ޕާކިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޝާހް މަހްމޫދް ޤުރައިޝީ
ދުނިޔެ
10 May 2023 | 20:18
ޕާކިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޝާޙް މަޙްމޫދު ހައްޔަރުކޮށްފި

ޕާކިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޝާޙް މަޙްމޫދު ޤުރައިޝީ ހައްޔަރުކޮށްފިއެވެ.

ޕާކިސްތާނުގެ ކުރީގެ ޚާރިޖީ  ވަޒީރު ޝާޙް މަޙްމޫދަކީ މިހާރު ޕާކިސްތާނުގެ އިދިކޮޅު ޕާޓީ ތަހްރީކޭ އެ އިންސާފްގެ އިސް ލީޑަރެކެވެ.

ޝާޙް މަޙްމޫދު ހައްޔަރު ކޮށްފައިވަނީ އިސްލާމް އާބާދުގެ ރަތް ޒޯނުގެ ގޮތުގައި ކަނޑަ އަޅައި ފައި އޮންނަ ހިސާބުން ކަމަށް އެޤައުމުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ. އޭނާ ހައްޔަރު ކުރި ސަބަބެއް ހާމަކޮށްފައެެއް ނުވެއެވެ.

އިއްޔެގެ ވަގުތެއްގައި އިސްލާމްއާބާދުގެ ހައިކޯޓުގެ ބޭރުން ޢިމްރާން ޚާން ހައްޔަރު ކުރުމާއި ގުޅިގެން ޕާކިސްތާނުގެ އެތައް ބަޔަކު ދަނީ މަގުތަކަށް ނުކުމެ ހަޅުތާލު ތައް ކުރަމުންނެވެ.

ޢިމްރާން ޚާން އިއްޔެ ހައްޔަރު ކުރުމަށްފަހު ފުރަތަމަ ހުންނެވީ ސެކިޔުރިޓީ ފޯހުގެ ބެލުމުގެ ދަށުގައެވެ. ނަމަވެސް މިހާރު ޢިމްރާން ވަނީ ނެޝަނަލް އެކަންޓިބިލިޓި ބިޔުރޯ އާއި 8 ދުވަހުގެ މުއްދަތަށް ހަވާލު ކުރެވިފައި ކަމަށް ބައިނަލްއަޤްވާމީ މީޑިއާ އިން ވަނީ ބުނެފައެވެ.

ޢިމްރާން ހައްޔަރު ކުރެވުމާއި ގުޅިގެން ކުރެވެމުންދާ ހަޅުތާލު ތަކުގެ ތެރެއިން ޕާކިސްތާނުގެ ޕަންޖާބުން މިހާރު ހާހަކަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރު ކޮށްފައެވެ. އަދި އެހެނިހެން ހިސާބުތަކުންވެސް އެތައް ބަޔަކު ހައްޔަރުކޮށްފައިވެއެވެ. ހަމަ އެހެންމެ ހިނގަމުންދާ ހަމަނުޖެހުން ތަކުގެ ތެރެއިން ބަޔަކު މަރުވެސް ވެފައިވެއެވެ.

ޕާކިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުން ތަކާއި ގުޅިގެން ބްރިޓިޝް ކައުންސިލުން ވަނީ ޕާކިސްތާނުގެ  ކެމްބްރިޖް އިމްތިހާނު ތައްވެސް ކެންސަލް ކޮށްފައެވެ. އަދި ޕާކިސްތާނުގެ ސިންދުގައި 4 މީހުންނަށްވުރެ ގިނަ މީހުން އެއްތާކަށް އެއްވެ އުޅުންވެސް ވަނީ މަނާކޮށްފައެވެ.

ޢިމްރާން ހައްޔަރު ކުރުމާއި ގުޅިގެން ރުޅިވެރި ކަމާއި އެކު މަގުތަކަށް ނުކުމެ އުޅޭ މުޒާހަރާ ކުރާ މީހުން ދަނީ ސަރުކާރުގެ ބައެއް ތަންތަނަށް ގެއްލުންދީ އަލިފާން ޖެހުން ފަދަ  ކަންކަން ކުރަމުންނެވެ.

ޢިމްރާން ޚާން އިއްޔެ ހައްޔަރުކުރީ ކޮރަޕްޝަން އާއި ގުޅުން ހުރި މައްސަލައަކާއި ގުޅިގެން ކަމަށް ބައިނަލް އަޤްވާމީ މީޑިއާ ތަކުން ވަނީ ބުނެފައެވެ.

ޢިމްރާން އިއްޔެ ހައްޔަރު ކުރީ އިސްލާމް އާބާދުގެ ހައިކޯޓުގައި ކުރިއަށް ދިޔަ މައްސަލައެއްގެ ޝަރީޢަތަށް ވަޑައިގެން ހުންނަވަނި ކޮށެވެ. އެމައްސަލަ އަކީ ބޭރުގެ ޤައުމު ތަކުން ޕާކިސްތާނުގެ ދައުލަތަށް ހަދިޔާކުރި ތަކެތި ނުއަގުގައި ވިއްކާ ނާޖާއިޒު ފައިދާ އެއް ނެގި ކަމަށް ބުނާ މައްސަލައެކެވެ.


ޢިމްރާން ޚާން ވަނީ އޭނަގެ މައްޗަށް ކުރެވޭ މި ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.