ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ޢިމްރާން ޚާން
ދުނިޔެ
11 May 2023 | 18:19
ޢިމްރާން ޚާން ހައްޔަރު ކުރީ ޤާނޫނާއި ޚިލާފަށް: ސްޕްރީމް ކޯޓު

ޕާކިސްޠާނުގެ ކުރީގެ ބޮޑު ވަޒީރު ޢިމްރާން ޚާން ހައްޔަރު ކުރީ ޤާނޫނާއި ޚިލާފަށް ކަމަށް  އެޤައުމުގެ ސްޕްރީމް ކޯޓުން ބުނެފިއެވެ. 

ސްޕްރީމް ކޯޓުން އިސްލާމް އާބާދް ޕޮލޮސް އައިޖީއަށް އަމުރުކުރީ މިއަދުގެ 4:30 ޢިމްރާން ޚާން ސްޕްރީމް ކޯޓަށް ހާޒިރު ކުރުމަށެވެ.

އެގޮތުން މިހާރު ޢިމްރާން ވަނީ ސްޕްރީމް ކޯޓަށް ހާޒިރު ކުރެވިފައެވެ. ސްޕްރީމް ކޯޓުގެ ބޭރުގައި ސެކިޔުރިޓީ ލެވެލް ވަނީ ވަރަށް ބޮޑަށް މަތިކޮޮށްފައި ކަމަށް ޕާކިސްޠާނުގެ ނޫސްވެރިއަކު ބުނެފައިވެއެވެ. އަދި ޢިމްރާން ޚާން ކޯޓުގެ އެތެރެއަށް ވައްދާފައިވަނީ ކޯޓުގެ ބިއްދޮށުގައި ހުންނަަ ނުރަސްމީ ދޮރަކުން ނެވެ. 

ތަހްރީކޭ އެ އިންސާފް ޕާޓީގެ އިސް ލީޑަރުން ޕާޓީގެ ޢާންމު މެމްބަރުންނަށް އިލްތިމާސް ކޮށްފައިވަނީ ސްޕްރީމް ކޯޓުކައިރިއަށް އެއްނުވުމަށެވެ. އެކަމުގެ ސަބަބުން އަޑު އެހުންތައް ލަސް ވެދާނެ ކަމަށާއި ޗީފް ޖަސްޓިސް ޢުމަރް އަޠާ އަށް އެމަނިކުފާނުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމަށް ބުނެފައިވެއެވެ.

ސްޕްރީމް ކޯޓުން ބުނެފައިވަނީ އަންގާރަދުވަހު ޢިމްރާން ޚާން ހައްޔަރު ކުރެވުނީ ޤާނޫނާއި ޚިލާފަށް ކަަމަށެވެ.
ޢިމްރާން ހައްޔަރުކޮށްފައިވަނީ އިސްލާމް އާބާދުގައި ހުންނަ ހައިކޯޓުގެ ބޭރުންނެވެ.

ޢިމްރާން ޚާން އިއްޔެ ހައްޔަރު ކުރުމަށްފަހު ފުރަތަމަ ހުންނެވީ ސެކިޔުރިޓީ ފޯހުގެ ބެލުމުގެ ދަށުގައެވެ. ނަމަވެސް މިހާރު ޢިމްރާން ވަނީ ނެޝަނަލް އެކަންޓިބިލިޓި ބިޔުރޯ އާއި 8 ދުވަހުގެ މުއްދަތަށް ހަވާލު ކުރެވިފައި ކަމަށް ބައިނަލްއަޤްވާމީ މީޑިއާ އިން ވަނީ ބުނެފައެވެ.

އިއްޔެ އޭނާ ހައްޔަރުކުރީ ކޮރަޕްޝަން އާއި ގުޅުން ހުރި މައްސަލައަކާއި ގުޅިގެން ކަމަށް ބައިނަލް އަޤްވާމީ މީޑިއާ ތަކުން ވަނީ ބުނެފައެވެ.

ޢިމްރާން އިއްޔެ ހައްޔަރު ކުރީ އިސްލާމް އާބާދުގެ ހައިކޯޓުގައި ކުރިއަށް ދިޔަ މައްސަލައެއްގެ ޝަރީޢަތަށް ވަޑައިގެން ހުންނަވަނި ކޮށެވެ. އެމައްސަލަ އަކީ ބޭރުގެ ޤައުމު ތަކުން ޕާކިސްތާނުގެ ދައުލަތަށް ހަދިޔާކުރި ތަކެތި ނުއަގުގައި ވިއްކާ ނާޖާއިޒު ފައިދާ އެއް ނެގި ކަމަށް ބުނާ މައްސަލައެކެވެ.

ޢިމްރާން ޚާން ވަނީ އޭނަގެ މައްޗަށް ކުރެވޭ މި ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.

ޢިމްރާން ހައްޔަރުރުމާއި ގުޅިގެން ޕާކިސްތާނުގެ  އެކު ހިސާބުތަކުގައި ވަނީ މުޒާހަރާ ތައް ކޮށް ހަމަނުޖެހުންތައް ހިންގައިފައެވެ.

އަދި އިމްރާން ޚާންގެ ޕާޓީ ތަހްރީކޭ އެ އިންސާފަށް ނިސްބަތްވާ އާންމުންގެ އެތައް ބަޔަކާއީ އިސް ބައެއް ލީޑަރުންވެސް ހައްޔަރު ކޮށްފައިވެއެވެ.

އަދި މި ހަމަނުޖެހުން ތަކުގެ ސަބަބުން އެތައް  ބަޔަކަށް އަނިޔާވެ މަރުވެސް ވެފައިވެއެެވެ.






ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.