ޖޯޒީ އެމްވީ ފުޓްސަލް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ހަމަޖެއްސުން: ފޮޓޯ/ ވޮއިސް
ކުޅިވަރު
11 May 2023 | 09:57
ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖް 2023 ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް!

ޖޯޒީ އެމްވީގެ ފަރާތުން އިންތިޒާމްކޮށްގެން ލ.މާވަށުގައި އަންނަ މަހު 23 ގައި ފެށުމަށް ހަޖެހިފައިވާ ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖް 2023 ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ހަމަޖައްސައިފިއެވެ.

މީޑިއާ ޕާޓްނަރާއެކު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ޖޯޒީ އެމްވީގެ ފަރާތުން ސޮއިކުރެއްވީ ޖޯޒީ އެމްވީގެ ވެރިޔާ އިދުރީސް މަހްފޫޒު އެވެ. އަދި ވޮއިސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ސައުޒަމް އެވެ.

ވޮއިސް އަށް މައުލޫމާތު ދެއްވަމުން ޖޯޒީ އެމްވީގެ ވެރިޔާ އިދުރީސް މަހްފޫޒު ވިދާޅުވި މި މުބާރާތަކީ ޖޯޒީ އެމްވީގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ފުރަތަަމަ ފުޓްސަލް މުބާރާތެވެ. އަދި މިއީ ލ.އަތޮޅުގެ ޒުވާނުންނަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ. މިއަތޮޅުގެ ކޮންމެ ރަށަކުން ވެސް ޓީމުތައް ބައިވެރިކުރެވިދާނެއެވެ. އަދި ކޮންމެ ޓީމެއްގައި އަތޮޅުން ބޭރުގެ ދެކުޅުންތެރިން ބައިވެރިކުރުމުގެ ފުރުސަތު އޮނާނެއެވެ.

އިތުރަށް ވާހަކަ ދައްކަމުން އިދުރީސް ވިދާޅުވީ މިފަދަ މުބާރާތެއް ލ.އަތޮޅުގެ ޒުވާނުންނަށް ޚާއްސަކޮށްގެން ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ މިއަތޮޅުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހް ދިރުވައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ކުޅިވަރުގެ ތެރެއިން ކުށް މަދު މުޖުތަމައެއް ބިނާކުރުމަށް ބާރުއެޅުމާއެކު، ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
01 Aug 2026
ފީފާގެ މުބާރާތްތަކުގައި އިންވެސްޓަރުން ބައިވެރިކުރުމުގެ ޕްލޭން ދޫކޮށްލައިފި
01 Aug 2026
މިއަދުވެސް ވިއްސާރަ ކުރާނެ، ކަނޑުތައްވެސް ގަދަވާނެ
ވިލާގަނޑުގައި 40 މޭލު ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވޭ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.