ޖޯލިބީއިން
ކުޅިވަރު
10 May 2023 | 03:42
އާރުޑީސީ އެމްޖޭއެސް ރާބަދި ޗެލެންޖް 2023: ޔޫ އެންޑް މީ އަތުން އާރަށް މޮޅުވިއިރު، ފުރަވެރި ކޮޅަށް ޖޯލިބީއިން އިން 13 ލަނޑުޖަހައިފި

މީދޫ ޖަމްޢިއްޔަތުއް ޞަލާޙް ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު " އާރުޑީސީ ރާބަދި ޗެލެންޖް 2023" ގައި މިރޭ ކުޅެވުނު ފުރަތަަމަ މެޗުގައި ފުރަވެރި މޯލްޑިވްސް އަތުން ޖޯލިބީއިން ތަފާތުބޮޑު ނަތީޖާއަކުން މޮޅުވިއިރު، ދެވަަނަ މެޗުގައި ޔޫ އެންޑް މީ އަތުން ހަނިގޮތަކަށް އާރަށް މޮޅުވެއްޖެ އެވެ.

މިރޭގެ ފުރަތަމަ މެޗުގައި ފުރަވެރި މޯލްޑިވްސް އާއި ވާދަކޮށް އެންމެ ފަހުގެ ޗެމްޕިއަން ޖޯލިބީއިން މޮޅުވީ 13-2 ގެ ތަފާތުބޮޑު ނަތީޖާއަކުން ނެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ޖޯލިބީއިން އިން 6 ލަނޑު ކާމިޔާބުކުރިއިރު ދެވަނަ ހާފުގައި އެޓީމުން އިތުރު 7 ލަނޑު ކާމިޔާބުކުރި އެވެ. 

މި މެޗުގައި ޖޯލިބީއިންގެ އަބްދުﷲ ހަނީފް ފަސް ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ މުހައްމަދު އަޒުހީން ދެ ލަނޑު އަދި ހަސަން ޝާދިން، މުހައްމަދު އަފްރާހްް، ރުޝްދާން އަބްދުލް ޝަކޫރު، ރިސްވާން އަހުމަދު، އިފްރާން މުހައްމަދު ގެ އިތުރުން މުހައްމަދު ރިފާއީ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއް ލަނޑު ޖަހާފައެވެ.  ފުރަވެރި މޯލްޑިވްސްގެ ފުރަތަަމަ ލަނޑު ފުރަތަަމަ ހާފުގައި މުހައްމަދު ފަޒީލް ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ދެވަނަ ލަނޑު ފަހު ހާފުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ޝައުލާން ހަމީދެވެ. މިރޭގެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މިމެޗުގައި ޖޯލިބީއިން ޓީމަށް ފަސް ލަނޑު ކާމިޔާބުކޮށްދިން އަބްދުﷲ ހަނީފް އެވެ.

މިރޭ ކުޅެވުނު ދެވަނަ މެޗުގައި ޔޫ އެންޑް މީ އާއި ވާދަކޮށް ހެރިޓެންސް އާރަށް މޮޅުވީ ފަހު މިނެޓުގައި ކާމިޔާބު ކުރި ލަނޑާއެކު 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި ދެޓީމު އެއްވަރުވެގެންނެވެ.

މި މެޗުގެ ދެވަަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި އާރަށުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޖިނާން ޔޫސުފް އެވެ. ދެވަނަ ހާފުގެ 13 ވަނަ މިނެޓުގައި އާރަށު ޓީމުގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި ޔޫ އެންޑް މީ އަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ އެޓީމުގެ މުހައްމަދު ޝުހައިލްއެވެ.

މި މެޗުން އާރަށް މޮޅުވި ލަނޑު މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަހުމަދު އާފާގު އެވެ. އަދި މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ އާރަށު ޓީމުގެ އިބްރާހިމް އިރުޝާމްއެވެ.

މި މުބާރާތުގައި މާދަމާރޭ ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، 21:00 ގައި ފަށާ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޖޯލި މޯލްޑިވްސް އާއި މާމުނަގަ އެވެ. އަދި 22:00 ގައި ފަށާ ދެވަނަ މެޗުގައި ބައްދަލުކުރާނީ ކޮތައިފަރު އާއި ދަ ސްޓޭންޑަޑެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.