ރިސޯޓް ލީގު 2023 ގެ ޕަބްލިކް ރިލޭޝަން އިސްމާއިލް މުފީދު (ބިއްލެ) އަދި އެލިއާ އިންވެސްޓްމަންޓްގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައީދު
ކުޅިވަރު
16 May 2023 | 04:00
ރިސޯޓް ލީގު 2023 ގެ ސްޕޮންސަރ ޕާޓްނަރަކަށް އެލިއާ އިންވެސްޓްމަންޓް!

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް "ރިސޯޓް ލީގު 2023" ގެ ސްޕޮންސަރ ޕާޓްނަރަކަށް އެލިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައިފިއެވެ.

ސްޕޮންސަރ ޕާޓްނަރާއެކު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ބިގް ގޭމް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ރިސޯޓް ލީގު 2023 ގެ ޕަބްލިކް ރިލޭޝަން އިސްމާއިލް މުފީދު (ބިއްލެ) އެވެ.  އެލިއާ އިންވެސްޓްމަންޓް ގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު އަހުމަދު ސައީދު އެވެ.

އެލިއާ އިންވެސްޓްމަންޓަކީ ފާއިތުވެދިޔަ 60 އަހަރުތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކުންފުނީގެ ކަސްޓަމަރުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ރަގަޅު ފެންވަރެއްގައި އިތުބާރު ހުރި ހިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. 

އެލިއާ ގެ ފަރާތުން ރާއްޖެއަށް ޔަމަހާ އައުޓްބޯޑްސްގެ ރިވޮލިއުޝަނަރީ އިންޓްރޮޑަކްޝަނާއި ވޭވްރަނަރސް، ސައިކަލް، ޔަމަލުބެ އަދި ޖެނުއިން ސްޕެއަރ ޕާޓްސްގެ ބޮޑު ޕްރޮޑަކްޓް ލައިންއެއް ތައާރަފްކޮށްފައިވާ އިރު، އެންމެ ފަހުން ބޭއްވި މޯލްޑިވްސް ބޯޓިން އެވޯޑްސް 2022 ގައި އެންމެ މޮޅު އާފްޓާ ސޭލްސް ސާވިސް ޕްރޮވައިޑާ އަދި މޯސްޓް ޕްރިފާޑް މެރިން އިންޖީން ބްރޭންޑް އޮފް ދަ އިޔާގެ އެވޯޑް ލިބުނީ ވެސް އެ ކުންފުންޏަށެވެ.

ވޮއިސް އަށް މައުލޫމާތު ދެމުން އެކުންފުނީގެ ފަރާތުން ބުނެފައިވާ ގޮތުގައި އާލިއާގެ އަމާޒަކީ އާންމު ދިރިއުޅުމުގައި ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުކުރުމަށް ޓެކްނޮލޮޖީއަށް އިންވެސްޓްކުރާއިރު، ދެމެހެއްޓެނިވި އަދި އިތުބާރު ހިފޭ އާފްޓާ ސޭލްސް ހިދުމަތްތައް ދެމުން ގެންދިއުމެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.