކުން މިކުރާ މަސައްކަތްތައް ޓޫރިޒަމް ސެކްޓާއަށް ތައާރަފްކޮށް މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް  ފުރުސަތު ހުޅުވާލުމެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން ވޮއިސް އަށް މައުލޫމާތު ދެއްވަމުން އެޖަމްޢިއްޔާގެ މީޑިއާ އެންޑް ޕީއާރު ޑައިރެކްޓަރ އަޒުހަދު އަހުމަދު ވިދާޅުވީ ރިސޯޓް ލީގު ފަރާތުން މިފަދަ ހުށަހެޅުމެއް ލިބުމުން އުފާކުރާ ކަމަށާއި މީގެ ސަބަބުން އިތުރު ގިނަ ބަޔަކަށް އައިއޭސީގެ މަސައްކަތް އެގިގެންދާނެކަމަށާއި، ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގައި އިތުރު ގިނަ ބައެއްގެ ބައިވެރިވުން ލިބިގެންދާނެކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އިތުރަށް ވާހަކަދައްކަމުން އަޒުހަދު ވިދާޅުވީ އައިއޭސީގެ ފަރާތުން ދާދިފަހުން ކުރިއަށް ގެންދިޔަ ތަޖްރީ ކެމްޕެއިންގެ ތެރެއިިން އެޅުމަށް ނިންމާފައިވާ ހަތަރު މިސްކިތުގެ ތެރޭގައި، ފަލަސްތީނުގެ ވެރިރަށް ގައްޒާގައި ބޮޑު މިސްކިތެއް އެޅުމަށްވެސް ވަނީ ނިންމާފައެވެ.  މީގެއިތުރުން މިވަގުތު އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ އެކި ގައުމުތަކުގައި ދެމެހެއްޓެނުވި ގޮތެއްގައި އަމިއްލަ ދިރިއުޅުން ބިނާކުރާނެ ގޮތްތައް ފަހިކޮށްދީ އިޖުތިމާއީ ތަރައްޤީ ގެނައުމެވެ.

އައިއޭސީގެ ފަރާތުން މިހާރު މިދަނީ ބޮޑެތި ޕްލޭންތަކެއް ހަދަމުންނެވެ. އޭގެތެރޭގައި މޮޑެލް ވިލެޖް ، ވޯޓާ ނެޓް ވޯކް، ސްކޫލްގެ އިތުރުން އެކި ގައުމުތަކުގައި ގިނަ ފެސިލިޓީސްތައް ބިނާކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެތެރެއިން ހޯމް އަދި ތަޖްރީ ޕްރޮޖެކްޓް ހިމެނޭގޮތަށް މިޖަމްއިއްޔާއިން ހިންގާ އެހީގެ ޕްރޮގްރާމް ތަކުގައި ބައިވެރިވުމަށް ބޭނުން ކޮންމެ ފަރާތަކަށް ވެސް އެފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ނަންބަރު: 9122121

ދެމިގެން ދަނިވި ޞަދަޤާތްތައް ކޮށްލަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ އެކައުންޓު ހިޔާރު ކުރަށްވާ!

ބީއެމްއެލް އިސްލާމިކް

އެކައުންޓް ނަމްބަރު: 7770000062742

އެކައުންޓް ނަން: International Aid Campaign

އެކައުންޓް ލޭބަލް: IAC | SADAQA JARIYA

"ހޯމް" ޕްރޮޖެކްޓުގައި ބައިވެރިވެ އެކިއެކި އިޖްތިމާއީ ތަރައްގީގެ ޕްރޮޖެކްޓްތަކުގައި ބައިވެރިވުމަށް:

ބީއެމްއެލް އިސްލާމިކްއެކައުންޓް ނަމްބަރު : 7770000062744

އެކައުންޓް ނަން: International Aid Campaign

އެކައުންޓް ލޭބަލް: HOME

އައި.އޭ.ސީގެ ޕްރޮޖެކްޓްތަކުގެ އަގުތައް ހެދިފައިވާނީ ޕްރޮޖެކްޓް ހިންގުމާއި ބެލެހެއްޓުމާއި، ދެމެހެއްޓުމާއި، އިދާރީ ހިންގުމާއި ތަރައްގީއަށް ދާނެ ކަމަށް ލަފާކުރެވޭ ޚަރަދުތައް ހިމެނޭގޮތަށް އެވަރެޖް 12.5 ޕަސެންޓު ހިމެނޭގޮތަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.