ދަ ސްޓޭންޑާޑް ޓީމު
ކުޅިވަރު
11 May 2023 | 08:55
އާރުޑީސީ އެމްޖޭއެސް ރާބަދި ޗެލެންޖް 2023: ޖޯލި މޯލްޑިވްސް އާއި ދަ ސްޓޭންޑާޑަށް ފަސޭހަ މޮޅެއް!

މީދޫ ޖަމްޢިއްޔަތުއް ޞަލާޙް ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު " އާރުޑީސީ ރާބަދި ޗެލެންޖް 2023" ގައި ރޭ ކުޅެވުނު ދެ މެޗު ޖޯލި އަދި ސްޓޭންޑާޑް އިން ކާމިޔާބުކޮށްފި އެވެ.

ރޭގެ ފުރަތަަމަ މެޗުގައި އިންޓަކޮންޓިނަންޓަލް މާމުނަގަ އާއި ވާދަކޮށް ޖޯލި މޯލްޑިވްސް އިން މެޗު ކާމިޔާބުކުރީ ފަސޭހަކަމާ އެކު 7-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަަމަ ހާފުގައި އެޓީމުން 5 ލަނޑު ކާމިޔާބު ކުރި އިރު ދެވަނަ ހާފުގައި އެޓީމުން އިތުރު ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

ރޭގެ މެޗުގައި ޖޯލި ޓީމުގެ މުހައްމަދު ޖުމާން 4 ލަނޑު ކާމިޔާބުކޮށްދިން އިރު އެޓީމުގެ އިބްރާހިމް ރިއްފަތު ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މޫސާ ލަތީފް އެވެ. މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މުހައްމަދު ޖުމާން އެވެ.

ރޭގަ ކުޅެވުނު ދެވަަނަ މެޗުގައި ކޮތައިފަރު އާއި ވާދަކޮށް ދަ ސްޓޭންޑަޑް މޮޅުވީ 5-2 ގެ ނަތީޖާއަކުން ނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ހާފުގައި ސްޓޭންޑާޑް އިން ހަތަރު ލަނޑު ކާމިޔާބުކުރި ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 4-2 ގެ ނަތީޖާއަކުން ސްޓޭންޑާޑް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ސްޓޭންޑާޑް އިން އިތުރު ލަނޑެއް ކާމިޔާބުކުރި އިރު މި މެޗުގައި އެޓީމުގެ މުހައްމަދު އަރުމީން އާއި ޚާލިދު މުހައްމަދު މިއިން ކޮންމެ ކުޅުންތެރިއެއް ދެ ލަނޑު ކާމިޔާބުކޮށްދިން އިރު އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޔޫސުފް އެވެ. މި މެޗުގައި ކޮތައިފަރުގެ ކަނޑުތައް ކަމިޔާބުކޮށްދިނީ މުހައްމަދު އީމާން އާއި މުހައްމަދު ގުސައްޔުއެވެ. އަދި މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ދަ ސްޓޭންޑާޑުގެ މުހައްމަދު އަރުމީން އެވެ.

މާދަމާރޭ ވެސް މި މުބާރާތުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައި ވާއިރު 21:00 ގައި ފަށާ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އަލީލާ ކޮތައިފަރު އާއި ކޯރާކޯރާ މޯލްޑިވްސް އެވެ. އަދި 22:00 ގައި ފަށާ ދެވަނަ މެޗުގައި ބައްދަލުކުރާނީ ރީތިފަރު އާއި އިންޓަކޮންޓިނަންޓަލް މާމުނަގަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.