ރިސޯޓް ލީގު 2023 ގެ ޕަބްލިކް ރިލޭޝަން އިސްމާއިލް މުފީދު (ބިއްލެ) އަދި ޓްރިޕްވެރިންގެ ޑިރެކްޓަރު އިބްރާހިމް އަޝްވާގު
ކުޅިވަރު
09 May 2023 | 15:39
ރިސޯޓް ލީގު 2023 ގެ އޮފިޝަލް ޕާޓްނަރަކަށް ޓްރިޕްވެރިން!

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް "ރިސޯޓް ލީގު 2023" ގެ އޮފިޝަލް ޕާޓްނަރަކަށް ޓްރިޕްވެރިން ހަމަޖައްސައިފިއެވެ.

މުބާރާތުގެ އޮފިޝަލް ޕާޓްނަރާއެކު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ބިގް ގޭމް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ރިސޯޓް ލީގު 2023 ގެ ޕަބްލިކް ރިލޭޝަން އިސްމާއިލް މުފީދު (ބިއްލެ) އެވެ. ޓްރިޕްވެރިންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓަރު އިބްރާހިމް އަޝްވާގު އެވެ.

ޓްރިޕްވެރިން އަކީ ޖުޒްރާ މަލްޑިފް ޓްރެވަލް ގްރޫޕުން ބްރާންޗްކޮށްފައިވާ އައުޓްބައުންޑް ޓްރެވަލް އެޖެންސީއެކެވެ. ދިވެހީން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް ރާވައި ޔޫރަޕާއި އޭޝިއާގެ ގައުމުތަކަށް ދަތުރުކުރުމަށް ގެންދިއުމަށް އެހީތެރިވެދެއެވެ. މައިގަނޑު ގޮތެއްގައި ތިބާގެ "ދަތުރު ބައިވެރިޔާ"!

ޓްރިޕްވެރިންގެ ފަރާތުން ވޮއިސް އަށް މައުލޫމާތު ދެއްވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔަމީން އިދުރީސް ވިދާޅުވީ ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން މުޅި ދުނިޔެ ހުއްޓުމަކަށް އަސްފައި އޮތުމަށްފަހު މިހާރު މަޑުމަޑުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޖެހިލުމެއްނެތި ފުރަފުރައިގެން އެބަދެވޭ.. ކޮވިޑްގެ ސަބަބުން ގައުމުތަކަށް އެތެރެވުމުގައި ގެންގުޅުނު ހަރުކަށި އުސޫލުތައް ދޫކޮށްލުމުން، މިހާރު ދަތުރު ފަތުރުގެ ކަންތައްތައް މަޑުމަޑުން ކޮވިޑްގެ ކުރީގެ ހާލަތަށް އެބަ ރުޖޫޢަވޭ ކަމަށެވެ. މިއާއެކު ކޮވިޑްގެ ކުރިން އަޅުގަނޑުމެން ދަތުރުކުރި މަންޒިލްތަކުގެ ޕެކޭޖުތައް އަނެއްކާވެސް މަޑުމަޑުން އާންމު ކުރަމުން މިދަނީ..

އިތުރަށް ވާހަކަ ދައްކަމުން ޔަމީން ވިދާޅުވީ ރިސޯޓް ލީގުގެ ޕާޓްނަރަކަށް ޖޮއިންކުރި މައިގަނޑު ސަބަބަކީ ދިވެހިންގެ ތެރެއިން ބޭރުގެ ގައުމަށް އެންމެ ގިނައިން ދަތުރުކުރާ މީހުން އުޅޭ، އެއް އިންޑަސްޓްރީއަކީ ރިސޯޓް އިންޑަސްޓްރީ ކަމަށްވާތީ، މި މުބާރާތުގެ ތެރެއިިން މިދާއިރާގައި މަސައްކަތްކުރާ ވީހާވެސް ގިނަ ބަޔަކަށް އަޅުގަނޑުމެންގެ މިދޭ ޚިދުމަތުގެ މައުލޫމާތު ފޯރުކޮށްދިނުމެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ރިސޯޓް ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނަކީ ވަރަށް ބިޒީ ޝެޑިއުލްއެއް މަސައްކަތްކުރާބައެއް. އެހެންކަމުން އެބޭފުޅުންނަށް ދަތުރުތައް ރޭވުމުގައި އެހީތެވުމުގެ ގޮތުން އަޅުގަނޑުމެން ޓްރިޕްވެރިންގެ ފަރާތުން ފުލް ގައިޑް ޓުވާރ ޓުއާ ޕެކޭޖުތަކެއް މި ފޯރުކޮށްދެނީ. އަޅުގަނޑުމެންގެ އަމާޒަކީ ރިސޯޓް ދާއިރާގައި މަސައްކަތް ފަރާތްތަކާއި އެބޭފުޅުންގެ އާއިލާތަކަށް މިލިބޭ ކުރު ޗުއްޓީތަކުގައި ދުނިޔޭގެ އެކި މަންޒިލްތަކަށް ފަސޭހަކަމާއި އެކު ދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމެވެ.

މީގެ އިތުރުން ފާއިތުވެދިޔަ ފަސް އަހަރުތެރޭގައި ޓްރިޕްވެރިންގެ ފަރާތުން ހުންނާނެ ޔޫރަޕާއި މެދުއިރުމަތީގެ ގައުމުތަކުގެ އިތުރުން އޭޝިއާގެ ބައެއް ގައުމުތަކަށް ވެސް މީހުން ފޮނުވާފަ. މީގެތެރެއިން ދެ ފަހަރެއްގެ މަތިން 30 ކުދިންނަށް ވުރެ ގިނައިން ގޮވައިގެން ސްޓަޑީ ޓުއަރ އެއްގައި ޔޫރަޕްގެ އިތުރުން ތުރުކީގެ އަށް ވަރަށް ކާމިޔާބު ދަތުރުތަކެއް ކޮއްފައިވާ ނެއެވެ. "އެއީ ވަރަށް ގިނަ ހަނދާންތަކެއް އިގޭތޯ" ޔަމީން ވިދާޅުވިއެެވެ.

ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލް އެއް މަންޒިލް ތުރުކީއަކީ، އަދި މިހާރު ވެސް ތުރުކީގެ ފުލް ގައިޑް ޓުވާރ ކުރިއަށް އެބަގެންދަން އަދި މީގެ އިތުރުން ވެސް ދުބާއީ، އިޖިޕްޓް، މޮރޮކޯ ފަދަ ގައުމުތަކުގެ ޕެކޭޖުތައް މިހާރުވެސް ލިބޭނެއެވެ. އަދި އޭގެ އިތުރުން ކަސްޓަމައިޒުކޮށް ވެސް ދަތުރުތައް ރާވަލެވޭނެއެވެ.

ވޮއިސް އަށް މައުލޫމާތު ދެއްވަމުން ރިސޯޓް ލީގު 2023 ގެ ޕަބްލިކް ރިލޭޝަން އިސްމާއިލް މުފީދު (ބިއްލެ) ވިދާޅުވީ ޓްރިޕްވެރިންގެ ޕެކޭޖުތަކަކީ އާއިލާ އެކު ރާއްޖެއިން ބޭރުގައި ޗުއްޓީ ހޭދަކޮށްލުމަށް ވަރަށް ފުރިހަމަ ޕެކޭޖްތަކެއްކަމަށާއި، އުންމީދުކުރަނީ ޓްރިޕްވެރިން ރިސޯޓް ލީގު ޕާޓްނަރަކަށް ވުމުން ގިނަ ފަތާތްތަކަކަށް ޓްރިޕްވެރިންގެ ޕެކޭޖްތައް އެގިގެން ދިއުމުގެ އިތުރުން މުބާރާތަށް އިތުރު ފުރިހަމަކަން ލިބިގެން ދިއުންމެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.