ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން
ހަބަރު
09 May 2023 | 21:47
ޢިމްރާން ޚާން ހައްޔަރު ކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ޢިމްރާން ޚާން ހައްޔަރުކޮށްފިއެވެ.

ތަހްރިކޭ އެ އިންސާފް ޕާޓިގެ އޮފިޝަލުން ބުނެފައިވަނީ ޢިމްރާން ޙާން، އިސްލާމް އާބާދުގެ ހައި ކޯޓުގެ ބޭރުން ހައްޔަރު ކޮށްފައިވާކަަމަށެވެ.

ޢިމްރާން ކޯޓަށް ހާޒިރުވެފައިވަނީ ދައުލަތަށް ލިބުނު ހަދިޔާ ވިއްކައިގެން ފައިދާ ހޯދި ކަމަށް ތުހުމަތު ކޮށް ހިންގަމުން ގެންދާ ޝަރީޢަތަކަށެވެ. ނަމަވެސް އެމަނިކުފާނު އެ ތުހުމަތުތައް ދޮގުކުރައްވަ އެވެ.

އެޕާޓީގެ އިސް އޮފިޝަލެއް ކަމަށްވާ ފަވާދް ޗައުދްރީ ބުނެފައިވަނީ 72 އަހަރުގެ ޢިމްރާން ހައްޔަރު ކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ އޮފިޝަލުން ކަމަށެވެ.
ޕާކިސްތާނުގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ ޢިމްރާން ޚާން ހައްޔަރު ކޮށްފައި ވަނީ ކޮރަޕްޝަނާއި ގުޅުން ހުރި މައްސަލައަކާއި ގުޅިގެން ކަމަށެވެ.

ޢިމްރާން ޚާން ބޮޑު ވަޒީރު ކަމުން ވަކި ކޮށްފައިވަނީ 2022 ވަނަ އަހަރު އޭޕްރީލް މަހުގެ ތެރޭގައެވެ. ޢިމްރާން މަގާމުމް ވަކިކޮށްފައިވަނީ އިތުބާރުނެތް ކަމުގެ ވޯޓެއް ނަގައިގެނެވެ. މި ކަމާއި ގުޅިގެން ޢިމްރާން ބުނެފައިވަނީ މި ކަމަކީ ހުޅަނގުން ވާގިވެރިވެގެން މިހާރުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ރޭވުމުގެ ދަށުން ކުރެވުނު ކަމެއް ކަމަށެވެ.

ފަވާދް ޗައުދްރީ ބުނެފައިވަނީ ޢިމްރާން ޚާން ހައްޔަރު ކޮށްގެން ވެހިކަލާއި ހަމައަށް ގެންގޮސްފައިވަނީ ގަދަކަމުން ދަމައިފައި ކަމަށެވެ.  އަދި މިހާރު ޢިމްރާން ހުންނެވީ ސެކިޔުރިޓީ ފޯހުގެ ބެލުމުގެ ދަށުގައި ކަމަށެވެ. ފަވާދް ޗައުދްރީ ޢިމްރާން ޚާން ހައްޔަރުކުރުން ސިފަކޮށްފައިވަނީ ރަހީނުކުރުމެއް ގެ ގޮތުގައެވެ.
ޢިމްރާން ހައްޔަރު ކުރުމާއި އެކު ޕީޕީޓީގެ މެމްބަރުންނާއި ފުލުހުންނާއި ދެމެދުވަނީ ކުރިމަތިލުން ތަކެއް ހިނގައިފައެވެ. މި ކުރިމަތިލުން ތަކުގައި ޕީޕީޓިގެ މެމްބަރުންނަށާއި، ޢިމްރާން ޙާން ގެ ލޯޔަރުންގެ އިތުރުން ފުލުހުން ތަކަކަށްވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އަރަބް ނިއުސް ގައި ބުނެފައިވެއެވެ.
ޕީޕީޓީ އިން ވަނީ ޢިމްރާން ޚާން ހައްޔަރު ކުރުމާއި  އެކު، އޭނާ ހައްޔަރު ކުރި ސަބަބު ބަޔާން ކޮށްދިނުމަށް އެދި ހައިކޯޓަށް ހުށައަޅައިފައެވެ.

ޢިމްރާން ހައްޔަރު ކުރުމާއި ގުޅިގެން ޕާކިސްތާނުގެ ސަރުކާރުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.