މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
10 May 2023 | 03:35
ރަށުން ބޭރުގައި ސިޓީ އިން ޗެމްޕިއަން ރެއާލް މޮޅުވިޔަނުދީ ހިފަހައްޓައިފި!

ޔުއެފާ ޗެމްޕިއަންސްލީގުގެ ލީގު ސެމީ ފައިނަލްގެ ފުރަތަަމަ ލެގުގައި މިރޭ ރަށުން ބޭރުގައި މެންޗެސްޓާ ސިޓީ އާއި ޗެމްޕިއަން ރެއާލް މެޑްރިޑް ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ މެންޗެސްޓާ ސިޓީ އެވެ. އަދި މިހާފުގެ އެޓީމުގެ ކެވިން ޑިބްރޭނާ އާއި ރޮޑްރިގޯ ރެއާލްގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ނުރައްކާތެރި ބާރު ދެ ހަމަލާ ރެއާލްގެ ކީއްޕަރު ކޯޓުއާ ދިފާއުކުރިއިރު، ރެއާލްގެ ޕެނަލްޓީ އޭރިއާ ތެެރެއިން ސިޓީގެ ފޯވާޑް ހާލަންޑަށް ލިބުނު ހުސް ދެ ފުރުސަތެއްގައި އޭނާ ފޮނުވާލި ދެ ހަމަލާ ވެސް ކޯޓުއާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ފުރަތަަމަ ހާފުގައި ރެއާލް މެޑްރިޑުން މެންޗެސްޓާ ސިޓީގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ފުރަތަަމަ ހަމަލާގައި އެޓީމުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނެގިއެވެ. މިލަނޑު ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއަރ އެވެ. މިއީ ސިޓީގެ ޕެނަލްޓީ އޭރިއާ ބޭރުން އެޓީމުގެ ފްރާންސް މިޑްފީލްޑަރު އެޑުގާޑޯ ކަމަވިންގާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ.

ދެވަނަ ހާފުގައި ރެއާލުން ފެށީ ވަރުގަދަކޮށެވެ. އަދި މިހާފުގައި އެޓީމުން ކުރިއަށްޖެހި އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުން ދަނިކޮށް މެންޗެސްޓާ ސިޓީއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި އެޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ އެވެ. މިއީ ރެއާލްގެ ޕެނަލްޓީ އޭރިއާ ބޭރުން އެޓީމުގެ ޖަރުމަނު މިޑްފީލްޑަރު ގުންޑޮގާން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ނަމަވެސް އެލަނޑު ޖެހުމުގެ ގުންޑޮގާން ފުރުސަތު ތަނަވަސްކޮށްދިނުމުގެ ކުރިން ބޯޅަ އަރިމަތިން ބޭރުވިކަމަށް ބުނެ ރެއާލްގެ ކުޅުންތެރިންނާއި އޮފިޝަލުން ވެސް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރިތަން ފެނިގެންދިޔަ އެވެ.

ދެވަަނަ ހާފުގައި މެންޗެސްޓާ އިން އެންމެ ހުސް ފުރުސަތެއް ލިބުނީ ހާލަންޑް އަށެވެ. ނަމަވެސް ރެއާލްގެ ޕެނަލްޓީ އޭރިއާ ތެެރެއިން ހާލަންޑް ކުރިއަށް ފޮނުވާލި ބޯޅަ އެޓީމުގެ އޮސްޓްރިއާ ޑިފެންޑަރު ޑޭވިޑް އަލަބާ ވަނީ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލާފައެވެ.

މިރޭގެ މެޗުގެ ދެވަަނަ ހާފުގައި ރެއާލް މެޑްރިޑުން މެންޗެސްޓާ ސިޓީގެ ގޯލަށް 12 ހަމަލާއެއް ފޮނުވާލިއިރު އޭގެތެރެއިން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ކެޕްޓަން ކަރީމް ބެންޒީމާ އަށެވެ. ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި ބެންޒެމާ ބޮލުން ފޮނުވާލި ހަމަލާ ސިޓީގެ ކީޕަރު އެޑަސަން ދިފާއުކުރިއިރު، މެޗުގެ 90 ވަނަ މިނެޓުގައި ސިޓީގެ ޕެނަލްޓީ އޭރިއާ ބޭރުން ރެއާލްގެ ޗުއަމެނީ ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށް ވީ ވެސް އެޑަސަން އެވެ.

މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މެންޗެސްޓާ ސިޓީއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިން އެޓީމުގެ މިޑްފިލްޑަރު ކެވިން ޑިބްރޭނާ އެވެ. މިދެޓީމު މެދުގައި ކުޅެވޭ ސެމީފައިނަލްގެ ދެވަަނަ ލެގު އޮންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ރޭ މެންޗެސްޓާ ސިޓީގެ ދަނޑުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.