ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން
ދުނިޔެ
11 May 2023 | 18:41
ޢިމްރާން ޚާން މިނިވަން ކުރުމަށް އަމުރުކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ޢިމްރާން ޚާން ވަގުތުން ވަގުތައް މިނިވަން ކުރުމަށް އެޤައުމުގެ ސްޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
މިއަދު ހަވީރު ޢިމްރާން ޚާން ސްޕްރީމް ކޯޓަށް ހާޒިރު ކޮށްފައިވަނީ ވަރުގަދަ ސެކިޔުރިޓީ އާއި އެކުއެވެ.

"ސަޕޯޓަރުންނަށް އަހަރެން ދޭން ބޭނުންވާ މެސެޖަކީ އަމާން ކަން ނަގައި ނުލާށޭ، ސަރުކާރާއި އަމިއްލަ މީހުންގެ މުދަލަށް ގެއްލުން ނުދޭށޭ، އަމަން އަމާން ކަން މަތީގައި ތިއްބަވާ، 27 އަހަރުވަންދެން ޤާނޫނު ތަކާއި ޤަވާއިދުތައް ގާއިމް ކުރުމަށާއި އަމާންކަން ގެނައުމަށް އަހަރެން އެތައް ކަންތައްތަކަކާއި ކުރި މަތިލިން"ޢިމްރާން ޚާން ވިދާޅުވެފައިވެއެވެ.

ޢިމްރާން ވިދާޅުވީ އަންގާރަ ދުވަހު އޭނާ ހައްޔަރު ކުރި ވަގުތު  ލަޓި ބުރި ތަކުން ބޮލުގައި ތަޅައި އަނިޔާ ކޮށްފައިވާ ކަމަށެވެ. އަދި އޭނާ އާއި މެދު ސެކިޔުރިޓީ ފޯސް އިން ކަންކުރި ގޮތައް ކުށްވެރިންނާއި މެދު ވެސް ކަންތައް ނުކުރާނެ ކަމަށް ޢިމްރާން ވިދާޅުވިއެވެ. ޢިމްރާން ޚާން ސްޕްރީމް ކޯޓުގައި  އެދިފައި ވަނީ އޭނަގެ ގެއަށް އޭނާ ފޮނުވައި ދެއްވުމަށެވެ. އަދި ޕާކިސްތާން ތަހްރިކޭ އެ އިންސާފް ޕާޓީގެ އާންމު މެމްބަރުން ހިންގި ހަމަނުޖެހުން ތަކަށް ޓަކައި ސްޕްރީމް ކޯޓުަގައި ޢިމްރާން ވަނީ މަޢާފަށް އެދި ވަޑައިގެންފައެވެ.

ސްޕްރީމް ކޯޓުން ޕޮލިސް އައިޖީ އަށް އަންގައިފައި ވަނީ ޢިމްރާން އަށް ސެކިޔުރިޓީ ބޭނުންވާކަމަށެވެ.  އަދި ސްޕްރީމް ކޯޓުން ވަނީ ޢިމްރާން  އަށް އޭނާގެ އާއިލާއާއި ބައްދަލު ކުރުމުގެ ފުރުޞަތުވެސް ދީފައެވެ.

ޕާކިސްތާނުގެ ޗީފް ޖަސްޓިސް އުމަރް އަޠާ ޢިމްރާނަށް ވިދާޅުވީ ހައިކޯޓުގެ ސެޝަންތަކަށް އަލުން ވަޑައިގަތުމަށެވެ. އަދި ޢިމްރާންގެ ރައްކާތެރި ކަމާއިމެދު ކަންބޮޑު ވާކަމަށެވެ.

ޢިމްރާން ޚާން މިވަގުތައް ހުންނެވުމަސް ހަމަޖައްސައިފައިވަނީ ޕޮލިހުންނާއި ސްޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ގެސްޓް ހައުސް އެއްގައެވެ. އަދި އެތަނުގައި ހުންނަވާއިރު ބޭނުން ފުޅު މީހަކާއި ބައްދަލު ކުރެވޭނެ ކަމަށާއި ޢިމްރާންގެ ޢާއިލާއަށް އެތަނުގައި ތިބެވޭނެ ކަމަށްވެސް ޗީފް ޖަސްޓީސް ވަނީ ޢިމްރާންއަށް ދަންނަވައިފައެވެ. އަންގާރަ ދުވަހު ޢިމްރާން  ހައްޔަރު ކުރީ އިސްލާމް އާބާދުގެ ހައިކޯޓުގައި ކުރިއަށް ދިޔަ މައްސަލައެއްގެ ޝަރީޢަތަށް ވަޑައިގެން ހުންނަވަނި ކޮށެވެ. އެމައްސަލަ އަކީ ބޭރުގެ ޤައުމު ތަކުން ޕާކިސްތާނުގެ ދައުލަތަށް ހަދިޔާކުރި ތަކެތި ނުއަގުގައި ވިއްކާ ނާޖާއިޒު ފައިދާ އެއް ނެގި ކަމަށް ބުނާ މައްސަލައެކެވެ.

ޢިމްރާން ޚާން ވަނީ އޭނަގެ މައްޗަށް ކުރެވޭ މި ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.

ޢިމްރާން ހައްޔަރުރުމާއި ގުޅިގެން ޕާކިސްތާނުގެ  އެކު ހިސާބުތަކުގައި ވަނީ މުޒާހަރާ ތައް ކޮށް ހަމަނުޖެހުންތައް ހިންގައިފައެވެ.އަދި އިމްރާން ޚާންގެ ޕާޓީ ތަހްރީކޭ އެ އިންސާފަށް ނިސްބަތްވާ އާންމުންގެ އެތައް ބަޔަކާއީ އިސް ބައެއް ލީޑަރުންވެސް ހައްޔަރު ކޮށްފައިވެއެވެ.އަދި މި ހަމަނުޖެހުން ތަކުގެ ސަބަބުން އެތައް  ބަޔަކަށް އަނިޔާވެ މަރުވެސް ވެފައިވެއެެވެ.













ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.